Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިމަތިކުރާ "އިންސާފެއް ނެތް ބޮޑެތި ޑިމާންޑްތަކަށް" އީރާނުން ދޫނުދޭނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

11 ފެބުރުއަރީ 2026 | ބުދަ 11:42

އީރާނުގެ އިސްލާމީ އިންގިލާބަށް 47 އަހަރު ފުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެ ގައުމުގެ ހައްގުތަކަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމަކަށް ބޯނުލަނބާނެ ކަމަށާއި، ނަމަވެސް ސަރަހައްދީ ހަމަޖެހުމަށްޓަކައި އަވަށްޓެރި ގައުމުތަކާއެކު މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށް.

ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 11:42
މަސްއޫދު ޕެޒެޝްކިއަން.

މަސްއޫދު ޕެޒެޝްކިއަން. | ގެޓީ އިމޭޖަސް

އެމެރިކާއާއެކު އީރާނުން އަލުން މަޝްވަރާތައް ފަށާފައިވާ ދަނޑިވަޅެއްގައި، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިމަތިކުރާ "އިންސާފެއް ނެތް ބޮޑެތި ޑިމާންޑްތަކަށް" އީރާނުން ދޫނުދޭނެ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

އީރާނުގެ އިސްލާމީ އިންގިލާބަށް 47 އަހަރު ފުރުމުގެ މުނާސަބަތުގައި ވެރިރަށް ތެހެރާންގެ އާޒާދީ މައިދާނުގައި ވާހަކަދައްކަވަމުން ރައީސް ޕެޒެޝްކިއަން ވިދާޅުވީ، އީރާނުން އެ ގައުމުގެ ހައްގުތަކަށް އުނިވާނެ ފަދަ އެއްވެސް ކަމަކަށް ބޯނުލަނބާނެ ކަމަށެވެ. އީރާނުގެ ރައީސް މި މޭމެރުމުން ވާހަކަފުޅު ދެއްކެވީ އެމެރިކާ އިން އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ ބިރުވެރިކަން އޮތް ދަނޑިވަޅެއްގަ އެވެ.

ރައީސް ޕެޒެޝްކިއަން އިތުރަށް ވިދާޅުވީ، އީރާނަށް ކުރިމަތިވާ އެއްވެސް އުދުވާނީ ހަމަލާއެއްގެ ކުރިމަތީގައި އެ ގައުމުން ކަނޑައެޅިގެން ދޫނުދޭނެ ކަމަށެވެ. ނަމަވެސް ސަރަހައްދީ ސުލްހަޔާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި އަވަށްޓެރި ގައުމުތަކާއެކު ކުރިއަށްގެންދާ މަޝްވަރާތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަން ސާބިތުކޮށްދިނުމަށްޓަކައި "ކޮންމެ ފަދަ ތަހުގީގަކަށް ނުވަތަ ވެރިފިކޭޝަނަކަށް" އީރާން ތައްޔާރަށް އޮތް ކަމަށް ޕެޒެޝްކިއަން ވިދާޅުވި އެވެ. އަދި ތެހެރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނިއުކްލިއާ ހަތިޔާރު ހޯދާކަށް މަސައްކަތެއް ނުކުރަން. މި ވާހަކަ އަޅުގަނޑުމެން ތަކުރާރުކޮށް ބުނެފިން. އަދި މިކަން ކަށަވަރުކުރުމަށް ކުރާ ކޮންމެ ތަހުގީގަކަށް ވެސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ރައީސް ޕެޒެޝްކިއަން ވިދާޅުވި އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާމަސްޢޫދު ޕެޒެޝްކިއަންއީރާން ނިއުކްލިއަރ ޕްރޮގްރާމް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2026

ޓްރަމްޕް: މެދުއިރުމައްޗަށް ދެވަނަ އެއަރކްރާފްޓް ކެރިއަރެއް ފޮނުވުން ވިސްނަވަނީ

11 ފެބުރުއަރީ 2026
ޓްރަމްޕް: މެދުއިރުމައްޗަށް ދެވަނަ އެއަރކްރާފްޓް ކެރިއަރެއް ފޮނުވުން ވިސްނަވަނީ
11 ފެބުރުއަރީ 2026

ޓްރަމްޕް: އިރާނުން އެމެރިކާ އާ އެކު އެއްބަސްވުމަކަށް ނައުމަކީ ވަރަށް ބޮޑު މޮޔަކަމެއް

11 ފެބުރުއަރީ 2026
ޓްރަމްޕް: އިރާނުން އެމެރިކާ އާ އެކު އެއްބަސްވުމަކަށް ނައުމަކީ ވަރަށް ބޮޑު މޮޔަކަމެއް
10 ފެބުރުއަރީ 2026

ނަތަންޔާހޫ ގެ އެމެރިކާ ދަތުރުފުޅުގައި އިސްކަންދެއްވާނީ އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާ މެދު އިޒްރޭލުން ދެކޭ ގޮތް ހާމަ ކުރަން

10 ފެބުރުއަރީ 2026
ނަތަންޔާހޫ ގެ އެމެރިކާ ދަތުރުފުޅުގައި އިސްކަންދެއްވާނީ އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާ މެދު އިޒްރޭލުން ދެކޭ ގޮތް ހާމަ ކުރަން
10 ފެބުރުއަރީ 2026

އީރާނުގެ އިސް ސެކިއުރިޓީ އޮފިޝަލް އޮމާން އަށް ވަޑައިގެންފި

10 ފެބުރުއަރީ 2026
އީރާނުގެ އިސް ސެކިއުރިޓީ އޮފިޝަލް އޮމާން އަށް ވަޑައިގެންފި
10 ފެބުރުއަރީ 2026

ނަތަންޔާހޫ އެމެރިކާ އަށް ކުރައްވާ ދަތުރުގެ ސަބަބުން ޑިޕްލޮމެޓިކް މަސައްކަތްތަކަށް "ނޭދެވޭ" ނުފޫޒުތަކެއް ފޯރަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

10 ފެބުރުއަރީ 2026
ނަތަންޔާހޫ އެމެރިކާ އަށް ކުރައްވާ ދަތުރުގެ ސަބަބުން ޑިޕްލޮމެޓިކް މަސައްކަތްތަކަށް "ނޭދެވޭ" ނުފޫޒުތަކެއް ފޯރަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި
09 ފެބުރުއަރީ 2026

އީރާނުން އެމެރިކާގެ ފިއްތުންތަކަށް ދޫނުދޭނެ: އީރާނުގެ އަސްކަރީ ތަރުޖަމާނު

09 ފެބުރުއަރީ 2026
އީރާނުން އެމެރިކާގެ ފިއްތުންތަކަށް ދޫނުދޭނެ: އީރާނުގެ އަސްކަރީ ތަރުޖަމާނު
09 ފެބުރުއަރީ 2026

އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ ބާރު ދަށްކުރަން ތައްޔާރު، ދަތިތައް އުވާލަންޖެހޭ

09 ފެބުރުއަރީ 2026
އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ ބާރު ދަށްކުރަން ތައްޔާރު، ދަތިތައް އުވާލަންޖެހޭ
08 ފެބުރުއަރީ 2026

އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ

08 ފެބުރުއަރީ 2026
އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ
08 ފެބުރުއަރީ 2026

އީރާންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވަނީ

08 ފެބުރުއަރީ 2026
އީރާންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވަނީ
07 ފެބުރުއަރީ 2026

މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

07 ފެބުރުއަރީ 2026
މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް