Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ިކައުންސިލް އިންތިޚާބު 2026

ދުވާފަރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓްގެ ފަރާތުން ގުރުއަތުނަގަން ދިިޔައީ އެ ރަށު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަނީސް!

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓެއްގެ ބަދަލުގައި ގުރުއަތުލުމުގައި ބައިވެރިވެވަޑައިގަތުމުން، ރ. ދުވާފަރު ޕްރައިމަރީ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު އަނީސްއަށް ބެލެނިވެރިންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ. ސިވިލް ސަރވިސްގެ ގަވާއިދުތަކާ ޚިލާފަށް ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވުމަކީ ސްކޫލުގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި އަމަލަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބެލެނިވެރިން ތުހުމަތު ކުރާއިރު، މި މައްސަލައާ ގުޅިގެން ޕްރިންސިޕަލްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2026 | އާދީއްތަ 01:32
ރ. ދުވާފަރު ޕްރައިމަރީ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު އަނީސް ޕީއެންސީގެ ފަރާތުން އެ ރަށު ކައުންސިލް ރައީސް ކަަމަށް ވާދަކުރާ ސާހު ގެ ފަރާތުން ގުރުނަގަނީ

ރ. ދުވާފަރު ޕްރައިމަރީ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު އަނީސް ޕީއެންސީގެ ފަރާތުން އެ ރަށު ކައުންސިލް ރައީސް ކަަމަށް ވާދަކުރާ ސާހު ގެ ފަރާތުން ގުރުނަގަނީ | ރާއްޖެ އެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، ރ. ދުވާފަރު ޕްރައިމަރީ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު އަނީސް ޕީއެންސީ ގެ ސިޔާސީ ހަރަކާތްތަކުގައި ސީދާ ބައިވެރިވެ، އެ ޕާޓީގެ ކެންޑިޑޭޓެއް ތަމްސީލު ކޮށް، ގުރުއަތު ނަގަން ގޮސްފައިވާތީ އެ ރަށު ސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުން ފާޅު ކޮށްފި އެވެ. 

އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުމަށް ގުރުއަތުލުން ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. އެގޮތުން ގުރުއަތުލުން ކުރިއަށް ދިޔަ ވަގުތު، ޕީއެންސީގެ ފަރާތުން ދުވާފަރު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާފައިވާ އަހްމަދު ސާހު ތަމްސީލު ކޮށް، އޭނާ ގެ ބަދަލުގައި ގުރުނަގަން ގޮސްފައި ވަނީ ޕްރިންސިޕަލް އަނީސް އެވެ. 

ސިވިލް ސަރވިސްގެ ގަވާއިދުތައް ބުނާގޮތުން ސަރުކާރުގެ ވަޒީފާތަކުގައި ތިއްބަވާ އިސްވެރިންނަކީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހި، މިނިވަންކަމާއެކު ތިއްބަވަންޖެހޭ ބަޔަކަށްވާއިރު، 500 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ސްކޫލެއްގެ ވެރިޔަކު މިފަދަ ހަރަކާތްތަކުން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ދުވާފަރުގެ ބައެއް ބެލެނިވެރިން ބުނާ ގޮތުގައި، ޕްރިންސިޕަލް އަނީސް އާއި ކެންޑިޑޭޓް އަހްމަދު ސާހުއާ ދެމެދު އެއްވެސް އާއިލީ ގުޅުމެއް ނެތެވެ. އެހެންކަމުން ސިޔާސީ ޕާޓީ އެއްގެ ކެންޑިޑޭޓަކު ތަމްސީލު ކުރުމަށް އޭނާ ދިޔުމުގެ ހަމައެކަނި ބޭނުމަކީ ސަރުކާރު ކެންޑިޑޭޓަށް ތާއީދު އޮތްކަން ދައްކައި، ސްކޫލުގެ ނަމުގައި އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމަށް ބެލެވޭ ކަމަށް އެފަރާތްތަކުން ތުހުމަތުކުރެއެވެ.

އެއީ ދުވާފަރު ސްކޫލުގެ އިއްޒަތާއި ކަރާމާތް ނަގާލުން ކަމަށާ  ދަރިން ތަރުބިއްޔަތު ކުރަން ތިބި މީހުން ސިޔާސީ ކުލަޖެހި، ވަކި ކެންޑިޑޭޓެއްގެ ފަހަތުން ދުވުމަކީ ލަދުވެތި ކަމެއް ކަމަށް ބުނެ ބައެއް ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ދުވާފަރު ޕްރައިމަރީ ސްކޫލަކީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 6 އާ ހަމައަށް ކިޔަވައިދޭ، އެ ރަށުގެ ތައުލީމީ މައިނާރެވެ. މިފަދަ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާ ސިޔާސީ ގޮތުން ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަކީ، މުޅި ސްކޫލުގެ މުސްތަގުބަލަށާއި ދަރިވަރުންގެ ކުރިމަތީގައި ސްކޫލަށް އޮތް އިތުބާރު ގެއްލިގެންދާނެ ކަމެކެވެ.

މި މައްސަލައާ ގުޅިގެން ޕްރިންސިޕަލް މުހައްމަދު އަނީސް ގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. 

ރ. ދުވާފަރުމުހައްމަދު އަނީސްޕީއެންސީލޯކަލް ކައުންސިލް އިންތިޚާބު 2026އަހްމަދު ސާހުދުވާފަރު ޕްރައިމަރީ ސްކޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެލިދޫ އާއި ހޮޅުދޫ އިން އެމްޑީޕީގެ ކެމްޕެއިން ޓިމަށް ހޫނު މަރުހަބާއެއް!

ވެލިދޫ އާއި ހޮޅުދޫ އިން އެމްޑީޕީގެ ކެމްޕެއިން ޓިމަށް ހޫނު މަރުހަބާއެއް!

14 ފެބުރުއަރީ 2026
އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!

އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!

14 ފެބުރުއަރީ 2026
މިސަރުކާރުން ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ: ފައިސަލް

މިސަރުކާރުން ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ: ފައިސަލް

14 ފެބުރުއަރީ 2026
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ އަޅުވެތިކަމަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް: އަހުމަދު އަބްދުﷲ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ އަޅުވެތިކަމަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް: އަހުމަދު އަބްދުﷲ

14 ފެބުރުއަރީ 2026
މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު

މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު

13 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު