Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ދޮރުން ދޮރަށް

ގަލޮޅު އުތުރުގެ ދޮރުން ދޮރަށް: މި ސަރުކާރު ކަމުގޮސްގެން ވާހަކަ ދައްކާ މީހަކާ ދިމާނުވޭ - އާޒިމް

މާލޭގެ މޭޔަރު އާދަމް އާޒިމާއި އެމްޑީޕީގެ ކެންޑިޑޭޓުން ގަލޮޅު އުތުރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކާ މެދު ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައިވޭ. މި ހަރަކާތުގައި އާޒިމް ވިދާޅުވީ ތަކެތީގެ އަގުބޮޑުވުމާއި ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް އިންތިޚާބުގައި ވޯޓުން ސަރުކާރަށް ނޫނެކޭ ބުނަންޖެހޭ ކަމަށް.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 14:52
ގަލޮޅު އުތުރުގެ ގެތަކަށް ވަޑައިގެންނެވުމަށްފަހު މޭޔަރު އާޒިމް ރާއްޖެޓީވީއަށް އިންޓަރވިއު ދެއްވަނީ.

ގަލޮޅު އުތުރުގެ ގެތަކަށް ވަޑައިގެންނެވުމަށްފަހު މޭޔަރު އާޒިމް ރާއްޖެޓީވީއަށް އިންޓަރވިއު ދެއްވަނީ. | ރާއްޖެ އެމްވީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ، ގަލޮޅު އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފި އެވެ.

ހޯމަ ދުވަހު ބޭއްވި  މި ހަރަކާތުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މިހާރުގެ މީހަރު އާދަމް އާޒިމް އާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ އިތުރުން ގަލޮޅު އުތުރަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވި އެވެ. 

Advertisement - newsAdvertisement

މި ހަރަކާތުގެ ތެރެއިން ރާއްޖެޓީވީ އާއި ވާހަކަ ދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެއްވެސް ދާއިރާއަކު އަޅުގަނޑުމެންނަކަށް މި ސަރުކާރަށް ކަމުގޮސްގެން ވާހަކަދައްކާ މީހަކާ ދިމާ ނުވާ ކަމަށާއި، ހުރިހާ ކަމެއް ގޯސްކަމަށް ބުނަމުންދާ ކަމަށެވެ. އެހެންކަމުން މިހާ ގޯސް ސަރުކާރެއް އޮތުމުން، 4 އެޕްރީލުގައި ނުކުންނަވައި، އެ މީހުންނަށް އެމީހުންގެ ގޯސްކަން ރައްޔިތުން ބުނަން ނުކުތުމަށް ރައްޔިތުން ގާތު ބުނަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ. 

ޑިމޮކްރަސީގެ ގޯސްކަން ބުނާނީ އަބަދުވެސް ވޯޓު ފޮށިން. އެހެންވީމާ، ވޯޓު ފޮށިން ނުވެއްޖެއްޔާ ދެން އަޅުގަނޑު އެހެން ގޮތެއް އިހުތިޔާރުކުރަން މި ޖެހެނީ. އެހެންވީމާ، މި ވަގުތު މި ވަނީ ތަކެތި އަގުބޮޑުވެފައި، ބޭހެއް ނުލިބޭ، ގެދޮރު ކަންތައްތައް އެ ބުނިގޮތަކަށް ނުކޮށްދިން. އަދި މި ކޮޅުގައި ހަމަ ބިންތައް ހިއްކާފައި ހުރި ތަންތަނުން ގޯތި ދެވެން އޮއްވާ އެކަން ނުކޮށް، މި ބޯހަރުކޮށްފައި ގޮސް މާދުރުގައި އޮތް ފަޅެއް ހިއްކައި ހުރިހާ ފައިސާއެއް އިސްރާފުކޮށް ނިންމައިލައިފި. އެހެންވީމާ، ރައްޔިތުންގެ އެއްވެސް ކަމަކަށް އަޅައިނުލާ ސަރުކާރެއް، ރައްޔިތުންނަށް ދިމާވެފައި ހުރި ހުރިހާ އުނދަގޫތަކަކަށް އަޅައިނުލާ ސަރުކާރެއް ބޭއްވުމުގެ ބޭނުމެއް ނެތް. ތާއީދުކުރުމުގެ ބޭނުމެއް ނެތް. ރައީސުލްޖުމްހޫރިއްޔާއަކަށް ދީފި ރައްޔިތުން. އޮޅުވާލައިން ނަމަވެސް އެކަން ކޮށްފި. އަދި ހަމަ މަޖިލިސް ވެސް. އެހެންވީމަ ކީއްކުރަންތޯއޭ އެ މީހުންނަށް ކައުންސިލް ދޭންވީ؟ އެހެންވީމަ މިހާރު ދެން މިއޮތީ ވަގުތު އައިސް، ބުނަންވީ ނޫނެކޭ. އެއްވެސް ކަމެއް ނުކުރެވުނޭ ރަނގަޅެއް ނުވިއޭ ތިމަންނާމެން ޙާލަތު ވަރަށް ބޮޑަށް ދަށްވެއްޖޭ.
މޭޔަރ އާދަމް އާޒިމް

އެ ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން އާއްމުންނާއި ބައްދަލުކޮށް އާއްމުންގެ ކަންބޮޑުވުންތައް ކެނޑިޑޭޓުން ވަނީ އަޑު އައްސަވާފަ އެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް މެމްބަރުންނަށް ސާފުކޮށްދެއްވާފައިވެ އެވެ.

އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނާއެކު މޭޔަރ އާދަމް އާޒިމް ވަނީ މާލޭގެ 16 ދާއިރާއަކަށް ޒިޔާރަތް ކުރައްވާފަ އެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގަލޮޅު އުތުރުއާދަމް އާޒިމްމާލޭ ސިޓީ ކައުންސިލްމާލޭ މޭޔަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ، ހެންވޭރު ހުޅަނގުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފި

އެމްޑީޕީގެ، ހެންވޭރު ހުޅަނގުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފި

16 ފެބުރުއަރީ 2026
"މާލެ ސަރަހައްދުގެ ބިންތައް ފޮތިފޮތިކޮށް ވިއްކާ ހުސްނުކުރަނީސް ޕީއެންސީ ބޭރުކޮށްލަން ޖެހޭ، އެހެންނޫނީ މި މާލެ ސަލާމަތެއް ނުކުރެވޭނެ"

"މާލެ ސަރަހައްދުގެ ބިންތައް ފޮތިފޮތިކޮށް ވިއްކާ ހުސްނުކުރަނީސް ޕީއެންސީ ބޭރުކޮށްލަން ޖެހޭ، އެހެންނޫނީ މި މާލެ ސަލާމަތެއް ނުކުރެވޭނެ"

13 ފެބުރުއަރީ 2026
ރާއްޖެޓީވީ އިން މާލެސިޓީ މޭޔަރ ބަހުސް ބޭއްވުމުގެ ތައްޔާރީތައް ފަށައިފި

ރާއްޖެޓީވީ އިން މާލެސިޓީ މޭޔަރ ބަހުސް ބޭއްވުމުގެ ތައްޔާރީތައް ފަށައިފި

12 ފެބުރުއަރީ 2026
ތިނަދޫ ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކޮށްފި

ތިނަދޫ ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކޮށްފި

12 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގައި ޕީއެންސީން ކެމްޕޭނުގެ ނަމުގައި މަސައްކަތް ކުރަނީ ކެންޑިޑޭޓުން ގަތުމަށް: އެމްޑީޕީ

ކައުންސިލް އިންތިޚާބުގައި ޕީއެންސީން ކެމްޕޭނުގެ ނަމުގައި މަސައްކަތް ކުރަނީ ކެންޑިޑޭޓުން ގަތުމަށް: އެމްޑީޕީ

11 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު