Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!

ސަރުކާރުން މި ދަނޑިވަޅު ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ކޮށްދޭނެ ކަމަށް އެބަ ބުނޭ. މިއީ ސަރުކާރު ހެޔޮކަމުން ކުރާ ކަމެއް ނޫން. މިއީ އިންތިޚާބު ކައިރި ވާތީ ކަންކަން ކުރާ ގޮތް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2026 | ހޮނިހިރު 14:17
ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅު ކައުންސިލްތައް އުވާލާ ބިލު ތަސްދީގުކުރައްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅު ކައުންސިލްތައް އުވާލާ ބިލު ތަސްދީގުކުރައްވަނީ | ރައީސް އޮފީސް

އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވެ އެވެ. އެހެން މި ބުނަން ޖެހެނީ ސަރުކާރުން، މި ހުރިހާ ދުވަހު ކަޑަ ޖަހާ އުސޫލުން ދޫކޮށްލާފައި ހުރި ކަންކަން ފަށަނީ، ފަށާނަން ގެ އަޑު ގަދަ ވާން ފަށައިފި އެވެ. ނުނިންމާ ދިގުލައިގެން ގޮސްފައިވާ ކަންކަމާއި ފިނިހަކަ ސްޕީޑުގައި ގޮސް ގޮސް ހުރި ކަންކަން ނިންމާނެ ކަމަށް ބުނާ އަޑު ވެސް އެހާ ގަދަ އެވެ. މި ދަޅަތައް ދުވަހަކަށް ވުރެ ދުވަހެއް ވަނީ ގަދަ އެވެ. މި ހުރިހާ ދުވަހު ވަރިހަމަ ކޮށްގެން ދޫކޮށްލާފައި ހުރި ކަންކަން މިހާރު ރަނގަޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވާން ފަށައިފި އެވެ. ހައްތަހާ ވެސް ހެޔޮފުޅުކަމުން ކުރައްވާ ކަންކަން ކަމަށް އެބަ ވިދާޅުވެ އެވެ.

މި އިން ބައެއް ކަންކަމަށް ބަލާލާ ނަމެވެ. އިންތިޚާބަށް ދޮޅުމަސް ދުވަހަށް ވެފައި ވަނިކޮށް މި އަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލު 400ރުފިޔާއަށް ވުރެ ބޮޑު ނުވާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން މި ވަނީ ބުނެފަ އެވެ. ކަރަންޓު ބިލު ބޮޑުވެގެން އެކަން ތުރާލަކަށް ވެގެން އެ ވާހަކަ އާއްމުން ދައްކާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ރައްޔިތުންގެ ޝަކުވާތަކަށް ހިލާ ހައްލެއް ލިބޭ ވަރެއް ނުވެ އެވެ. ނުވިތާކަށް ކަރަންޓު ބިލު ބޮޑުވުމުން ގޯސް ވަނީ ރައްޔިތު މީހާ އެވެ.

އެކަމަކު މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހެޔޮފުޅުކަމުން ރަމަޟާން މަހުގެ ކަރަންޓު ބިލަށް ޚާއްޞަ ޑިސްކައުންޓެއް ދިނުމަށް ނިންމަވާފައިވާތީ މި ރަމަޟާން މަހަށް ގޭބިސީތަކަށް އަންނާނީ ވަކި ބިލެއް ކަމަށް ސަރުކާރުން އެ ދަނީ ބުނަމުންނެވެ. ރޯދަ މަހުގެ ކަރަންޓު ބިލް، 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ހަމަ މި އަަހަރު ނިންމުމުން މިއީ އިންތިޚާބާއި ދިމާކޮށް ޖެހި މޮޅު ޗައްކަރެއްކަން ނޭނގޭނެ ދިވެހިންނެއް މިހާރަކު ނުތިބޭނެ އެވެ. 

ވެރިކަމުގެ ފުރަތަމަ އަހަރު މާލެ ސަރަހައްދުގެ ފަޅުތައް ހިއްކާ ނިންމާނެ ކަމަށް ވިދާޅުވުމަށް ފަހު ވަޑައިގެން އެކަން އޮތީ މިހާތަނަށް ނުކުރެވި ޕާކު ކުރެވިފައިވާ ކަމެއްގެ ގޮތުގަ އެވެ. ކަން މިހެން އޮތްވާ ކައުންސިލް އިންތިޚާބު ކައިރިވާ ވަރަކަށް މި މަސައްކަތްތައް ވެސް ހިނގާ ސްޕީޑް އަވަސް ކުރަން ފަށައިފި އެވެ. އެހެންވީމަ އިންތިޚާބެއް ކައިރިވާ ކަމުގެ އިހުސާސް ނުވާންވީ ސަބަބެއް ނެތްތާއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ހުކުރު ދުވަހު ހެދުނު އަލުން ފަށާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވުން ވެގެން ދިޔައީ އެފަދަ ކަމަކަށެވެ. މިކަން ވެސް ނިމޭނެ ކަމަށް އެ ވިދާޅުވާ ތާރީހަކީ ކައުންސިލް އިންތިޚާބާއި ނިކަން ކައިރި ތާރީހެކެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މައްޗަންގޯޅި ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ޖެނުއަރީ މަހުގެ ކުރީކޮޅު ގިރާވަރު ފަޅުގެ ހިއްކުމުގެ އަމަލީ މަސައްކަތް ފަށައި މާރިޗު މަހުގެ ނިޔަލަށް މި މަޝްރޫއު ވެސް އެއްކޮށް ހިންކާ ނިމޭނެ ކަމަށެވެ. އެއީ އިންތިޚާބު ފެށުމުގެ ދުވަސް ކޮޅެއް ކުރި އެވެ. އެކަމަކު މިކަން ވެސް ބަލަންވީ ރައީސްގެ ހެޔޮފުޅުކަމުން މަސައްކަތް އަވަސް ކުރަނީ ކަމަށެވެ.

މިދިޔަ އަހަރު އެކި ދުވަސް ވަރު ރާއްޖޭގެ އަތޮޅުތަކަށް ރައީސް ކުރެއްވި ދަތުރުތަކުގައި އުދައްޔާއި، ފަކީރާ ހިފައިގެން ތަނބުތަކަށް ސިމެންތި އެޅުމާއި، ބިންގާ އެޅުމުގެ މަސައްކަތްތައް ނިކަން ބާރަށް ކުރެއްވި އެވެ. އެ ހިސާބުން މިއަދާއި ހަމައަށް ހުއްޓިފައި ހުރި މަޝްރޫޢުތައް ނުވަތަ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ހުރި ތަންތަން ނިންމުމުގެ މަސައްކަތް ފަށާނެ ތާރީހުތައް ސަރުކާރުން ދަނީ ދެމުންނެވެ. އަދި މަޖިލިސް އިންތިޚާބަށް މަސައްކަތް ފެށުމަށް ފަހު އިންތިޚާބު ނިމުމުން މަޑުޖައްސާލި މަޝްރޫޢުތައް ވެސް އަލުން ފަށާނެ ތާރީހުތައް ދިނުމާއި ބައެއް މަސައްކަތްތައް ފެށުމުގެ ކަންކަން ކުރިއަށް އެބަ ދެ އެވެ. 

މި ހުރިހާ ކަމެއް ތަރުތީބުކުރަނީ ކައުންސިލް އިންތިޚާބާއި ހަމައަށް ދާއިރު ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ނުދީފި ނަމަ ހުރިހާ ކަމެއް ހުއްޓިދާނެ ކަމަށް ސަރުކާރުން ބުނާ ބުނުމަށް ބާރު ދިނުމަށެވެ. މިއަދު ސަރުކާރުން ވަޒީފާތައް ފަތިފަތި އަށް ބަރި ބަރިއަށް ދެއްވުމާއި، ޕީއެންސީގެ އިސް ބޭފުޅުން ބޮޑެތި އަދަދުތަކުން ފައިސާ ބެހުމުގެ ކަންކަން ކުރަނީ ވެސް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އެއް ގޮތުން ނުވިއްޔާ އަނެއް ގޮތުން ކާމިޔާބު ކުރުމުގެ ވިސްނުމުގަ އެވެ. އަދި ކައުންސިލް އިންތިޚާބު ކައިރި ވާ ވަރަކަށް ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވާނެ އެވެ. އަދި ނިކަން އަވަހަށް ކަންކަން ފަށާނެ އެވެ. ހެޔޮފުޅު ކަމަކުން ނޫނެވެ. އިންތިޚާބެއް ކައިރި ވާތީ އެވެ. އިންތިޚާބުތަކަސް ރައްޔިތުން ހެއްލުން މިއީ މި ސަރުކާރުން އަލަށް ކުރާ ކަމެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުސްޓެލްކޯގިރާވަރުފަޅުކައުންސިލް އިންތިޚާބުޕީއެންސީލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ވެލިދޫ އާއި ހޮޅުދޫ އިން އެމްޑީޕީގެ ކެމްޕެއިން ޓިމަށް ހޫނު މަރުހަބާއެއް!

ވެލިދޫ އާއި ހޮޅުދޫ އިން އެމްޑީޕީގެ ކެމްޕެއިން ޓިމަށް ހޫނު މަރުހަބާއެއް!

14 ފެބުރުއަރީ 2026
ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ

ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ

14 ފެބުރުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރިޝްވަތާއި ފަސާދަ ފަތުރައިގެން ވެރިކަމުގައި ހުރެވޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރުމަށް، ހާލަތު ބަދަލު ކުރަނީ ރައްޔިތުން: މެންބަރު މައުރޫފް

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރިޝްވަތާއި ފަސާދަ ފަތުރައިގެން ވެރިކަމުގައި ހުރެވޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރުމަށް، ހާލަތު ބަދަލު ކުރަނީ ރައްޔިތުން: މެންބަރު މައުރޫފް

14 ފެބުރުއަރީ 2026
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ އަޅުވެތިކަމަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް: އަހުމަދު އަބްދުﷲ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ އަޅުވެތިކަމަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް: އަހުމަދު އަބްދުﷲ

14 ފެބުރުއަރީ 2026
މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު

މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު

13 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު