Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ނިޒާމް

ބާރުތައް އެއްކޮށްގެން ރައީސް އޮފީހުގައި އިންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވުމަކީ ވަރަށް ފަސޭހަކަމެއް: ރައީސް ސޯލިހު

ރާއްޖެ ތަރައްގީކުރެވޭނީ ބާރުތައް ރަށްރަށަށް ދޫކޮށްލައިގެން ކަމަށްވީ ނަމަވެސް، މިހާރުގެ ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ބާރެއް ރައީސް އޮފީހަށް ޖަމާކުރަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ. ރައީސް ޑރ. މުއިއްޒު ވެވަޑައިގަންނަވާ ވައުދުތަކަކީ އަމަލީގޮތުން ކުރެވޭނެ ކަންކަންތޯ ރައްޔިތުން ސުވާލު އުފައްދަންޖެހޭ ކަމަށާއި، ތިނަދޫގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ގޮވާލެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 21:17
ތިނަދޫ ސިޓީގައި އެމްޑީޕީ އިން ބާއްވާ ކެމްޕެއިން އިފްތިތާހުކުރުމުގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ.

ތިނަދޫ ސިޓީގައި އެމްޑީޕީ އިން ބާއްވާ ކެމްޕެއިން އިފްތިތާހުކުރުމުގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. | މުންޝިދް

ބާރުތައް އެއްކޮށްގެން ރައީސް އޮފީހުގައި އިންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި، އެމްޑީޕީގެ ސިޔާސަތަކީ ބާރުތައް ދޫކޮށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްގީ ގެނައުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

ތިނަދޫ ސިޓީގައި އެމްޑީޕީ އިން ބޭއްވި ކެމްޕޭން އިފްތިތާހު ކުރުުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކާއި، ލޯގޯ ބަދަލުވަމުން އަންނަ ޕާޓީގެ ސިޔާސަތުތަކުގައި ބޮޑެތި ތަފާތުތަކެއް އެބަހުރި ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ އިން އަބަދުވެސް ގަބޫލުކުރަނީ ރާއްޖެ ތަރައްގީ ކުރެވޭނީ ބާރުތައް ރަށްރަށަށް ދީގެން މިލްކުވެރިކަން އެ ރަށެއްގެ ރައްޔިތުންނަށް ދީގެން ކަމަށެވެ. އެއީ ދަތި އުނދަގޫ މަސައްކަތެއް ކަމަށާއި، އެއީ ޑިމޮކްރަސީ ތެރޭގައި އޮންނަ ރީތި އުސޫލު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.  ރައީސް ސޯލިހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާ ގޮތަށް ވެރިކަން ކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި، ހުރިހާ ބާރެއް އެއްކޮށް ރަށްރަށް ދޫކޮށްފައި އޮތް ބާރުތައް ވެސް ކަނޑާލައިގެން އެކަނިމާ އެކަނި ރައީސް އޮފީހުގައި އިނދެގެން ވެރިކަން ކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ އެއީ މިއަދު ރައްޔިތުން ބޭނުންވެގެން އުޅޭ ގޮތް ނޫން ކަމަށެވެ. 

އެހެންވީމާ މިރަށުގެ ރައްޔިތުން ވިސްނާ، އަޅުގަނޑު މި ދެންނެވިހެން މި ލޯގޯ [ތިލަފަތަށް] ވޯޓުދީ. ކައުންސިލަށް މި އިންތިހާބުކުރާ މެންބަރުންނަކީ ވެރިންނަށް ސަނާކިޔަން އަޅުގަނޑުމެން އިންތިހާބުކުރާ ބައެއް ނޫން. ވެރިން އެ ބުނާހާ އެއްޗެއް ބުނާ ގޮތަކަށް އާން ބަސް ބުނަން ތިބޭ ބައެއް ވެސް ނޫން. ކަމެއްގެ ވާހަކަ ބުނީމާ އެއީ ކުރެވޭނެ ކަމެއްތޯ އަމިއްލަ ސިނކުޑިން ވިސްނަން ޖެހޭ. ހާއްސަކޮށް ކަންކަމައި ހަވާލުވެ ތިބި އިސްވެރިން. މިސާލަކަށް މިދިޔަ ރިޔާސީ އިންތިހާބުގައާއި މަޖިލިސް އިންތިހާބުގައި ވެފައި ހުރި ބޮޑެތި ވައުދުތައް އެއީ ކުރެވޭނެ ކަމެއްތޯ އަމިއްލައަށް ސުވާލުކުރަންޖެހޭ. ފުރަތަމަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ވިދާޅުވީ މިރަށާއި ކާޑެއްދޫ އާއި ގުޅާލާ ވާހަކަ ބުރިޖަކުން. ޖެހިގެން 3 މަސްފަހުން ވަޑައިގެން ވިދާޅުވީ މިރަށުގައި ބިން ހިއްކައިގެން ފްލޯޓިންގ ޓަރމިނަލްއަކާ އެކީގައި، މި ސަރަހައްދުގައި ނެތްވަރުގެ ސިޓީއެއް ތިނަދޫގައި ގާއިމްކުރާ ވާހަކަ. އެ ވިދާޅުވާ އިންވެސްޓަރުން އަޅުގަނޑުމެންގެ ވެރިކަމުގައި ވެސް އައި. އަޅުގަނޑުމެން ބަލާ ހެދިން އެއީ ކޯއްޗެއްތޯ؟ ކުކުޅެއް ގެންގުޅޭ ބަޔަކަށް ކިހިނެއްތޯ ރަަށެއްގައި އެއަރޕޯޓެއް އަޅައި ސިޓީއެއް ތަރައްގީ ކުރެވޭނީ. 
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 

ރައީސް ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު ވަޑައިގެން ދެއްކެވި މަންޒަރުތައް ބިލާހަކަށް ވެެފައިވާ ކަމަށެވެ. އެހެންކަމުން ވެރިއަކު އައިސް ދައްކާ ވާހަކައާއި މެދު ވިސްނާ ފިކުރު ކުރަންޖެހޭ ކަމަށާއި، އެއީ ކުރެވޭ ވަރުގެ ކަމެއްތޯ ބަލަންޖެހޭ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ވިލިމާލެއާއި ގުޅީފަޅު ހިއްކާ ބުރިޖުން ގުޅާލަދޭން މާލެ ސިޓީގެ މޭޔަރު އެދިވަޑައިގަތުމުން، ރަސްމާލެއެއް ހިއްކާ ވާހަކަ ރައީސް މުއިއްޒު ދައްކަވާ، 200 މީޓަރު އަޑީގައި ބިއްލޫރި ޓަނަލްއެއް އަޅައިގެން ގުޅުވާލާ ވާހަކަ ދެއްކި ކަމަށެވެ. 

އަދި މީގެ އިތުރުން އެ ޓަނަލްއިން ދަތުރުކުރާއިރު މިޔަރުތަކާއި ފެމުނާއި މަސްމަހާމެހި ފެންނާނެ ކަމަށް ވިދާޅުވި ކަމަށެވެ. މިކަހަލަ އެތައް އެތައް ބަހަނާތަކެއް ދެއްކި ކަމަށާއި، އެންމެފަހުގެ ރިޔާސީ ބަޔާނުގައި ވެސް 10 ރިސޯޓެއް ބިނާ ކުރާ ވާހަކަ ދެއްކެވި ކަމަށެވެ. 

ވިދާޅުވީ ތިމަންނަމެން އަހަރަކު 400 ޑޮލަރު ދޭނަމޭ. އެހެންކަމުގައިވާނަމަ އެ ދައްކަނީ 1 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާ ވާހަކަ. 800 މިލިއަން ޑޮލަރާއި 1 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްގެން އަހަރަކު 200 މިލިއަން ޑޮލަރުގެ ނެޓް ޕްރޮފިޓް ރެއިސް ކުރާ ވާހަކަ. އެކަން ކުރާނެ ގޮތެއް ރިސޯޓް ހިންގަވާ ބޭފުޅުން ކައިރި އައްސަވާ. އެކަހަލަ އެތައްއެތައް ބިލާހި ވާހަކައެއް ދައްކަވަމުން އެދަނީ. އެހެންވީމަ އެވާހަކަ ގަބޫލުކުރާ ބަޔަކު ހޮވައިގެން ވެގެންދާނެ ގޮތް ތިބޭފުޅުން ވިސްނާ ވަޑައިގަންނަވާ. 
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 

ރައީސް ސޯލިހު ވިދާޅުވީ ތިނަދޫ އަކީ ތާރީހެއް އޮތް ރަށެއް ކަމަށެވެ. މަސައްކަތްތެރި ހިންގުންތެރި ހީވާގި މުރާލި އެތައް ރައްޔިތުންނެއް އުފެދިފައި އޮތް ރަށެއް ކަމަށެވެ. 70، 80 ވަރަކަށް އަހަރު ކުރިއަށް ޖެހިލާއިރު ތިނަދޫއަކީ ރާއްޖޭގައި އޮތް އެންމެ މުއްސަނދި ރަށް ކަމަށެވެ. ތިނަދޫ އަށް ދިމާވި ހާދިސާއަށް އަލިއަޅުވާލައްވާ ރައީސް ސޯލިހު ވިދާޅުވީ ތިނަދޫ ރައްޔިތުން މިހާރު ތިބީ އެކަމުން ހިނދެމިލައިގެން ކަމަށެވެ. އެހެންކަމުން އެވަރުގެ ރަށެއް ހިންގުމަށް އެރަށުގެ ރައްޔިތުންނަށް ދޫނުކޮށްލަންވީ ސަބަބެއް ނެތް ކަމަށާއި، ތިނަދޫ ހިންގާނެ ހިންގުންތެރިންނާއި ރައްޔިތުން އެބަތިބި ކަމަށެވެ. 

ބާރުތައް ޖަމާކޮށްގެން ކިހިނެއްތޯ ރާއްޖެ ތަރައްގީ ކުރާނީ. ދޫކޮށްލަންވީ. އޯނަރޝިޕް ދޭންވީ. ގާނޫނު ހަދާ ގާނޫނާ އެއްގޮތަށް ކަންކުރޭތޯ ބަލަންވީ މައި ސަރުކާރުން. އަޅުގަނޑުމެން ފެށީ އެ މަސައްކަތް. އަޅުގަނޑުގެ ތަސައްވުރެއް އޮތް ތިނަދޫއާއި ދޭތެރޭގައި. އޭގެ ދަށުން އިންޑަސްޓްރިއަލް ރަށެއް ތަރައްގީ ކުރީ. އޭގެ ދަށުން ވިޔަފާރި ބަނދަރެއް ތަރައްގީކުރަން ފެށީ. އޭގެ ދަށުން މިރަށުގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރަން ފެށީ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ވެސް ކުރަން ފެށީ، ރައްޔިތުންނާއި މަޝްވަރާކޮށްފައި ލަފާ ހޯދައިގެން ޕްލޭން ކޮށްގެން އެއަށް ބޭނުންވާ ފައިސާ ވެސް ހޯދައިގެން. އެކަން ކުރަން ފެށި އިރު އެއަށް ބޭނުންވާ ފައިސާ ވެސް ހުންނާނެ. އޭގެ ތެރެއިން ކޯލްޑް ސްޓޯރޭޖަކީ ސައުދީ ފަންޑުން ހޯދި ފައިސާއިން ކުރި ކަމެއް. ސައުދީ ފަންޑުން މަސްވެރިކަން ތަރައްގީ ކުރުމަށް މި ރަށުގެ އިތުރުން ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖާއި ކަނޑު އޮތްގިރީގެ މަސައްކަތްވެސް ހިމެނޭ. 
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން މިއަދު ކުރަންވީ ކަމަކީ ފަށާފައި ހުރި ޕްރޮޖެކްޓްތައް ނިންމުން ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ތިނަދޫ އަކީ ބޮޑު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ ތަނެއް ކަމަށެވެ. ކުރީ ސަރުކާރުތަކުން ތިނަދޫގެ ބޯހިޔާވަހިކަމުގެ އެއްވެސް ކަމެއް ނުކުރާ ކަމަށާއި، އެކަންކަން ކޮށްފައިވަނީ ވެސް އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ރަށްރަށަށް ތަރައްގީކޮށް ބާރުތައް ދޫކުރުމުގެ ވިސްނުމެއް މިހާރު އޮތް ސަރުކާރުގައި ނެތް ކަމަށެވެ. 

އިބްރާހިމް މުހައްމަދު ސާލިހުޑރ. މުޙައްމަދު މުޢިއްޒުއެމްޑީޕީތިނަދޫކައުންސިލް އިންތިޚާބު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން: ފައިސަލް

ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން: ފައިސަލް

16 ފެބުރުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް ފުރާވަޑައިގެންފި

16 ފެބުރުއަރީ 2026
އެމްޑީޕީގެ، ހެންވޭރު ހުޅަނގުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފި

އެމްޑީޕީގެ، ހެންވޭރު ހުޅަނގުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފި

16 ފެބުރުއަރީ 2026
މި 5 އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަނަށް އަރާނެ: ރައީސް ސޯލިހު

މި 5 އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަނަށް އަރާނެ: ރައީސް ސޯލިހު

16 ފެބުރުއަރީ 2026
ދެ އިންތިހާބު އެއްކޮލުން: ރައީސް ސޯލިހުގެ ހިޔާލަކީ މަޖިލިސް އިންތިހާބުގެ ދައުރުގެ މެދުތެރެއިން ބޭއްވުން ނުވަތަ މިޑްޓަރމް އިންތިހާބެއް ވަކިން ބޭއްވުން

ދެ އިންތިހާބު އެއްކޮލުން: ރައީސް ސޯލިހުގެ ހިޔާލަކީ މަޖިލިސް އިންތިހާބުގެ ދައުރުގެ މެދުތެރެއިން ބޭއްވުން ނުވަތަ މިޑްޓަރމް އިންތިހާބެއް ވަކިން ބޭއްވުން

15 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު