Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާ އަށް ކުރިމަތިވި ބާރުގަދަ ފިނީގެ ތޫފާނެއްގެ ސަބަބުން 160،000 އަށްވުރެ ގިނަ ގޭބިސީން ކަރަންޓުގެ ހިދުމަތް މެދުކެނޑި، އެތައް ހާސް ފްލައިޓްތަކެއް ކެންސަލްކުރަން ޖެހިއްޖެ

ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ ވިދާޅުވީ، ކުރިއަށް އޮތީ އިންތިހާ އަށް ފިނިގަދަ ދުވަސްތަކެއް ކަމަށާއި، އެހެންކަމުން ކާބޯތަކެއްޗާއި ތެޔޮ ފަދަ ޒަރޫރީ ތަކެތި އެއްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށް.

ރާއްޖެ އެމްވީ | 25 ޖެނުއަރީ 2026 | އާދީއްތަ 08:01
ފިނި މޫސުމުގެ ތޫފާނުގެ ސަބަބުން އެތައް ހާސް ގެ ތަކުން ކަރަންޓުު ކެނޑި އެތައް ހާސް ފްލައިޓްތަކެއް އެމެރިކާގައި ވަނީ ކެންސަލް ކޮށްފައި.

ފިނި މޫސުމުގެ ތޫފާނުގެ ސަބަބުން އެތައް ހާސް ގެ ތަކުން ކަރަންޓުު ކެނޑި އެތައް ހާސް ފްލައިޓްތަކެއް އެމެރިކާގައި ވަނީ ކެންސަލް ކޮށްފައި. | އެކްސް

އެމެރިކާ އަށް ކުރިމަތިވި ބާރުގަދަ ފިނީގެ ތޫފާނެއްގެ ސަބަބުން 160،000 އަށްވުރެ ގިނަ ގޭބިސީން ކަރަންޓުގެ ހިދުމަތް މެދުކެނޑި، އެތައް ހާސް ފްލައިޓްތަކެއް ކެންސަލްކުރަން ޖެހިއްޖެއެވެ.

އެމެރިކާގެ ހުޅަނގުން ޓެކްސަަސްއާ ހަމައަށް ފެތުރިފައިވާ މި ނުރައްކާތެރި ތޫފާނުގެ ސަބަބުން، ހޮނިހިރު ދުވަހު އެކަނިވެސް 4،000 އަށްވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. އަދި މި ތޫފާނުގެ ސަބަބުން އެމެރިކާގެ އިރުމަތީގެ ސްޓޭޓްތަކަށް ބޯކޮށް ސްނޯ ފައިބައި، އެ ސަރަހައްދުތަކުގެ ދަތުރުފަތުރުގެ ނިޒާމު މުޅިން ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

މޫސުމާ ބެހޭ މާހިރުން ލަފާކުރާ ގޮތުގައި، ގަނޑުފެނާއި، ސްނޯ އަދި އިންތިހާއަށް ފިނިގަދަ ވަޔާއެކު މި ތޫފާން އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެމެރިކާގެ ބޮޑު ބަޔަކަށް ފެތުރިގެންދާނެ އެވެ.

މި ތޫފާނަކީ "ތާރީޚީ" ހާދިސާއެއްގެ ގޮތުގައި ސިފަކުރައްވައި، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސައުތު ކެރޮލައިނާ، ވާޖިނިއާ، ޓެނެސީ، ޖޯޖިއާ، ނޯތު ކެރޮލައިނާ، މޭރީލޭންޑް، އާކަންސަސް، ކެންޓަކީ، ލޫސިއާނާ، މިސިސިޕީ، އިންޑިއާނާ އަދި ވެސްޓް ވާޖިނިއާ ހިމެނޭހެން ގިނަ ސްޓޭޓްތަކެއްގައި ފެޑަރަލް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރައްވާފަ އެވެ.

"އަޅުގަނޑުމެން ދަނީ މޫސުމަށް ވަރަށް ގާތުން ފާރަވެރިވަމުން. އަދި ތޫފާނުގެ އަސަރު ފޯރާނެ ކަމަށް ބެލެވޭ ހުރިހާ ސްޓޭޓްތަކަކާ ގުޅުން ދަމަހައްޓަމުން ދާނަން. ހުރިހާ ރައްޔިތުންވެސް ރައްކާތެރިކަމާއެކު ތިއްބެވުމަށް އިލްތިމާސްކުރަން،" ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް' އެކައުންޓުގައި ލިޔުއްވާފައިވެ އެވެ.

ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީ.އެޗް.އެސް) އިން ހާމަކުރި ގޮތުގައި، 17 ސްޓޭޓަކާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގައި މިހާރު ވަނީ މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފަ އެވެ. ޑީ.އެޗް.އެސްގެ ސެކްރެޓަރީ ކްރިސްޓީ ނޯއެމް ވިދާޅުވީ، ދެކުނުގެ ސްޓޭޓްތަކުން އެތައް ހާސް ބައެއްގެ ކަރަންޓު ކެނޑިފައިވާ ކަމަށާއި، ވީ އެންމެ އަވަހަކަށް ކަރަންޓު އިއާދަކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށެވެ.

ޕަވަރއައުޓޭޖް.ކޮމް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ރޭގަނޑާ ހަމައަށް 160،000 އަށްވުރެ ގިނަ ކަސްޓަމަރުންގެ ކަރަންޓު ކެނޑިފައިވާއިރު، އޭގެ ތެރޭގައި ގިނައީ ލޫސިއާނާ އަދި ޓެކްސަސްގެ ރައްޔިތުންނެވެ. ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ޑޭޓާ ސެންޓަރުތަކާއި ބޮޑެތި މަރުކަޒުތަކުގައި ހުރި ބެކަޕް ޖެނެރޭޓަރުތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން މިހާރު ވަނީ ދީފަ އެވެ.

އެމެރިކާގެ ނޭޝަނަލް ވެދަރ ސާވިސް އިން އިންޒާރު ދީފައިވާ ގޮތުގައި، މިއީ އާދަޔާ ހިލާފަށް ދިގުލައިގެންދާނެ ތޫފާނެކެވެ. މީގެ ސަބަބުން ދެކުނު އިރުމަތީގެ ސަރަހައްދުތަކަށް ބޯކޮށް ގަނޑުފެން ފައިބައި، އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ އެވެ.

ފްލައިޓްތަކުގެ މައުލޫމާތު ހާމަކުރާ 'ފްލައިޓްއެވެއަރ' އިން ބުނާ ގޮތުގައި، ހޮނިހިރު ދުވަހު ކެންސަލްކުރި 4،000 އެއްހާ ފްލައިޓްގެ އިތުރުން، އާދިއްތަ ދުވަހަށް ތާވަލުކުރި 9،400 އަށްވުރެ ގިނަ ފްލައިޓް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އެއާލައިންތަކުން ވަނީ ދަތުރުވެރިން މޫސުމަށް ސަމާލުވުމަށާއި، ފްލައިޓްތަކަށް އަތުވެދާނެ ބަދަލުތަކަށް ތައްޔާރުވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ.

ޑެލްޓާ އެއާލައިންސް، ޖެޓްބްލޫ އަދި ޔުނައިޓެޑް އެއާލައިންސް ފަދަ ބޮޑެތި ކުންފުނިތަކުން ދަނީ މޫސުން ގޯސް ސަރަހައްދުތަކުގެ ފްލައިޓްތައް ކެންސަލްކޮށް، ބޯޓުތަކުގައި ގަނޑުފެން ވިރުވުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިތުރު މުވައްޒަފުން ނެރެމުންނެވެ.

ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ ނޯއެމް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތީ އިންތިހާ އަށް ފިނިގަދަ ދުވަސްތަކެއް ކަމަށާއި، އެހެންކަމުން ކާބޯތަކެއްޗާއި ތެޔޮ ފަދަ ޒަރޫރީ ތަކެތި އެއްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.

އެމެރިކާފިނި މޫސުމްފިނީގެ ތޫފާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވެނެޒުއޭލާ އިން އަތުލައިގަތް ތެޔޮ ޓޭންކަރު ތަކުން އެމެރިކާ އިން ތެޔޮ ނަގައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއޭލާ އިން އަތުލައިގަތް ތެޔޮ ޓޭންކަރު ތަކުން އެމެރިކާ އިން ތެޔޮ ނަގައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

24 ޖެނުއަރީ 2026
އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި

އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި

24 ޖެނުއަރީ 2026
އިޒްރޭލުން ބަލަނީ އީރާން އަށް ހަމަލާ ދޭނެ ފުރުސަތަކަށް: ތުރުކީގެ ފޮރިން މިނިސްޓަރު

އިޒްރޭލުން ބަލަނީ އީރާން އަށް ހަމަލާ ދޭނެ ފުރުސަތަކަށް: ތުރުކީގެ ފޮރިން މިނިސްޓަރު

24 ޖެނުއަރީ 2026
ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް

ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް

20 ޖެނުއަރީ 2026
ޣައްޒާ ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިޒްރޭލުން ތަކުރާރުކޮށް ޚިލާފުވަމުން ދަނިކޮށް އެމެރިކާ އިން އިތުރު އެފް-35 މަތިންދާބޯޓުތަކެއް އިޒްރޭލަށް ފޯރުކޮށްދީފި

ޣައްޒާ ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިޒްރޭލުން ތަކުރާރުކޮށް ޚިލާފުވަމުން ދަނިކޮށް އެމެރިކާ އިން އިތުރު އެފް-35 މަތިންދާބޯޓުތަކެއް އިޒްރޭލަށް ފޯރުކޮށްދީފި

19 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު