Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަރަޕްޝަން

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރިޝްވަތާއި ފަސާދަ ފަތުރައިގެން ވެރިކަމުގައި ހުރެވޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރުމަށް، ހާލަތު ބަދަލު ކުރަނީ ރައްޔިތުން: މެންބަރު މައުރޫފް

ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހުއްޓާލައި، ރައްޔިތުންގެ އަމިއްލަ މުހުތާދުތައް ފުއްދައިދިނުމަށް ފައިސާ ބަހަމުންދަނީ ސިޔާސީ ތާއީދު ހޯދުމުގެ މަގުސަދުގައި ކަމަށް މެންބަރު މައުރޫފް ތުހުމަތު ކުރެއްވި. މީގެ އިތުރުން، ބޭރުގެ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކޮށްގެން ކަރަޕްޝަނާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގަމުންދާ ކަމަށް މެންބަރު މައުރޫފް ވިދާޅުވި. އަދި މިވާނުވާ ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާއި، މިހާލަތު ބަދަލު ކުރުމަކީ ރައްޔިތުންގެ އަތް މަތީގައި އޮތް ބާރެއް ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2026 | ހޮނިހިރު 08:14
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ މުޅި ގައުމުގައި ރިޝްވަތާއި ފަސާދަ ފަތުރައިގެން ވެރިކަމުގައި ހުރެވޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު މައުރޫފް ވިދާޅުވީ، ރައީސް މުއިއްޒު ރައްޔިތުންނާއެކު ބާއްވަވާ ބައްދަލު ކުރެއްވުންތަކުގައި ގިނަ ރައްޔިތުން އެމީހުންގެ އަމިއްލަ މައްސަލަތަކުގެ ޝަކުވާ ހުށަހަޅާ ކަމަށާއި، މަސައްކަތް ކުރަނީ އެ މައްސަލަތަކަށް ނުވަތަ ހުރި ކަންބޮޑުވުމަކަށް ހައްލު ހޯދުމަށް ކަމަށެވެ. މުޅި މުޖުތަމައުއަށް ދިމާވެފައިވާ ނުވަތަ އެރަށެއްގެ އާއްމު ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު މައްސަލައެއްގެ ވާހަކަ ދައްކާ ހައްލު ހޯދުމަށް ނުވަތަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުމާއި ޝަކުވާ ހުށަހަޅާ ރައްޔިތުން މަދު ކަމަށް އޭނާ ވިދާޅުވި އެވެ.  

Advertisement - newsAdvertisement

އެހެންކަމުން މިހާރު މިސަރުކާރުން މަސައްކަތް ކުރަނީ އެމީހަކު އެ ބޭނުންވާ ކަމެއް ކުރުމަށް ފައިސާދީގެން އެކަމަކަށް ހައްލު ހޯދައިދިނުމަށް ކަމަށާއި، އެމީހަކަށް ޖެހިފައިވާ އެ މުހުތާދު ފައިސާ ބޭނުން ކޮށްގެން ފިލުވާ ދިނުމުން ވޯޓު ލިބޭކަން ރައީސް މުއިއްޒަށް ވެސް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒަށް މިހާރު އެ ވިސްނިވަޑައިގެންނެވީ ޕަރސަނަލީ ސީދާ މީހުންނާ ޑީލް ކޮށްގެން އޭނާއަށް ޖެހިފައި ހުރި އެ މުހުތާދު ފައިސާ ބޭނުން ކޮށްގެން ފިލުވާ ދިނީމާ އޭނާ ގެ ވޯޓު އޭނާ ގެ ތާއީދު ލިބޭނޭ. އެހެންވީމަ އަމުދުން ފިއްޓެ އެ ބުނާހެން ކޮންމެ ރަށެއްގައި މިކަހަލަ ކޮމެޓީއެއް އުފައްދާ ސީދާ ޕަރސަނަލީ އެމީހުންނަށް ޖެހިފައި ހުރި މިކަހަލަ ކަންކަމަށް ހައްލު ކޮށްލާ ދިނުން. ވަގުތީ ގޮތުން ލާރި ކޮޅެއް ދީގެން. އަޅުގަނޑުމެން އަޑު އެހިން އެކަހަލަ ބައެއް ކޭސްތަކުގައި ސީދާ ރައީސުލްޖުމްހޫރިއްޔާ އެތައް ހާސް ޑޮލަރެއް ބައެއް ބޭބޭފުޅުންނަށް ދީގެން ބޭރަށް ދަތުރު ކުރޭ. އެންސްޕާ އާސަންދަ އޮއްވާ. އައިތަން ނުވެސް އެނގޭ. އެހެންވީމަ އެކަހަލަ ނިޒާމެއްގައި ސީދާ ރައްޔިތުންނާ ޑީލް ކުރަން ވެގެން އެކަހަލަ ކަންކަން ފޫބައްދަން ކުރާ ކަމެއް ފައިސާ ދީގެން.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު 

ރިޝްވަތުގެ ފައިސާއާއި ފަސާދަ ފަތުރައިގެން ވެރިކަމުގައި ހުރެވޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރަމުންދާކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ ކުންފުނިތައް އުފައްދަނީ އެ މަގުސަދުގައި ކަމަށެވެ. މިހާރު ވެސް ގިނަ ކުންފުނިތައް އުފައްދާ މަޝްރޫއުތައް ހަވާލު ކުރަމުންދަނީ ބޭރުގެ ކުންފުނިތަކާ ކަމަށާއި، އެއީ ކަޓް ނެގޭ ގޮތަށް ޑީލް ހެދުމުގެ މަގުސަދުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މަނީލޯންޑަރ ކުރުމަށް ބޭރުގެ ކުންފުނިތަކަށް ސީދާ ޑޮލަރުން ޓީޓީ ހަދައިގެން ރާއްޖެއިން ބޭރުން ފައިސާ ނަގާ ކަމަށެވެ. 

މެންބަރު މައުރޫފް ވިދާޅުވީ ފައިސާތައް ހިފައްޓައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދިޔަ ނަމަވެސް އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުންނަށް ފައިސާ ބަހަމުންދަނީ ވެރިކަމުގައި ހުންނެވުމަށް ކަމަށެވެ. އަދި މިވާނުވާ ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާއި، މިހާލަތު ބަދަލު ކުރުމަކީ ރައްޔިތުންގެ އަތް މަތީގައި އޮތް ބާރެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމައުރޫފް ޒާކިރުކަރަޕްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި ޖަރުމަނު ކުންފުނިތަކަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު އެރުވުމަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި

ރާއްޖޭގައި ޖަރުމަނު ކުންފުނިތަކަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު އެރުވުމަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި

13 ފެބުރުއަރީ 2026
ކޮންމެ ނަމެއްގަ ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް، އޭގެ އަޑީގަ ވަނީ މަކަރާ ހީލަތާ އޮޅުވާލުމާ ދޮގު: އަބްދުﷲ ޝާހިދު

ކޮންމެ ނަމެއްގަ ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް، އޭގެ އަޑީގަ ވަނީ މަކަރާ ހީލަތާ އޮޅުވާލުމާ ދޮގު: އަބްދުﷲ ޝާހިދު

13 ފެބުރުއަރީ 2026
"މާލެ ސަރަހައްދުގެ ބިންތައް ފޮތިފޮތިކޮށް ވިއްކާ ހުސްނުކުރަނީސް ޕީއެންސީ ބޭރުކޮށްލަން ޖެހޭ، އެހެންނޫނީ މި މާލެ ސަލާމަތެއް ނުކުރެވޭނެ"

"މާލެ ސަރަހައްދުގެ ބިންތައް ފޮތިފޮތިކޮށް ވިއްކާ ހުސްނުކުރަނީސް ޕީއެންސީ ބޭރުކޮށްލަން ޖެހޭ، އެހެންނޫނީ މި މާލެ ސަލާމަތެއް ނުކުރެވޭނެ"

13 ފެބުރުއަރީ 2026
ވެރިކަން ބަދަލުވި އިރު ފިނިޝިންގ މަސައްކަތް ކުރަމުން ދިޔަ މަނަދޫ ސްކޫލުގެ 3 ބުރީގެ އިމާރާތުގެ ބޭނުން ކުރެވޭނެ ގޮތެއް އަދިވެސް ނުވޭ

ވެރިކަން ބަދަލުވި އިރު ފިނިޝިންގ މަސައްކަތް ކުރަމުން ދިޔަ މަނަދޫ ސްކޫލުގެ 3 ބުރީގެ އިމާރާތުގެ ބޭނުން ކުރެވޭނެ ގޮތެއް އަދިވެސް ނުވޭ

11 ފެބުރުއަރީ 2026
ޖަރުމަނުވިލާތުން ރައީސް މުއިއްޒު އަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

ޖަރުމަނުވިލާތުން ރައީސް މުއިއްޒު އަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

10 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު