Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

ގާދިއްފުށީ ފެނަކަ އަދި އެމްޓީސީސީ އިން އިންތިޚާބަށް ނުފޫޒު ފޯރުވަން ވަޒީފާގެ ބިރު ދައްކާ އެހެން ރަށްތަކަށް ބަދަލުކޮށްފައިވާ މުވައްޒަފުންގެ ލިސްޓާ އެކު އޭސީސީ އަށް މައްސަލަ ވައްދައިފި

މި މައްސަލައިގައި ބުނެފައިވަނީ، ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެ ރަށުގެ މުވައްޒަފުން އެހެން ރަށްރަށަށް ބަދަލުކުރަމުންދާ ކަމަށާއި މީގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލި މިނިވަންކަމާއެކު ވޯޓުލުމުގެ ހައްގަށް ހުރަސްއެޅޭ ކަމަށް. މި އަމަލަކީ އިންތިޚާބުތަކާބެހޭ ގާނޫނާ ޚިލާފު ކަމެއްކަން ފާހަގަކޮށް، މިކަމުގައި ޝާމިލްވާ މުވައްޒަފުންގެ ލިސްޓު ވެސް ކޮމިޝަނަށް ވަނީ ހުށަހަޅާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2026 | އާދީއްތަ 10:07
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް.

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް. | ރާއްޖެއެމްވީ

`ތ.އަތޮޅު ގާދިއްފުށީގެ ފެނަކަ އޮފީހުންނާއި އަދި އެމްޓީސީސީގެ އޮފީހުން އެތަންތަނުގައި ވަޒީފާ އަދާކުރަމުންދާ އެރަށުގެ ރައްޔިތުންނަށް ވަޒީފާގެ ބިރާ ކުރިމަތިކުރުވާ މިނިވަންކަމާއި އެކު ވޯޓުލުމުގެ ހައްގުން މަހުރޫމް ކުރުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ. 

މި މައްސަލަ ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހު މާޒް ސަލީމް ހުށަހެޅުއްވި މައްސަލައިގައި، ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި ތިބި އެކިއެކި ވެރިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ކާމިޔާބު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު، އެކިއެކި ރަށްރަށުގައި ގާއިމު ކުރެވިފައިވާ ފެނަކަ އަދި އެމްޓީސީސީގެ ބުރާންޗުތަކުން ވަޒީފާއިން ކަނޑާލާނެ ކަމަށްބުނެ ވަޒީފާގެ ބިރުދައްކައިގެން ވޯޓަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށެވެ.

އެގޮތުން ވޯޓު ކަށަވަރު ކުރުމަށްޓަކައި ތ.އަތޮޅު ގާދިއްފުށީގެ ފެނަކަ އޮފީހުގައި މަސައްކަތް ކުރަމުންދާ ގާދިއްފުށީގެ ރައްޔިތުން އެއަތޮޅުގެ އެހެން ރަށްތަކަށާއި އަދި ލ. އަތޮޅުގެ ބައެއް ރަށްރަށައް ބަދަލު ކުރަމުން ގެންދާ ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ. އަދި ތ.އަތޮޅު ގާދިއްފުށީގެ އެމްޓީސީސީގެ އޮފީހުގައި މަސައްކަތް ކުރަމުންދާ ގާދިއްފުށީގެ ރައްޔިތުން އެއަތޮޅުގެ އެހެން ރަށްތަކަށާއި އަދި ލ.އަތޮޅުގެ އެހެން ރަށްތަކަށް ބަދަލު ކުރަމުން ގެންދާ ކަމަށެވެ. 

މިއަމަލަކީ ސީދާ އިންތިޚާބުތަކާބެހޭ ގާނޫނުގައި ކަނޑައެޅިގެން މަނާކަމެއްކަން ފާހަގަކުރައްވައި މާޒް ސަލީމް ވިދާޅުވީ، ހަތަރު ފަސްމީހަކު އޭނާ ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ބަދަލު ކުރުމުން އެވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމަށެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ނަގާ ވޯޓަކީ ސިއްރުވޯޓެއް ކަމަށްވާއިރު، މިގޮތަށް ގާދިއްފުށިން އެހެން ރަށްރަށަށް ބަދަލުކުރާ ތިން ހަތަރު މީހަކު އެ ބަދަލުކުރާ ރަށެއްގެ ފޮށްޓަކަށް ވޯޓުލުމުން، މި ތިން ހަތަރު މީހުންގެ ވޯޓުއާއި އަދި ވޯޓު ދިންގޮތް ވަރަށް ސާފުކޮށް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން ތ.އަތޮޅު ގާދިއްފުށީގެ ފެނަކަ އޮފީހުންނާއި އަދި އެމްޓީސީސީގެ އޮފީހުން އެތަންތަނުގައި ވަޒީފާ އަދާކުރަމުންދާ އެރަށުގެ ރައްޔިތުންނަށް ވަޒީފާގެ ބިރާ ކުރިމަތިކުރުވާ މިނިވަންކަމާއި އެކު ވޯޓުލުމުގެ ހައްގުން މަހުރޫމް ކުރުވާފައިވާކަމަށް ތުހުމަތު ކުރެވޭތީވެ މިމައްސަލަ އަވަސް މަސްއަލައެއްގެ ގޮތުގައި ބަލައިދިނުމަށް މާޒް ސަލީމް ވަނީ އެދިވަޑައިގެންފަ އެވެ. 

މިދެންނެވި ގޮތަށް އެހެން ރަށްރަށައް ބަދަލުކޮށް ސަރުކާރުގެ ކެނޑިޑޭޓުންނަށް ވޯޓުދޭން އެންގީމާ އެމުވައްޒަފުންނަށް މިނިވަންކަމާއެކު ވޯޓުލުމުގެ ހައްގުން މަހުރޫމްވެ ވަޒީފާގެ ބިރާއެކު ސަރުކާރުގެ ކެނޑިޑޭޓުންނަށް ވޯޓުދޭން މަޖުބޫރުވީ. 
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް 

މީގެ އިތުރުން މާޒް ސަލީމް ވަނީ ތ.އަތޮޅު ގާދިއްފުށި ފެނަކަ އޮފީހުންނާއި އަދި އެމްޓީސީސީގެ އޮފީހުން އިންތިޚާބުތަކާއިބެހޭ ގާނޫނާއި ހިލާފަށް ވޯޓު ކަށަވަރު ކުރުމުގެ މަގުސަދުގައި ވަޒީފާގެ ބިރު ދައްކާ އެހެން ރަށްތަކަށް ބަދަލުކޮށްފައިވާ މީހުންގެ ލިސްޓެއް ވެސް އޭސީސީ އަށް ހުށަހަޅާފަ އެވެ. 

ގާދިއްފުށި ފެނަކަ އޮފީސް

01) މުޙައްމަދު އިމްތިޔާ / ވާގަލި

02) މަރިޔަމް ރަޝީދު / އަނޯނާގެ

03) ސަމީނާ އިބްރާޙިމް / ޖަވާހިރުމާގެ

04) މުޙައްމަދު އިބުރާޙިމް /ހުވަނދުމާގެ

05) އިބުރާހިމް ފައިސަލް / ފެހިވިނަ

06) މުޙައްމަދު ހާރޫނު / ގޯލްޑަންލައިޓު

07) އަޙުމަދު ރަޝީދު / އަނޯނާގެ

08) އަޙުމަދު އަސްލަމް / ފިނިވައިގެ

09) މުޙައްމަދު ޝިވާޒު / މަތަރެސްމާގެ

10) އިބްރާޙިމް ޝިޔާޒު / މަތަރެސްމާގެ

11) ފާތިމަތު އިޔާޝާ / މިނވަން އައްސޭރި

ގާދިއްފުށި އެމްޓީސީސީ

01) ޝިޔާޒު އާދަމް / މިރިހިމާގެ

02) މާޖިދު އިސްމާޢީލް / ދޫރިޔާ

03) ރާފިލް ރަހީފު / ވެނީލާގެ

04) މާޖިދާ ޢަބުﷲ ސާދިޤު / ގޯލްފޭސް

05) ނަސީމް އިބްރާޙިމް

06) އިލްހާމް މުޙައްމަދު ރޯޒް

މީގެ އިތުރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ވަޒީފާ އިން ވަކި ކުރުމާއި، ވަޒީފާ ދިނުމާއި، ޕްރޮމޯޝަން ދިނުމާއި، ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅާ ކަމުގެ ތުހުމަތު ވެސް ރައީސް މުއިއްޒުގެ ސަރުކާރުގެ މައްޗަށް ވަނީ ކުރެވިފަ އެވެ.

ގާދިއްފުށިފެނަކައެންޓި ކޮރަޕްޝަން ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026މާޒް ސަލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

އޭސީސީން އެމްއެންޔޫގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަސައްކަތް ކުރަނީ

އޭސީސީން އެމްއެންޔޫގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަސައްކަތް ކުރަނީ

15 ފެބުރުއަރީ 2026
ދުވާފަރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓްގެ ފަރާތުން ގުރުއަތުނަގަން ދިިޔައީ އެ ރަށު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަނީސް!

ދުވާފަރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓްގެ ފަރާތުން ގުރުއަތުނަގަން ދިިޔައީ އެ ރަށު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަނީސް!

15 ފެބުރުއަރީ 2026
ވެލިދޫ އާއި ހޮޅުދޫ އިން އެމްޑީޕީގެ ކެމްޕެއިން ޓިމަށް ހޫނު މަރުހަބާއެއް!

ވެލިދޫ އާއި ހޮޅުދޫ އިން އެމްޑީޕީގެ ކެމްޕެއިން ޓިމަށް ހޫނު މަރުހަބާއެއް!

14 ފެބުރުއަރީ 2026
އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!

އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!

14 ފެބުރުއަރީ 2026
މިސަރުކާރުން ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ: ފައިސަލް

މިސަރުކާރުން ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ: ފައިސަލް

14 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު