Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބ. ކެންދޫ

ކެންދޫގެ ބިން ހިއްކާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިއިރު، ހިއްކާނެ ބިމެއް ނެތް: މެންބަރު މައުރޫފް

މެންބަރު މައުރޫފް ވިދާޅުވީ ކެންދޫގެ ބަނދަރުގެ މަޝްރޫއު ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް. ކުރީ ސަރުކާރުން ފެށި މަޝްރޫއުތައް ހުއްޓިފައިވާކަން ފާހަގަކުރައްވައި، އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން މަސައްކަތްތައް ދައްކާލުމަކީ ރައްޔިތުންނަށް އައު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި. އަދި ބަނދަރުގެ ދަތިކަން ހައްލުކުރުން ފަދަ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަން އަވަސްކުރުމަށް މެންބަރު މައުރޫފް ވަނީ ގޮވާލައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 06:52
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ބ.ކެންދޫގެ ބިން ހިއްކާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވިއިރު، ހިއްކާނެ ބިމެއް ނެތް ކަމަށާއި، ބޭނުންވަނީ އަވަހަށް ބަނދަރުގެ ދަތި ކަމަށް ހަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި މެންބަރު މައުރޫފް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށާއި، ބައެއް މަސައްކަތްތައް ނިންމި ކަމަށެވެ. އަދި ވެރިކަން ބަދަލުވެެގެން ދިއުމާއެކު މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެންދޫގެ ރައްޔިތުންނަށް މިއަދު ދިމާވާ ބޮޑު ދައްޗަކީ ބަނދަރުގެ މައްސަލަކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ، އެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި، ނަމަވެސް މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މައުރޫފް ވިދާޅުވީ އެންމެ ފަހުން ރައީސް މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށެވެ.

އެގޮތުން ކެންދޫގެ ބިން ހިއްކާނެ ކަމަށް ވައުދުވެވަޑައިގެންނެވިއިރު، އެއީ ރައްޔިތުން އެދުނު ކަމެއް ނޫން ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކެންދޫގައި ހިއްކާނެ ބިމެއް ވެސް ނެތް ކަމަށެވެ. 

އެހެންނަމަވެސް ކެންދޫގެ ބިން ހިއްކާ ދެއްވާނެ ކަމަށާއި، ކެންދޫގެ މަގުތައް ހައްދަވާ ދެއްވާނެ ކަމަށާއި، ކެންދޫ މިސްކިތުގެ ހުއްޓިފައި ހުރި އެމްޑީޕީ ސަރުކާރުގައި ފަށާފައިވާ މިސްކިތެއް ހުއްޓިފައި ހުރި ވާހަކަ އެއް. މިސްކިތުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ވާހަކައާއި ކެންދޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށާއި، އަދި އެފްއާރްސީއެއް އަޅައި ދެއްވާނެ ކަަމަށާއި، ޕޮލިސް ސްޓޭޝަނެއް އަޅުއްވައި ދެއްވާނެ ކަމަށާއި، އަދި ހަމައެހެންމެ ކައުންސިލް އިމާރާތް އަޅުއްވައި ދެއްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވި މިދެންނެވި ދަތުރުގައި. އަދި މިހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވުމުގެ އިތުރުން ސަރުކާރުގެ ކޮންމެވެސް ކުންފުންޏެއް ލައްވާ ސޮއިކުރައްވާ އެނގޭތޯ. އަޅުގަނޑަށް ނޭނގޭ ސޮއިކުރަނީ ހުސްގަނޑެއްގައި ކަމެއް ނޫނީ އެއްބަސްވުމެއްގައި ކަމެއް ސޮއި ކުރައްވާ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މެންބަރު މައުރޫފް ވިދާޅުވީ ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބަށް ވުމާއެކު މިހާރު ބައެއް މަޝްރޫއުތައް ފިނިހަކަ ދުވެލީގައި މަޑުމަޑުން ކުރިއަށްދާ ކަމަށެވެ. އެމަންޒަރު ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި ވެސް ރައްޔިތުންނަށް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ސަރުކާރުން އަމަލު ކުރާ ގޮތް ރައްޔިތުންނަށް އައު ނުވާނެ ކަމަށާއި، ވާނުވާ އެނގޭ ކަމަށެވެ. 

ކެންދޫގެ ތަރައްގީގެ ގިނަ މަޝްރޫއުތައް ހުއްޓިފައިވާއިރު، އެރަށުގެ ބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީއާ، 11 އޯގަސްޓް 2025 ގައި ވަނީ ހަވާލު ކޮށްފަ އެވެ.  އެއީ 119.3 މިލިއަން ރުފިޔާގެ އަގަކަަށް، 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މައުރޫފް ޒާކިރުބ. ކެންދޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރިޝްވަތާއި ފަސާދަ ފަތުރައިގެން ވެރިކަމުގައި ހުރެވޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރުމަށް، ހާލަތު ބަދަލު ކުރަނީ ރައްޔިތުން: މެންބަރު މައުރޫފް

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރިޝްވަތާއި ފަސާދަ ފަތުރައިގެން ވެރިކަމުގައި ހުރެވޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރުމަށް، ހާލަތު ބަދަލު ކުރަނީ ރައްޔިތުން: މެންބަރު މައުރޫފް

14 ފެބުރުއަރީ 2026
"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

"2030 ވަނަ އަހަރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ، މިއީ ދައުރު ދިގުދަންމާލަން ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ހެއްކެއް"

10 ފެބުރުއަރީ 2026
އެމްޑީޕީ ގެ އިތުރު ތިން މެންބަރުންގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

އެމްޑީޕީ ގެ އިތުރު ތިން މެންބަރުންގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

10 ފެބުރުއަރީ 2026
މެންބަރު މައުރޫފް ގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

މެންބަރު މައުރޫފް ގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

10 ފެބުރުއަރީ 2026
ދިވެހި ރުފިޔާ އިން ސަރވިސް ޗާޖު ދިނުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ގެނައުމަށް، ޤާނޫނަށް އިސްލާހެއް ހުށަހަޅައިފި

ދިވެހި ރުފިޔާ އިން ސަރވިސް ޗާޖު ދިނުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ގެނައުމަށް، ޤާނޫނަށް އިސްލާހެއް ހުށަހަޅައިފި

08 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު