Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ޓްރަމްޕް: މެދުއިރުމައްޗަށް ދެވަނަ އެއަރކްރާފްޓް ކެރިއަރެއް ފޮނުވުން މިދަނީ ވިސްނަމުން

11 ފެބުރުއަރީ 2026 | ބުދަ 08:08

އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވުމަށްޓަކައި އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމަށް ތައްޔާރަށް އޮތް ކަމުގެ އިންޒާރު ރައީސް ޓްރަމްޕް ދެއްވައިފި. ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާއިރު، ޑިޕްލޮމެޓިކް މަގުން ހައްލެއް ނުލިބިއްޖެ ނަމަ މީގެ ކުރިން ދިން ފަދަ ވަރުގަދަ ހަމަލާތަކެއް ދޭން ޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވި.

ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 08:08
ޢަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދާ ޔޫއެސްއެސް އަބްރަހަމް ލިންކަން ކެރިއަރ ސްޓްރައިކް ގްރޫޕްގެ މަންޒަރެއް - ފެބްރުއަރީ 6، 2026.

ޢަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދާ ޔޫއެސްއެސް އަބްރަހަމް ލިންކަން ކެރިއަރ ސްޓްރައިކް ގްރޫޕްގެ މަންޒަރެއް - ފެބްރުއަރީ 6، 2026. | ސޯޝަލް މީޑިއާ

އީރާނާއެކު އޮތް ނުތަނަވަސްކަމާ ގުޅިގެން، އެމެރިކާގެ ދެވަނަ އެއަރކްރާފްޓް ކެރިއަރަކާއި އިތުރު އަސްކަރީ ވަސީލަތްތައް މެދުއިރުމައްޗަށް ފޮނުވުމާ މެދު ވިސްނަވަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު އިޒްރޭލުގެ މީޑިއާތަކަށް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އަސްކަރީ ކުރިމަތިލުމަކަށް ދިއުމުގެ ބަދަލުގައި އެއްބަސްވުމަކަށް އައުމަށް ދެ ފަރާތުން ވެސް ބޭނުންވާ ކަމަށެވެ. އަދި އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން އޭނާ ވަނީ އަނެއްކާވެސް ތަކުރާރު ކުރައްވާފަ އެވެ.

މީގެ އިތުރުން، މިދިޔަ ހޫނު މޫސުމުގައި އީރާނުގެ ބިމުގެ އަޑީގައި ހުރި ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާ އިން ދިން ހަމަލާތަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން ފިޔަވަޅު އަޅާނެ މިންވަރާ މެދު އީރާނުން އޭރު އޮތީ ގޯސްކޮށް އަންދާޒާކޮށްފައި ކަމަށެވެ.

އިސްރާއީލުގެ "ޗެނަލް 12" އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، "މިދިޔަ ފަހަރު އަޅުގަނޑު އެކަން (ހަމަލާދިނުން) ކޮށްފާނެ ކަމަކަށް އެމީހުން ގަބޫލެއް ނުކުރޭ. އެމީހުންނަށް އޭރު އަމަލުކުރެވުނީ އަތުގައި އޮތް ބާރަށް ވުރެ މާ ބޮޑު ބާރެއް އޮތް ކަމަށް ހީކޮށްގެން،" ކަމަށެވެ.

އެމެރިކާއިން އީރާނަށް އެ ހަމަލާތައް ދީފައިވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ނުސީދާ މަޝްވަރާތަކެއް ކުރިއަށްދަނިކޮށެވެ. ނަމަވެސް މިހާރު ކުރިއަށްދާ މަޝްވަރާތައް "ވަރަށް ތަފާތު" ކަމަށާއި، އީރާނުން މިހާރު އެއްބަސްވުމަކަށް އައުމަށް ބޭނުންވާ މިންވަރު ބޮޑުކަން ޓްރަމްޕް ފާހަގަކުރެއްވި އެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ އީރާނުން އެއްބަސްވުމަކަށް އައުމަށް "ވަރަށް ބޮޑަށް" ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް، ޑިޕްލޮމެޓިކް މަގުން ކަންކަން ހައްލު ނުވެއްޖެ ނަމަ، ފިޔަވަޅު އެޅުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

މިކަމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑުމެން އެއްބަސްވުމަކަށް އަންނާނަން، ނޫނީ މިދިޔަ ފަހަރެކޭ އެއްގޮތަށް ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ،" ކަމަށެވެ.

އަދި އަސްކަރީ ގޮތުން ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ސަރަހައްދަށް އެމެރިކާގެ ދެވަނަ އެއަރކްރާފްޓް ކެރިއަރެއް ފޮނުވުމާ މެދު ވިސްނަވަމުން ގެންދަވާކަން ވެސް ރައީސް ޓްރަމްޕް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްނިއުކްލިއާ ހަތިޔާރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2026

ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިމަތިކުރާ "އިންސާފެއް ނެތް ބޮޑެތި ޑިމާންޑްތަކަށް" އީރާނުން ދޫނުދޭނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

11 ފެބުރުއަރީ 2026
ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިމަތިކުރާ "އިންސާފެއް ނެތް ބޮޑެތި ޑިމާންޑްތަކަށް" އީރާނުން ދޫނުދޭނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ
11 ފެބުރުއަރީ 2026

ޓްރަމްޕް: އިރާނުން އެމެރިކާ އާ އެކު އެއްބަސްވުމަކަށް ނައުމަކީ ވަރަށް ބޮޑު މޮޔަކަމެއް

11 ފެބުރުއަރީ 2026
ޓްރަމްޕް: އިރާނުން އެމެރިކާ އާ އެކު އެއްބަސްވުމަކަށް ނައުމަކީ ވަރަށް ބޮޑު މޮޔަކަމެއް
10 ފެބުރުއަރީ 2026

ނަތަންޔާހޫ ގެ އެމެރިކާ ދަތުރުފުޅުގައި އިސްކަންދެއްވާނީ އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާ މެދު އިޒްރޭލުން ދެކޭ ގޮތް ހާމަ ކުރަން

10 ފެބުރުއަރީ 2026
ނަތަންޔާހޫ ގެ އެމެރިކާ ދަތުރުފުޅުގައި އިސްކަންދެއްވާނީ އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާ މެދު އިޒްރޭލުން ދެކޭ ގޮތް ހާމަ ކުރަން
10 ފެބުރުއަރީ 2026

އީރާނުގެ އިސް ސެކިއުރިޓީ އޮފިޝަލް އޮމާން އަށް ވަޑައިގެންފި

10 ފެބުރުއަރީ 2026
އީރާނުގެ އިސް ސެކިއުރިޓީ އޮފިޝަލް އޮމާން އަށް ވަޑައިގެންފި
10 ފެބުރުއަރީ 2026

އެމެރިކާ-ކެނެޑާ ބްރިޖް ހުޅުވުން ހުއްޓާލަން އަންގައި، ޓްރަމްޕްގެ އިންޒާރެއް

10 ފެބުރުއަރީ 2026
އެމެރިކާ-ކެނެޑާ ބްރިޖް ހުޅުވުން ހުއްޓާލަން އަންގައި، ޓްރަމްޕްގެ އިންޒާރެއް
09 ފެބުރުއަރީ 2026

އީރާނުން އެމެރިކާގެ ފިއްތުންތަކަށް ދޫނުދޭނެ: އީރާނުގެ އަސްކަރީ ތަރުޖަމާނު

09 ފެބުރުއަރީ 2026
އީރާނުން އެމެރިކާގެ ފިއްތުންތަކަށް ދޫނުދޭނެ: އީރާނުގެ އަސްކަރީ ތަރުޖަމާނު
09 ފެބުރުއަރީ 2026

އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ ބާރު ދަށްކުރަން ތައްޔާރު، ދަތިތައް އުވާލަންޖެހޭ

09 ފެބުރުއަރީ 2026
އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ ބާރު ދަށްކުރަން ތައްޔާރު، ދަތިތައް އުވާލަންޖެހޭ
09 ފެބުރުއަރީ 2026

ހަމާސް ގެ ލީޑަރު: ހަތިޔާރު ބަހައްޓަން އެއްބަހެއް ނުވާނަން، ބޭރުގެ ބާރުތަކަކަށް ޣައްޒާ ނުހިންގޭނެ

09 ފެބުރުއަރީ 2026
ހަމާސް ގެ ލީޑަރު: ހަތިޔާރު ބަހައްޓަން އެއްބަހެއް ނުވާނަން، ބޭރުގެ ބާރުތަކަކަށް ޣައްޒާ ނުހިންގޭނެ
09 ފެބުރުއަރީ 2026

ޓްރަމްޕް މައާފަށް ނޭދުނު، ވިދާޅުވީ އޮބާމާގެ މަންޒަރު ވީޑިއޯގައި ހިމަނާފައި ހުރި ކަމެއް ނޭނގޭ ކަމަށް

09 ފެބުރުއަރީ 2026
ޓްރަމްޕް މައާފަށް ނޭދުނު، ވިދާޅުވީ އޮބާމާގެ މަންޒަރު ވީޑިއޯގައި ހިމަނާފައި ހުރި ކަމެއް ނޭނގޭ ކަމަށް
08 ފެބުރުއަރީ 2026

އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ

08 ފެބުރުއަރީ 2026
އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް