Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބ.އަތޮޅު ކުޑަރިކިލު

އިންތިޚާބު ބޯމަތިވުމުން ބ. ކުޑަރިކިލުގައި ކުރީ ސަރުކާރުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދޭ، ނަމަވެސް ދޮންފަނު އަދި ކިހާދޫގައި މިމަޝްރޫއު ކުރިއަށް ގެންދާނެ ދުވަހެއް ނޭނގޭ

އިންތިޚާބު ބޯމަތިވުމުން ކުޑަރިކިލުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ބޮޑު އަގުގައި އަލުން ހަވާލުކުރި ނަމަވެސް، ދޮންފަނާއި ކިހާދޫގެ މަޝްރޫއު ފެށޭނެ ދުވަހެއް ނޭނގޭތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ތަކުލީފެއް ގައި. މިއީ ރައްޔިތުންގެ ޓެކްސް ފައިސާ ބޭކާރުކޮށް، ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް އިހުމާލުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެސް މެންބަރު މައުރޫފް ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 08:15
ބ.ކުޑަރިކިލު، މިރަށުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފައި

ބ.ކުޑަރިކިލު، މިރަށުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފައި | އެޕޮކް އެސޯސިއޭޓް

ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވުމުން ބ.އަތޮޅު ކުޑަރިކިލުގައި ކުރީ ސަރުކާރުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށާއި، ނަމަވެސް ދޮންފަނު އަދި ކިހާދޫގައި މިމަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ދުވަހެއް ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި މެންބަރު މައުރޫފް ވިދާޅުވީ،  ކުޑަރިކިލު، ދޮންފަނު އަދި ކިހާދޫގެ ރައްޔިތުން ފެނާއި ނަރުދަމާގެ މަޝްރޫއު ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ތަކުލީފުގައި ކަމަށެވެ. ކުޑަރިކިލުގައި މީގެ ކުރިން ރައްޔިތުން އަމިއްލަ ނުކުމެ ފެނާއި ނަރުދަމާ އަޅާފައިވާއިރު، މިހާރު މި ޚިދުމަތް ނުލިބި ގިނަ ދުވަސް ވެގެންދިއުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މިދިޔަ ސަރުކާރުގައި މި ތިން ރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއު ފެނަކައާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ ފެނަކައިން އެމަސައްކަތް ކުރީ ސަބް ކޮންޓްރެކްޓްކޮށް ކުންފުންޏަކާ ހަވާލު ކޮށްގެން ކަމަށެވެ. ވެރިކަން ބަދަލުވެގެން ދިއުމާއެކު މަޝްރޫއު ހުއްޓިފައިވާ ކަމަށެވެ. އޭރު މަސައްކަތުގައި ބޭނުންކުރި ހޮޅިއާއި، އެހެނިހެން އާލަތްތައް ވެސް ހަލާކުވެފައިވާ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. 

ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވުމުން އެ މަޝްރޫއު ފެނަކަ އަތުން އަތުލުމަށްފަހު، އަގު ބޮޑުކޮށް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރި ކަމަށާއި، އެމްޑަބްލިޔުއެސްސީން ވެސް ސަބްކޮންޓްރެކްޓްކޮށް ފެނަކައިން ހަވާލުކުރި ކުންފުންޏާ ހަވާލު ކޮށްގެން މިހާރު ކުޑަރިކިލުގެ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދާ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. އަދި ކިހާދޫ އާއި ދޮންފަނުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ ކަމަށާއި، މި މަސައްކަތް ފެށުމަށް ފެނަކައަށް އިތުރު މުވައްޒަފުން ނަގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. 

ކުޑަރިކިލި، ކިހާދޫ، ދޮންފަނު ވެސް މިތިން ރަށް އެނގޭތޯ. ފެނަކައާ ހަވާލުކޮށްގެން ފެނަކައިން ސަބްކޮންޓްރެކްޓަކަށް އެހެން ކުންފުންޏަކަށް އަޅުގަނޑު ހަނދާންވަނީ  ސާސީ ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ދިޔައީ. ރައްޔިތުން މަޖިލިސް އިންތިޚާބު ނިމެންދެން ބާރު ސްޕީޑްގައި ކުރިއަށް ދިޔަ. ގޮސް އިންތިޚާބު ނިމުނީ. އިންތިޚާބު ނިމުނީ ހުއްޓުނީ. މިހާރު އަނެއް އިންތިޚާބު އައީ.  އަނެއްކާ ވެސް ފެނަކައަކީ ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމް ކުރެވޭ މާލީ ގާބިލިއްޔަތުކަން ހުރި ކުންފުންޏެއް ނޫން ކަމަށް ވަޒީރު މަޖިލީހަށް އަޅުގަނޑު ހާޒިރު ކުރީމަ މަޖިލީހުގެ ތަޅުމުގައި ވިދާޅުވި. އަތުލީ ފެނަކަ އަތުން. އަތުލާފައި ފެނަކައިން ކުރަމުންދިޔަ އަގަށް ވުރެ މާބޮޑު އަގެއްގައި އެމްޑަބްލިޔުއެއްސީއާ ހަވާލުކުރީ. އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށް ކުރިން ފެނަކައިން ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކުންފުންޏާ އެމްޑަބްލިޔުއެސްސީން އަނެއްކާ 2 އަހަރު ފަހުން އިންތިޚާބު ބޯމަތިވީމަ އަނެއްކާ ހަމަ އެކުންފުންޏާ އެއްވުރެ ބޮޑު އަގުގައި ހަވާލުކުރީ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މީގެ އިތުރުން ވެސް މެންބަރު މައުރޫފް ވަނީ މި ތިން ރަށުގެ ތަރައްގީގެ އެހެނިހެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާތީ ކަންބޮޑުވުންފާޅު ކޮށްފަ އެވެ.

މެންބަރު މައުރޫފް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވައި މިސަރުކާރުން ރައްޔިތުންގެ ޓެކްސް ފައިސާ ބޭކާރު ގޮތުގައި ހަރަދު ކުރަމުންދާ ކަމަށެވެ. ގައުމަށް ވެރިއަކު އިންތިޚާބު ކުރަނީ ބޭނުންފުޅުވާ ގޮތަށް ހުރިހާ ކަމެއް ކުރަން ނޫން ކަމަށާއި، މިގޮތަށް މިކަންކަން ކުރުމުގެ ފުރުސަތު ރައްޔިތުން ދީގެން ނުވާނެ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ޒާކިރުކުޑަރިކިލުބ. ދޮންފަނުކިހާދޫފެނަކައެމްޑަބްލިޔުއެސްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންދޫއިން އެއްދުވަހެއްގައި 32 ފަހަރު ކަރަންޓު ކެނޑިފައިވޭ، މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއް ނޭނގޭ

ކެންދޫއިން އެއްދުވަހެއްގައި 32 ފަހަރު ކަރަންޓު ކެނޑިފައިވޭ، މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއް ނޭނގޭ

16 ފެބުރުއަރީ 2026
ކެންދޫގެ ބިން ހިއްކާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިއިރު، ހިއްކާނެ ބިމެއް ނެތް: މެންބަރު މައުރޫފް

ކެންދޫގެ ބިން ހިއްކާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިއިރު، ހިއްކާނެ ބިމެއް ނެތް: މެންބަރު މައުރޫފް

16 ފެބުރުއަރީ 2026
ގާދިއްފުށީ ފެނަކަ އަދި އެމްޓީސީސީ އިން އިންތިޚާބަށް ނުފޫޒު ފޯރުވަން ވަޒީފާގެ ބިރު ދައްކާ އެހެން ރަށްތަކަށް ބަދަލުކޮށްފައިވާ މުވައްޒަފުންގެ ލިސްޓާ އެކު އޭސީސީ އަށް މައްސަލަ ވައްދައިފި

ގާދިއްފުށީ ފެނަކަ އަދި އެމްޓީސީސީ އިން އިންތިޚާބަށް ނުފޫޒު ފޯރުވަން ވަޒީފާގެ ބިރު ދައްކާ އެހެން ރަށްތަކަށް ބަދަލުކޮށްފައިވާ މުވައްޒަފުންގެ ލިސްޓާ އެކު އޭސީސީ އަށް މައްސަލަ ވައްދައިފި

15 ފެބުރުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރިޝްވަތާއި ފަސާދަ ފަތުރައިގެން ވެރިކަމުގައި ހުރެވޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރުމަށް، ހާލަތު ބަދަލު ކުރަނީ ރައްޔިތުން: މެންބަރު މައުރޫފް

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރިޝްވަތާއި ފަސާދަ ފަތުރައިގެން ވެރިކަމުގައި ހުރެވޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރުމަށް، ހާލަތު ބަދަލު ކުރަނީ ރައްޔިތުން: މެންބަރު މައުރޫފް

14 ފެބުރުއަރީ 2026
"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

10 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު