Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އީރާން

ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ

އެކަން ހާމަކޮށް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ބުނެފައި ވަނީ އެ ބައްދަލުވުމުގައި އެމެރިކާ އިން ފުރިހަމަ އަށް ބައިވެރިވާނެ ކަމަށް. އެގޮތުން އެ މަޝްވަރާ ތަކުގައި ބައިވެރިވާ ވިޓްކޮފް އާއި ކުޝްނާ އަކީ، އީރާންގެ މައްސަލައިގައި ޓްރަމްޕްގެ ފަރާތުން އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ދެ މަންދޫބުން ކަމަށް ވެސް ހާމަ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 07:32
އެމެރިކާގެ ރައީސް ޓްރަމްޕްގެ މަންދޫބު ވިޓްކޮފް އާއޮ ދަރިކަލުން ކުޝްނާ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ މަންދޫބު ވިޓްކޮފް އާއޮ ދަރިކަލުން ކުޝްނާ. | ގެޓީ އިމޭޖަސް

އީރާން އާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާ ތަކުގެ ދެ ވަނަ ބައްދަލުވުން ސްވިޒަލެންޑުގެ ޖެނީވާގައި ބާއްވަން ތައްޔާރު ވަމުން އަންނައިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވާނީ ސްޓީވް ވިޓްކޮފް އާއި، ޖެރާޑް ކުޝްނާ ކަމަށް ހާމަ ކޮށްފި އެވެ.

އެކަން ހާމަކޮށް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ބުނެފައި ވަނީ އެ ބައްދަލުވުމުގައި އެމެރިކާ އިން ފުރިހަމަ އަށް ބައިވެރިވާނެ ކަމަށެވެ. އެގޮތުން އެ މަޝްވަރާ ތަކުގައި ބައިވެރިވާ ވިޓްކޮފް އާއި ކުޝްނާ އަކީ، އީރާންގެ މައްސަލައިގައި ޓްރަމްޕްގެ ފަރާތުން އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ދެ މަންދޫބުން ކަމަށް ވެސް ހާމަ ކޮށްފައިވެ އެވެ. 

ބައްދަލުވުމާ ގުޅޭ ގޮތުން އީރާންގެ ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ، އެ ބައްދަލުވުމުގައި އެ ޤައުމުގެ ފަރާތުން ބައިވެރި ވާނީ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ކަމަށެވެ. ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އަރަގްޗީ ޖެނީވާ އަށް ކުރައްވާ ދަތުރުފުޅުގައި އޮމާންގެ ފޮރިން މިނިސްޓަރުގެ އިތުރުން، ބައިނަލްއަޤުވާމީ ނިއުކްލިއާ ހަކަތައާ ބެހޭ އެޖެންސީ (އައިއޭއީއޭ)ގެ ވެރިޔާއާ ވެސް ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ. 

މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާ އާއި އީރާންއާ ދެމެދު މަޝްވަރާތައް ފަށައިގެން ކުރިއަށް ގެންދަމުން އަންނަނިކޮށް، އިޒްރޭލް އާއި އެމެރިކާ އިން އީރާން އަށް ދިން ހަމަލާގެ ސަބަބުން ވަނީ މަޝްވަރާތައް މަޑު ޖެހިފަ އެވެ. އޭގެ ފަހުން މަޝްވަރާތައް އަލުން ފަށާފައި ވަނީ ފެބްރުވަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. މަޝްވަރާ ތަކުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ އޮމާންގެ ވެރި ރަށުގަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާންޖަރެޑް ކުޝްނަރއައްބާސް އަރަގްޗީއީރާން-އެމެރިކާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން ނިއުކްލިއަރ ޕްރޮގްރާމްއީރާނުގެ މިސައިލް ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އިން މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް ބޭރު ކުރަން ޖެހޭނެ: ނަތަންޔާހޫ

އީރާން އިން މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް ބޭރު ކުރަން ޖެހޭނެ: ނަތަންޔާހޫ

16 ފެބުރުއަރީ 2026
ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

16 ފެބުރުއަރީ 2026
ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ ނިއުކްލިއާ އެއްބަސްވުމަކަށް އަންނަން އީރާން ތައްޔާރު

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ ނިއުކްލިއާ އެއްބަސްވުމަކަށް އަންނަން އީރާން ތައްޔާރު

15 ފެބުރުއަރީ 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ޖެނީވާގައި ކުރިއަށް ގެންދަން ތައްޔާރު ވަނީ

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ޖެނީވާގައި ކުރިއަށް ގެންދަން ތައްޔާރު ވަނީ

15 ފެބުރުއަރީ 2026
47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް

47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް

14 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު