Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެޕްސްޓީން ފައިލްސް

އެޕްސްޓީންއާ އޮތް ގުޅުމުގެ މައްސަލާގައި ނޯވޭގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފި

އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅުން ބޭއްވި ކަމުގެ ތުހުމަތުގައި ނޯވޭގެ ކުރީގެ ބޮޑުވަޒީރު ތޯބްޔޯން ޔަގްލޭންޑްގެ މައްޗަށް ކޮރަޕްޝަންގެ ތަހުގީގެއް ފަށައި، އޭނާގެ ޑިޕްލޮމެޓިކް އިމްތިޔާޒުތައް ވަނީ އުނިކޮށްފައި. އެޕްސްޓީންގެ ޚަރަދުގައި ދަތުރުތައް ކުރި ކަމަށް ބުނާ މި މައްސަލައިގައި ޔަގްލޭންޑްގެ ގެތައް ބަލައި ފާސްކޮށްފައިވާއިރު، އޭނާ ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވާފައި. މި ފަޟީހަތުގެ ތެރޭގައި ނޯވޭގެ ޝާހީ އާއިލާގެ ބޭފުޅުންނާއި އިސް ޑިޕްލޮމެޓުންގެ ނަންތައް ވެސް ހިމެނޭތީ އެ ގައުމުގެ ސިޔާސީ މަސްރަހު ވަނީ ހޫނުވެފައި.

ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2026 | ބުރާސްފަތި 18:42
ތޯބްޔޯން ޔަގްލަންޑްގެ ގާނޫނީ ވަކީލު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އޭނާގެ މައްޗަށް ކުރެވޭ ޖިނާއީ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވާ. އަދި މި މައްސަލައިގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށްވެސް ވަކީލު ވިދާޅުވެފައިވޭ.

ތޯބްޔޯން ޔަގްލަންޑްގެ ގާނޫނީ ވަކީލު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އޭނާގެ މައްޗަށް ކުރެވޭ ޖިނާއީ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވާ. އަދި މި މައްސަލައިގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށްވެސް ވަކީލު ވިދާޅުވެފައިވޭ. | ގެޓީ އިމޭޖަސް

ނޯވޭގެ ކުރީގެ ބޮޑުވަޒީރު ތޯބްޔޯން ޔަގްލޭންޑް، އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ އޮތް ގުޅުންތަކާ ގުޅިގެން އޭނާގެ މައްޗަށް "ބޮޑު ކޮރަޕްޝަން"ގެ ދައުވާއެއް އުފުލާފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ޔަގްލޭންޑްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ، އޭނާ ކުރިން އަދާކުރެއްވި ޑިޕްލޮމެޓިކް މަގާމުގެ ސަބަބުން ލިބިވަޑައިގެންފައިވާ އިމްތިޔާޒުތައް ކައުންސިލް އޮފް ޔޫރަޕުން އުނިކުރުމާ ގުޅިގެންނެވެ. ޔަގްލޭންޑްގެ ވަކީލު ވިދާޅުވީ، އޭނާގެ މައްޗަށް ކުރެވޭ ޖިނާއީ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށާއި، ތަހުގީގަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

އެމެރިކާ ސަރުކާރުން އާންމުކޮށްފައިވާ އީމެއިލްތަކުން އެނގޭ ގޮތުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ ބިލިއަނަރު އެޕްސްޓީންގެ ޕެރިސް، ނިއު ޔޯކް އަދި ޕާމް ބީޗްގައި ހުންނަ ގެތަކަށް ޒިޔާރަތްކުރުމަށް ޔަގްލޭންޑް އަމިއްލަގޮތުންނާއި އާއިލާއާއެކު ރާވާފައިވެ އެވެ.

ނޯވޭގެ ކުށްތަކާ ބެހޭ ޚާއްސަ ޔުނިޓް "އޮކޯކްރިމް" އިން ޔަގްލޭންޑްގެ ތިން ޕްރޮޕަޓީ އެއް ބަލައި ފާސްކޮށްފައިވާއިރު، އޭނާއާ ސުވާލުކުރާނެ ކަމަށް ބެލެވެ އެވެ.

ޔަގްލޭންޑަކީ 1996 އިން 1997 އަށް ނޯވޭގެ ބޮޑުވަޒީރުކަން ކުރެއްވުމުގެ އިތުރުން، ނޯވޭގެ ނޯބެލް ކޮމިޓީގެ ރައީސްކަމާއި، ކައުންސިލް އޮފް ޔޫރަޕްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު 10 އަހަރު ދުވަހު ފުރުއްވާފައިވާ ބޭފުޅެކެވެ.

ޔޫރަޕްގެ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާ ބެހޭ މުއައްސަސާ ކަމަށްވާ ކައުންސިލް އޮފް ޔޫރަޕްގެ އިސްވެރިޔާގެ ގޮތުގައި 2009 އިން 2019 އަށް ހުންނެވި ދުވަސްވަރު ހިނގާފައިވާ ކަންކަމާ ގުޅިގެން އޭނާއަށް ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިވަޑައިގެންފައިވެ އެވެ.

އޮކޯކްރިމް އިން ޔަގްލޭންޑްގެ އިމްތިޔާޒު އުނިކޮށްދިނުމަށް އެދުނީ، 2011 އާއި 2018 އާ ދެމެދު އޭނާ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ބޮޑު ކޮރަޕްޝަންގެ މައްސަލަތަކެއް މި މަހުގެ ކުރީކޮޅު ތަހުގީގު ކުރަން ފެށުމަށްފަހު އެވެ.

"އެޕްސްޓީން ފައިލްސް" ގެ ނަމުން މަޝްހޫރުވެފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މަރުވެފައިވާ މަހުޖަނު އެޕްސްޓީން ވަނީ ޔަގްލޭންޑާއި އޭނާގެ އާއިލާގެ ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސައިދީފަ އެވެ.

ނޯވޭގެ ކުރީގެ މި ލީޑަރު 2014 ވަނަ އަހަރު ކެރީބިއަން އައިލެންޑްސް ގައި އޮންނަ އެޕްސްޓީންގެ އަމިއްލަ ރަށަކަށް އާއިލީ ދަތުރެއް ރޭވި ނަމަވެސް، އެޕްސްޓީން ބަލިވުމުގެ ސަބަބުން އެ ދަތުރު ވަނީ ކެންސަލްކޮށްފަ އެވެ.

މީގެ އިތުރުން، ބޭންކް ލޯނެއް ހޯދުމަށް ޔަގްލޭންޑް އެޕްސްޓީންގެ އެހީތެރިކަމަށް އެދުނު ކަމުގެ ތުހުމަތުތަކެއް ވެސް ކުރެވިފައިވާ ކަމަށް ނޯވޭގެ ބްރޯޑްކާސްޓަރު އެން.އާރު.ކޭ އިން ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް މިކަން ކާމިޔާބުވި ކަމެއް ސާފެއް ނޫނެވެ. އަދި މި ތުހުމަތަކީ ކޮރަޕްޝަންގެ ދައުވާގެ ބައެއް ކަމެއް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީ.އޯ.ޖޭ) އިން އާންމުކޮށްފައިވާ އެޕްސްޓީން ފައިލްތަކުގައި ނަން އޮތުމަކީ އޭގެ ޒާތުގައި ކުށެއް ކުރިކަމުގެ ހެއްކެއް ނޫނެވެ.

އޮސްލޯގައި ހުންނަ ޔަގްލޭންޑްގެ ގޭގެ އިތުރުން ރިސޯ އާއި ރައުލަންޑްގައި ހުންނަ އޭނާގެ ދެ ގެއެއް އޮކޯކްރިމް އިން ބަލައި ފާސްކޮށްފައިވާކަން ކަށަވަރުކޮށްދީފައިވާއިރު، ބުރާސްފަތި ދުވަހު ޔަގްލޭންޑް އޭނާގެ ވަކީލާއެކު ގެއިން ނުކުމެގެންދަނިކޮށް ވަނީ ފެނިފަ އެވެ.

ޖިންސީ ވަގުފާރީގެ ތުހުމަތުގައި ޝަރީއަތައް އިންތިޒާރުކުރަނިކޮށް 2019 ވަނަ އަހަރު މަރުވި އެޕްސްޓީންގެ މިލިއަނަކަށްވުރެ ގިނަ އީމެއިލްތަކާއި، ފޮޓޯތަކާއި އެފް.ބީ.އައި ރިޕޯޓްތައް ހިމެނޭ ފައިލްތަކުގެ ފަހުގެ ބައި އެމެރިކާގެ ޑީ.އޯ.ޖޭ އިން މިދިޔަ މަހު އާންމުކުރުމާއެކު، ސިޔާސީ ބޭފުޅުންނާއި، މަޝްހޫރު ފަންނާނުންނާއި ޝާހީ އާއިލާތަކުގެ ބޭފުޅުންނަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފަ އެވެ.

ނޯވޭގެ ބައެއް އިސް ބޭފުޅުންގެ ނަންތައް ވެސް މި ފަޟީހަތުގެ ތެރެއަށް ވަނީ ވަދެފަ އެވެ. އޭގެ ތެރޭގައި ކްރައުން ޕްރިންސަސް މެޓޭ-މާރިޓް، ޑިޕްލޮމެޓުން ކަމަށްވާ މޯނާ ޖޫލް އާއި ޓާޖޭ ރޮޑް-ލާސަން، އަދި ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއު.އީ.އެފް) ގެ ޗީފް އެގްޒެކެޓިވް ބޯޖް ބްރެންޑޭ ހިމެނެ އެވެ.

އެޕްސްޓީން އާ އެކު ތިން އަހަރު ވަންދެން މެސެޖު ބަދަލުކުރިކަން ހާމަވުމާ ގުޅިގެން، މެޓޭ-މާރިޓް ވަނީ އެ ގުޅުމަށްޓަކައި ނޯވޭގެ ރައްޔިތުންގެ ކިބައިން ނުހަނު އިޚްލާޞްތެރިކަމާއެކު މާފަށް އެދިވަޑައިގެންފަ އެވެ.

މޯނާ ޖޫލް އާއި އޭނާގެ ފިރިކަލުން ޓާޖޭ ރޮޑް-ލާސަންގެ މައްޗަށް ކުރެވިފައިވާ "ބޮޑު ކޮރަޕްޝަން"ގެ ތުހުމަތުގައި އޮކޯކްރިމް އިން ދަނީ ތަހުގީގު ހިންގަމުންނެވެ. ނޯވޭގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޕްސްޓީން މަރުވުމުގެ ދުވަސްކޮޅެއް ކުރިން ސޮއިކުރި ކަމަށް ބުނާ ވަސިއްޔަތެއްގައި، ޖޫލްގެ ކޮންމެ ދަރިއަކަށް 5 މިލިއަން ޑޮލަރު ދިނުމަށް ލިޔެފައިވެ އެވެ.

ޖޫލްގެ ވަކީލު ވިދާޅުވީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ގަބޫލުނުކުރާ ކަމަށެވެ. އަދި ރޮޑް-ލާސަންގެ ވަކީލު ވިދާޅުވީ، މި ތަހުގީގުގެ ތެރެއިން ޖިނާއީ އެއްވެސް ކުށެއް ނެތްކަން ސާފުވެގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

ނޯވޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ބްރެންޑޭ، އެޕްސްޓީންއާ ބޭއްވި ގުޅުންތަކާ ގުޅިގެން ޑަބްލިއު.އީ.އެފް އިން ވަނީ މިނިވަން މުއައްސަސާއަކުން އެ މައްސަލަ ރިވިއުކުރުމަށް އަމުރުކޮށްފަ އެވެ.

ބްރެންޑޭ ވަނީ 2018 އާއި 2019 ވަނަ އަހަރު އެޕްސްޓީންއާއެކު ތިން ފަހަރެއްގެ މަތިން ޖާފަތްތަކުގައި ބައިވެރިވި ކަމަށާއި، އީމެއިލް އާއި މެސެޖުން މުއާމަލާތް ކުރި ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެޕްސްޓީންގެ ކުށުގެ ރެކޯޑާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑަބްލިއު.އީ.އެފް އިން މި މައްސަލަ ރިވިއުކުރަން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތޯބްޔޯން ޔަގްލޭންޑްޖެފްރީ އެޕްސްޓީންނޯވޭޔޫރަޕް ކައުންސިލްމޯނާ ޖޫލްކްރައުން ޕްރިންސަސް މެޓޭ-މާރިޓްއެޕްސްޓީން ފައިލްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ވަހީދު އެޕްސްޓީން އަށް ހުށަހެޅުއްވި ފުއްގިރި، ފަހުން ބިޑަކާ ނުލައި މި ރަށް ބަޔަކަށް ދިން މައްސަލަ ރައީސް ޔާމީން އަށް ވެސް ކުރިމަތިވި!

ރައީސް ވަހީދު އެޕްސްޓީން އަށް ހުށަހެޅުއްވި ފުއްގިރި، ފަހުން ބިޑަކާ ނުލައި މި ރަށް ބަޔަކަށް ދިން މައްސަލަ ރައީސް ޔާމީން އަށް ވެސް ކުރިމަތިވި!

11 ފެބުރުއަރީ 2026
ސްޓާމާގެ ހޫނު ރައްދެއް: މި ހުރީ ފަސް އަހަރަށް، އިސްތިއުފާ ނުދޭނަން

ސްޓާމާގެ ހޫނު ރައްދެއް: މި ހުރީ ފަސް އަހަރަށް، އިސްތިއުފާ ނުދޭނަން

11 ފެބުރުއަރީ 2026
ވެރިކަން ހޯދަން 14 އަހަރު ނެގި، ބޮޑު ވަޒީރު އިސްތިއުފާ ދޭކަށް ނުޖެހޭ: ބޮޑު ވަޒީރުގެ ނައިބު

ވެރިކަން ހޯދަން 14 އަހަރު ނެގި، ބޮޑު ވަޒީރު އިސްތިއުފާ ދޭކަށް ނުޖެހޭ: ބޮޑު ވަޒީރުގެ ނައިބު

10 ފެބުރުއަރީ 2026
އެންމެ ފަހުން ބޮޑު ވަޒީރު ސްޓާމާގެ ދިފާއުގައި ހުރިހާ ވަޒީރުން ނިކުންނަވައިފި

އެންމެ ފަހުން ބޮޑު ވަޒީރު ސްޓާމާގެ ދިފާއުގައި ހުރިހާ ވަޒީރުން ނިކުންނަވައިފި

10 ފެބުރުއަރީ 2026
އެޕްސްޓީންގެ ޝިކާރަކަށްވީ މީހުންނަަށް ހަމްދަރުދީވާ ކަމަށް ވިލިއަމް އާއި ކެތަރިން ވިދާޅުވެއްޖެ

އެޕްސްޓީންގެ ޝިކާރަކަށްވީ މީހުންނަަށް ހަމްދަރުދީވާ ކަމަށް ވިލިއަމް އާއި ކެތަރިން ވިދާޅުވެއްޖެ

10 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު