Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މެންބަރު މައުރޫފް ގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހުގެ ބިލާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރެއްވުމުން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ތަކުރާރު ކޮށް މެންބަރު ގޮނޑީގައި އިށީނދެވަޑައިގަތުމަށް ނަސޭހަތްތެރިވެފަ. އެއަށްފަހު މެންބަރު ގެ ނަން އިއްވާ މައުރޫފް ވަނީ ތަޅުމުން ބޭރު ކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 ފެބުރުއަރީ 2026 | އަންގާރަ 05:00
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ޕީޕަލްސް މަޖްލިސް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވާ، މަޖިލީހުގެ ތަޅުމުން ބޭރު ކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައުރޫފް ގެ ނަން އިއްވާފައި ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހުގެ ގެ ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރަން ހުޅުވާލުމަށްފަހުގަ އެވެ.

Advertisement - newsAdvertisement

ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމާއެކު މައުރޫފް ވަނީ ގާނޫނު އަސާސީ ހިފައިގެން ރިޔާސަތުގެ މޭޒުކޮޅު ކުރިމަތީގައި އިހުތިޖާޖު ކުރައްވާފަ އެވެ.

އެއާއެކު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ތަކުރާރު ކޮށް މެންބަރު ގޮނޑީގައި އިށީނދެވަޑައިގަތުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި އެއަށްފަހު މެންބަރު ގެ ނަން އިއްވާ މައުރޫފް ވަނީ ތަޅުމުން ބޭރު ކޮށްފަ އެވެ.

އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކަށް ބަލާއިރު، އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސް ފޮނުވައްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން ހިމެނެ އެވެ.

މީގެ އިތުރުން ފޮރިން ސަރވިސްގެ ގާނޫނޫގައިވާ ގޮތުގެ މަތިން ރިޕަބްލިކް އޮފް ސަރބިއާ އަށާއި ރިޕަބްލިކް އޮފް މޯލްޓާ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމަށްޓަކައި ރައީސް ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން ހިމެނެ އެވެ. 

މައުރޫފް ޒާކިރުރައްޔިތުންގެ މަޖިލިސްއަބްދުއްރަހީމް އަބްދުﷲ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2026

ފަސް މިނެޓުން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ކޮމިޓީން ފާސް ކޮށް ދެ އިންތިހާބު އެއްކޮށްލާ ބިލުގެ ރިޕޯޓު އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި

09 ފެބުރުއަރީ 2026
ފަސް މިނެޓުން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ކޮމިޓީން ފާސް ކޮށް ދެ އިންތިހާބު އެއްކޮށްލާ ބިލުގެ ރިޕޯޓު އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި
09 ފެބުރުއަރީ 2026

ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލް ކޮމިޓީން ފާސްކުރަން ނެގީ އެންމެ 5 މިނެޓް

09 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލް ކޮމިޓީން ފާސްކުރަން ނެގީ އެންމެ 5 މިނެޓް
09 ފެބުރުއަރީ 2026

ހޯމަ ދުވަހު ގެ މަޖިލީހުގެ ޖަލްސާ ފަސްކޮށްފި، ސަބަބެއް ނާންގާ

09 ފެބުރުއަރީ 2026
ހޯމަ ދުވަހު ގެ މަޖިލީހުގެ ޖަލްސާ ފަސްކޮށްފި، ސަބަބެއް ނާންގާ
08 ފެބުރުއަރީ 2026

ދިވެހި ރުފިޔާ އިން ސަރވިސް ޗާޖު ދިނުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ގެނައުމަށް، ޤާނޫނަށް އިސްލާހެއް ހުށަހަޅައިފި

08 ފެބުރުއަރީ 2026
ދިވެހި ރުފިޔާ އިން ސަރވިސް ޗާޖު ދިނުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ގެނައުމަށް، ޤާނޫނަށް އިސްލާހެއް ހުށަހަޅައިފި
08 ފެބުރުއަރީ 2026

ކައްޗަށް އެޅި ބިންގަލެއްގެ މައްޗަށް ބިނާކުރި ވެރިކަން އޮތީ "ގަދަކޮށް": ކިހާ ދުވަހަކަށް؟

08 ފެބުރުއަރީ 2026
ކައްޗަށް އެޅި ބިންގަލެއްގެ މައްޗަށް ބިނާކުރި ވެރިކަން އޮތީ "ގަދަކޮށް": ކިހާ ދުވަހަކަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު