Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރަންޓުގެ ޚިދުމަތް

ކެންދޫއިން އެއްދުވަހެއްގައި 32 ފަހަރު ކަރަންޓު ކެނޑިފައިވޭ، މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއް ނޭނގޭ

16 ފެބުރުއަރީ 2026 | ހޯމަ 06:56

މެންބަރު މައުރޫފް ވިދާޅުވީ ކެންދޫގެ އިންޖީނުގެ ހުންނަނީ އަވަށުގެ ތެރޭގައި ކަމަށާއި، އެމްޑީޕީ ސަރުކާރުގައި އައު އިންޖީނުގެއާއި އޮފީސް އިމާރާތް އަޅައި ނިންމާފައިވާ ކަމަށް. އަދި ވިދާޅުވީ މިހާރު ކުރަން ހުރި މަސައްކަތްތަކަކީ ވަރަށް ކުދި ކުދި މަސައްކަތް ކަމަށާއި، ނަމަވެސް މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު އިންޖީނުގެ އައު އިމާރާތަށް ބަދަލުކޮށް ނުލެވުނު ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 16 ފެބުރުއަރީ 2026 | ހޯމަ 06:56
ބ.ކެންދޫ، ތަރައްގީގެ ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފައި.

ބ.ކެންދޫ، ތަރައްގީގެ ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފައި. | ގެސްޓް ހައުސް އޮފް މޯލްޑިވްސް

ބ.ކެންދޫއިން ކަރަންޓު ކެނޑޭ މައްސަލަ ވަރަށް ބޮޑު ކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި މެންބަރު މައުރޫފް ވިދާޅުވީ ކެންދޫގެ އިންޖީނުގެ ހުންނަނީ އަވަށުގެ ތެރޭގައި ކަމަށާއި، އެމްޑީޕީ ސަރުކާރުގައި އައު އިންޖީނުގެއާއި އޮފީސް އިމާރާތް އަޅައި ނިންމާފައިވާ ކަމަށެވެ. މިހާރު ކުރަން ހުރި މަސައްކަތްތަކަކީ ވަރަށް ކުދި ކުދި މަސައްކަތް ކަމަށާއި، ނަމަވެސް މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު އިންޖީނުގެ އައު އިމާރާތަށް ބަދަލުކޮށް ނުލެވުނު ކަމަށެވެ. އަދި ރަށު ތެރޭގައި އިންޖީނުގެ ހުރުމުން އެކަމުގެ ދަތިތައް ކޮންމެ ދުވަހަކު ރައްޔިތުންނަށް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ކެންދޫއިން ކަރަންޓު ކެނޑޭ މައްސަލަ ވަރަށް ބޮޑުކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ އެއް ދުވަހެއްގައި އެރަށުން 32 ފަހަރު ކަރަންޓު ކެނޑުނު ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި، އެކަމުގެ ސަބަބުން އިލެކްޓްރޯނިކް ގިނަ އާލަތްތައް ހަލާކުވެ، ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށެވެ. މިހާރު ރައްޔިތުން ދިރިއުޅުމުން ދަނީ ކަރަންޓު ކޮންމެ ވަގުތެއްގައި ވެސް ކެނޑިދާނެ ކަމުގެ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މެންބަރު މައުރޫފް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އައި ފުރަތަމަ ރަމަޟާން މަހުގެ ތެރޭގައި ކަރަންޓުގެ މައްސަލަ ބޮޑުވުމާ ގުޅިގެން ދެންނަ އަންނަ ރަމަޟާން މަހެއްގައި މުޅި ރާއްޖޭގެ ހުރިހާ ރަށަކުން ކަރަންޓުގެ މައްސަލަ ހައްލު ކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ. ނަމަވެސް ކަރަންޓުގެ ޚިދުމަތް ޔަގީން ކުރުމަށް، ނުވަތަ ކެޕޭސިޓީ އިތުރު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދިއަދަށް ދާން ދެން ވެސް ކެންދޫގެ ކަރަންޓުގެ މައްސަލަ ހައްލެއް ނުކުރޭ. އެއްދުވަހު މިދޭތެރެއިން ދިޔަ އަޅުގަނޑު ދުށިން ޚަބަރެއްގައި ޖަހާފައި އޮއްވާ ބައްތިރީސް ފަހަރު ކަރަންޓު ކެނޑުނު ވާހަކަ އެއް ދުވަހެއްގައި. މީގެ ސަބަބުން ހިފާ ގެންގުޅޭ އެތައް އިލެކްޓްރޯނިކް އައިޓަމްއެއް ވަނީ ހަލާކުވެފަ. މިއީ ކެންދޫގެ ހާލަތު.    
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ކެންދޫގެ އިތުރުން، ރާއްޖޭގެ އެހެން ރަށްތަކުން ވެސް ކަރަންޓު ކެނޑޭ މައްސަލަ ބޮޑެވެ. މިފަހުން މުޅި އައްޑޫ ސިޓީން ވެސް ވަނީ ކަރަންޓު  ކެނޑިފަ އެވެ. 

މައުރޫފް ޒާކިރުބ. ކެންދޫކަރަންޓް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2026

ކެންދޫގެ ބިން ހިއްކާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިއިރު، ހިއްކާނެ ބިމެއް ނެތް: މެންބަރު މައުރޫފް

16 ފެބުރުއަރީ 2026
ކެންދޫގެ ބިން ހިއްކާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިއިރު، ހިއްކާނެ ބިމެއް ނެތް: މެންބަރު މައުރޫފް
14 ފެބުރުއަރީ 2026

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރިޝްވަތާއި ފަސާދަ ފަތުރައިގެން ވެރިކަމުގައި ހުރެވޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރުމަށް، ހާލަތު ބަދަލު ކުރަނީ ރައްޔިތުން: މެންބަރު މައުރޫފް

14 ފެބުރުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރިޝްވަތާއި ފަސާދަ ފަތުރައިގެން ވެރިކަމުގައި ހުރެވޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރުމަށް، ހާލަތު ބަދަލު ކުރަނީ ރައްޔިތުން: މެންބަރު މައުރޫފް
11 ފެބުރުއަރީ 2026

މުޅި އައްޑޫ ސިޓީން ކަރަންޓު ކެނޑިއްޖެ

11 ފެބުރުއަރީ 2026
މުޅި އައްޑޫ ސިޓީން ކަރަންޓު ކެނޑިއްޖެ
10 ފެބުރުއަރީ 2026

"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

10 ފެބުރުއަރީ 2026
"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"
10 ފެބުރުއަރީ 2026

އެމްޑީޕީ ގެ އިތުރު ތިން މެންބަރުންގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

10 ފެބުރުއަރީ 2026
އެމްޑީޕީ ގެ އިތުރު ތިން މެންބަރުންގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި
10 ފެބުރުއަރީ 2026

މެންބަރު މައުރޫފް ގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

10 ފެބުރުއަރީ 2026
މެންބަރު މައުރޫފް ގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި
08 ފެބުރުއަރީ 2026

ދިވެހި ރުފިޔާ އިން ސަރވިސް ޗާޖު ދިނުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ގެނައުމަށް، ޤާނޫނަށް އިސްލާހެއް ހުށަހަޅައިފި

08 ފެބުރުއަރީ 2026
ދިވެހި ރުފިޔާ އިން ސަރވިސް ޗާޖު ދިނުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ގެނައުމަށް، ޤާނޫނަށް އިސްލާހެއް ހުށަހަޅައިފި
06 ފެބުރުއަރީ 2026

ކައުންސިލް އިންތިޚާބުގައި ނުބައިކޮށް ވޯޓު ލައިފި ނަމަ، މިއީ ދިވެހިންލާ ވޯޓުގެ ފާހަގަ ފެންނާނެ ފަހު ފަހަރަށް ވެދާނެ: މައުރޫފް

06 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގައި ނުބައިކޮށް ވޯޓު ލައިފި ނަމަ، މިއީ ދިވެހިންލާ ވޯޓުގެ ފާހަގަ ފެންނާނެ ފަހު ފަހަރަށް ވެދާނެ: މައުރޫފް
06 ފެބުރުއަރީ 2026

އީ-ވޯޓު މެދުވެރިކޮށް 2028 ގައި އިންތިހާބެއް ބާއްވައިފި ނަމަ ޖަހާ ފާހަގަ ވެސް ނުފެންނާނެ: މައުރޫފް

06 ފެބުރުއަރީ 2026
އީ-ވޯޓު މެދުވެރިކޮށް 2028 ގައި އިންތިހާބެއް ބާއްވައިފި ނަމަ ޖަހާ ފާހަގަ ވެސް ނުފެންނާނެ: މައުރޫފް
30 ޖެނުއަރީ 2026

ރައްޔިތުންނަށް އޮޅުވާލައިގެން ރެފަރެންޑަމްގެ ނަމުގައި މަޖިލީހުގެ ދައުރު ދިގުކޮށް، ރިޔާސީ އިންތިޚާބު ފަސް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މައުރޫފް

30 ޖެނުއަރީ 2026
ރައްޔިތުންނަށް އޮޅުވާލައިގެން ރެފަރެންޑަމްގެ ނަމުގައި މަޖިލީހުގެ ދައުރު ދިގުކޮށް، ރިޔާސީ އިންތިޚާބު ފަސް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް