Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ދޮރުން ދޮރަށް

އެމްޑީޕީގެ، ހެންވޭރު ހުޅަނގުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފި

ގޯތީގެ މައްސަލަތަކާއި ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ސަރުކާރުން އިހުމާލު ވަމުންދާކަން ފާހަގަކުރައްވައި، އާޒިމް އާއި ކައުންސިލަރު ސައިފް ފާތިހު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ. އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި އާންމުންގެ ކަންބޮޑުވުންތައް އަޑުއަހައި، އެ ޕާޓީގެ ސިޔާސަތުތައް ވަނީ ހިއްސާކޮށްފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 05:02
މާލޭގެ މެޔަރ އާދަމް އާޒިމް ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރި ވެވަޑައިގަންނަވަނީ.

މާލޭގެ މެޔަރ އާދަމް އާޒިމް ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރި ވެވަޑައިގަންނަވަނީ. | ރާއްޖެ އެމްވީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ، ހެންވޭރު ހުޅަނގުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފި އެވެ.

އާދިއްތަ ދުވަހު ހަވީރު ބޭއްވި، އެ ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މާލޭގެ މޭޔަރ އަދި މޭޔަރ ކެނޑިޑޭޓް އާދަމް އާޒިމް ވިދާޅުވީ މިހާރު ވެސް ތިބި ޕީއެންސީގެ ކައުންސިލް މެމްބަރުންނަށް ކައުންސިލް ބައްދަލުވުންތަކަށް ހާޒިރު ވެސް ނުވެވޭ ކަމަށެވެ. އެ ވަރު ބަޔަކަށް އަލުން ކައުންސިލް މެމްބަރުކަމަށް ހޮވިގެން ވެސް އާއްމުންނަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް އާޒިމް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

"ރައްޔިތުން އެދޭ އެމްޑީޕީ ގެ މަސައްކަތާއި އެކު ކުރިއަށް ދާން. އެއީ ގޯތީގެ ކަންކަން ވެސް ނުކުރެވޭ މި ސަރުކާރަށް. ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި މަސައްކަތް ކުރަނީ އެމްޑީޕީ އިން." އާޒިމް ވިދާޅުވި އެވެ.

އެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު، ސައިފް ފާތިހް (އައިކޮ) ވިދާޅުވީ ސަރުކާރު ކެނޑިޑޭޓުންގެ ނަމުގައި ބަޔަކު ނެރެގެން ސަރުކާރަށް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރަން ކެރުނީތީ ހައިރާންވެވަޑައިގަންނަވާ ކަަމަށެވެ. ސަރުކާރުން ސިޔާސަތުތަކުގެ ވާހަކަދެއްކުމުގެ ކުރިން ކައުންސިލަރުން ބައްދަލުވުންތަކަށް ހާޒިރު ނުވާ ސަބަބު ދެއްކުން މާ ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ އެ ތަނަށް ދެވިގެން ނޫންތޯ ކަމެއް ވާނީ. ހާޒިރު ވެސް ނުވެވޭ ބަޔަކު ކޮން ވާހަަކަ އެއްތޯ އިތުރަށް ދައްކަނީ؟" އޭނާ ވިދާޅުވި އެވެ.

އެ ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން އާއްމުންނާއި ބައްދަލުކޮށް އާއްމުންގެ ކަންބޮޑުވުންތައް ކެނޑިޑޭޓުން ވަނީ އަޑު އައްސަވާފަ އެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް މެމްބަރުންނަށް ސާފުކޮށްދެއްވާފައިވެ އެވެ.

އެމްޑީޕީހެންވޭރު ހުޅަނގުއާދަމް އާޒިމްސައިފް ފާތިހުލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

މި 5 އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަނަށް އަރާނެ: ރައީސް ސޯލިހު

މި 5 އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަނަށް އަރާނެ: ރައީސް ސޯލިހު

16 ފެބުރުއަރީ 2026
ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ

ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ

15 ފެބުރުއަރީ 2026
ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި

ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި

15 ފެބުރުއަރީ 2026
އިންތިޚާބަކާ ނުލައި 82 މީހުން ހޮވިއްޖެ

އިންތިޚާބަކާ ނުލައި 82 މީހުން ހޮވިއްޖެ

15 ފެބުރުއަރީ 2026
ގާދިއްފުށީ ފެނަކަ އަދި އެމްޓީސީސީ އިން އިންތިޚާބަށް ނުފޫޒު ފޯރުވަން ވަޒީފާގެ ބިރު ދައްކާ އެހެން ރަށްތަކަށް ބަދަލުކޮށްފައިވާ މުވައްޒަފުންގެ ލިސްޓާ އެކު އޭސީސީ އަށް މައްސަލަ ވައްދައިފި

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު