Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނ.ކެނދިކުޅުދޫ

ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ

ނ. ކެނދިކުޅުދޫގެ 8 މަގެއްގައި ތާރުއެޅުމަށް 90.8 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކުރި މަޝްރޫއު ކުރިއަށްދާ ދުވެލި ލަސްވުމުގެ ސަބަބުން އެ ރަށު ކައުންސިލުން ބޮޑު ކަންބޮޑުވުން ފާޅުކުރޭ. މިހާރު މަސައްކަތް ކުރިއަށްދާ ރޭޓުން ހަމައެކަނި ގާ އެޅުމުގެ މަސައްކަތް ނިންމަން ވެސް ދެ އަހަރު ދުވަސް ނަގާނެ ކަމަށް ކައުންސިލުން ލަފާކުރޭ. ގައު ތަކެއް ބަލަހައްޓަން 10 ސެކިއުރިޓީ އޮފިސަރުން ބައިތިއްބާފައި ތިބޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2026 | އާދީއްތަ 13:52
ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ކުރާ އާރްޑީސީގެ ސައިޓު.

ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ކުރާ އާރްޑީސީގެ ސައިޓު. | ރާއްޖެ އެމްވީ

ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރު ފެށި ކަމަށާއި، އެ މަސައްކަތް މިހާރު ވެސް އޮތީ ހުއްޓިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި ވަނީ އެޕްރިލް 2024ގަ އެވެ. އަދި ޖުލައި 2025ގައި އަނެއްކާވެސް އެ މަސައްކަތް ވަނީ ފަށާފަ އެވެ.

އެ ރަށު ކައުންސިލް ގެ ރައީސް މުހައްމަދު ޝާހިދު ރާއްޖެޓީވީ އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެންމެ ފުރަތަމަ އެ މަސައްކަތް ފެށީ މަޖިލިސް އިންތިޚާބާއި ދިމާކޮށް، އިންޑޯ ހޯލެއްގައި ކަމަށެވެ. އަދި ދެ ވަނަ ފަހަރު މަސައްކަތް ފަށަން ދެއްކި މަންޒަރުގެ ތެރޭގައި ހެދި ކާނެއް މިހާރު ވެސް މަގުގައި ވަޅުލާފައި އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތަނުގެ އަޑީގައި ވެއްޖެ ކާނެއް ވަޅުލާފަ. އެއީ ދެ ވަނަ ފަހަރު މަސައްކަތް ފަށަން ސީދާ މަގުގެ މަސައްކަތް ކުރިއަށް ދާ ތަނުގެ މަސައްކަތް އާރްޑީސީ އިން މަސައްކަތް ކޮށް، ފަށަން އުޅުނު ތަނުގައި ކާނެއް ހެދީ،" އޭނާ ވިދާޅުވި އެވެ.

އާރްޑީސީ މަސައްކަތް ކުރާ ސައިޓަށް ރާއްޖެ ޓީވީ އިން ގޮސް ބެލި ބެލުމުން  އެއް ހެކްޓަރުގެ  ބޮޑު ސަރަހައްދެއް ސައިޓުގެ ގޮތުގައި ކައުންސިލުން އާރްޑީސީ އަސް ހަމަޖައްސާދީފައިވާކަން ފާހަގަވި އެވެ. އެއީ ކެނދިކުޅު އަވަށުގެ ބޯޅަ ދަނޑު އޮތް ސަރަހައްދެވެ.  އެ ތަނުގައި މަގު ހެދުމަށް ބޭނުންވާ ގާތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވީ ނަމަވެސް މިހާރު ވެސް މަސައްކަތް އޮތީ ހުއްޓިފަ އެވެ. 

"އަނެއްކާ ވެސް ތަކެތި ނެތިގެން ހުއްޓިފައި އޮތް ކަމަށް މައުލޫމާތު ލިބެނީ. ކާބް ސްޓޯން 15 ތައްގަނޑު ސައިޓުގައި އިންނަނީ. ދުވާލަކަށް އެޅެނީ 15 ގައު. 9،000 ގައު ބޭނުންވާނެ ކަމަށް ލަފާ ކުރެވޭ. މި ރޭޓުން ހުއްޓާ ނުލާ ގާ އެޅިޔަސް 2 އަހަރު ދުވަހުން ގައު އަޅާ ނިމޭނީ. ދައުރު މި އޮތީ ދެ ބައިވެފައި. އެހެންވީމަ ޕްރޮޖެކްޓް ދާ ސްޕީޑް ވިސްނާލައްވާ." ކެނދިކުޅުދޫ ކައުންސިލް ރައީސް ވިދާޅުވި އެވެ.

އާރްޑީސީ އިން ޤާއިމް ކުރި ސައިޓުގެ މަސައްކަތަކީ ވެސް ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތް ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެ ތަނުގައި ހުރި ގާތައް ބެލެހެއްޓުމަށް 10 ސެކިއުރިޓީ އޮފިސަރުން ތިބޭ ކަަމަށް ވެސް ވިދާޅުވި އެވެ.

އެ މަސައްކަތަކީ އެމްޑީޕީ ވެރިކަމުގައި 2023 ވަނަ އަހަރުގެ ޖޫން މަހު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރް.ޑީ.ސީ އާއި ހަވާލު ކުރި މަސައްކަތެކެވެ. 

ކެނދިކުޅުދޫ މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން އެ ރަށުގެ 8 މަގެއް ޒަމާނީ ފެންވަރެއްގައި ތަރައްޤީކުރަން ހަމަޖެހިފައި ވެއެވެ. މިގޮތުން 3.7 ކިލޯމީޓަރުގެ މަގުގެ ފެން ހިންދާ ނިޒާމު ޤާއިމްކޮށް އެ މަގުތަކުގެ ޔޫޓިލިޓީ ޖަންކްޝަންތަކެއް ޤާއުމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ތާރުއަޅައި ދުވާރާއެކު މަގުގެ ޓްރެފިކް ސައިންތައް ހަރުކުރުމަށާއި، މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރުތައް ޤާއިމްކުރުމަށް ނިންމާފައިވެ އެވެ.  90.8 މިލިއަން ރުފިޔާ އަށް ހަވާލު ކުރި މި މަސައްކަތް ހުއްޓިފައި އޮތުމަކީ ކައުންސިލްގެ ބޮޑު ކަންބޮޑުވުމެކެވެ.

ކެނދިކުޅުދޫމުހައްމަދު ޝާހިދުއާރްޑީސީއެމްޑީޕީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންތިޚާބަކާ ނުލައި 82 މީހުން ހޮވިއްޖެ

އިންތިޚާބަކާ ނުލައި 82 މީހުން ހޮވިއްޖެ

15 ފެބުރުއަރީ 2026
ކެނދިކުޅުދޫ ސްކޫލް ޖާގަ އިތުރުކުރުން: ފިނިޝިންގ މަސައްކަތް ނިންމަން މި ސަރުކާރުން 2 އަހަރު ވީއިރު ވެސް ކޮންޓްރެކްޓަރަށް ފައިސާ ނުދޭ

ކެނދިކުޅުދޫ ސްކޫލް ޖާގަ އިތުރުކުރުން: ފިނިޝިންގ މަސައްކަތް ނިންމަން މި ސަރުކާރުން 2 އަހަރު ވީއިރު ވެސް ކޮންޓްރެކްޓަރަށް ފައިސާ ނުދޭ

14 ފެބުރުއަރީ 2026
ވެލިދޫ އާއި ހޮޅުދޫ އިން އެމްޑީޕީގެ ކެމްޕެއިން ޓިމަށް ހޫނު މަރުހަބާއެއް!

ވެލިދޫ އާއި ހޮޅުދޫ އިން އެމްޑީޕީގެ ކެމްޕެއިން ޓިމަށް ހޫނު މަރުހަބާއެއް!

14 ފެބުރުއަރީ 2026
މިސަރުކާރުން ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ: ފައިސަލް

މިސަރުކާރުން ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ: ފައިސަލް

14 ފެބުރުއަރީ 2026
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ އަޅުވެތިކަމަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް: އަހުމަދު އަބްދުﷲ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ އަޅުވެތިކަމަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް: އަހުމަދު އަބްދުﷲ

14 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު