Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ދަރަނި

މި 5 އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަނަށް އަރާނެ: ރައީސް ސޯލިހު

މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޮވިޑުގެ ދަތި ހާލަތުގައި ލޯނު ނެގީ ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް އަނބުރާ ދެއްކޭނެ ޕްލޭނަކާއެކު ކަމަށް. ނަމަވެސް މިހާރުގެ ސަރުކާރުން ކަންކަން މެނޭޖްކުރަން ނޭނގުމުގެ ސަބަބުން މި ފަސް އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަނަށް އަރާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވި. މީގެ އިތުރުން، ފައިދާގައި ހިންގި ސަރުކާރުގެ ކުންފުނިތައް މިއަދު ގެއްލުމުގައި ހިންގަމުންދާކަން ފާހަގަކުރައްވައި، ރައީސް ސޯލިހު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި.

މަޚްތޫމް
މަޚްތޫމް | 16 ފެބުރުއަރީ 2026 | ހޯމަ 05:00
އެމްޑީޕީ އިން ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ.

އެމްޑީޕީ އިން ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ. | މުންޝިދް

މި 5 އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަނަށް އަރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީ އިން ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑުގެ ތެރޭގައި ލޯނު ނަގަން މަޖުބޫރުވީ ކަމަށާއި، ރިޒާވުގައި ފައިސާއެއް ނެތް ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ކެއުމާއި ބޭސް ގެންނަން ޖެހޭ ކަމަށާއި، އެންމެ މުހިންމު ވާޖިބެއް ކަމުގައި ދުށީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ގައުމެއް އޮންނާނީ ރައްޔިތުން ތިބެގެން ސިއްހަތު ސަލާމަތުން ހުރެގެން ކަމަށާއި، ލޯނު ނެގީ އެހެންވެގެން ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ބަޔަކު ލޯނު ދޭނީ ވެސް އެ ލޯނެއް ދެއްކޭނެ ސިޔާސަތެއް އޮވެގެން ކަމަށެވެ. އަދި ލޯނު ނެގީ އެ އަނބުރާ ދެއްކޭނެ ކަމުގެ ޕްލޭނާ ސިޔާސަތުތަކެއް އެކުލަވާލައިގެން ކަމަށެވެ. 

ރައީސް ސޯލިހު ވިދާޅުވީ އިގްތިސާދު އޮތީ ރަނގަޅު ކަމަށާއި، ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ އާމްދަނީ އިތުރުވެއްޖެ ކަމަށެވެ. ނަމަވެސް މިވީ 2 އަހަރު 38 ބިލިއަން ރުފިޔާއިން ދައުލަތް ދަރައިފި ކަމަށާއި، މި 5 އަހަރު ނިމޭ އިރު ދަރަނި 200 ބިލިއަނަށް އަރާނެ ކަމަށެވެ. 

އެ ލޯނު ނުދެއްކިގެން އުޅެން ނުޖެހޭނެ. ދިވެހިރާއްޖޭގެ އިކޮނަމީގައި އެ ހަކަތަ ހުންނާނެ. އެހެންނަމަވެސް އެ މެނޭޖް ކުރަން ނޭނގޭ ބަޔަކު އުޅޭގޮތް މިއަދު ފެނިގެން އެދަނީ. އަބަދުވެސް ބައިވަރު ލޯނު ނަގާފައޭ މި ދެއްކޭކަށް ނެތޭ، ތިމަންނަ ކަމެއް ނުކުރެވިގެން މިއުޅެނީ މިހެންވެގެންނޭ ކިޔާފައި  ދައްކާ ވާހަކައަކީ. ދެން ބައްލަވާ މިދިޔަ އަހަރު ތެރޭގައި، އިގްތިސާދު ބަރާބަރަށް އެބަ ހިނގާ، ރާއްޖެ އަންނަ ފަތުރުވެެރިން 10، 12 ޕަސެންޓް އިތުރުވެއްޖެ. ރެވެނިއު އިތުރުވެއްޖެ. މުޅި ދުނިޔޭގެ އިގްތިސާދު އޮތީ ރަނގަޅަށް. ތެލުގެ އަގު ހުރީ 60 ވަރަކަށް ޑޮލަރުގައި. އަޅުގަނޑުމެންގެ ވެރިކަމުގައި 148 ޑޮލަރަށް ތެލުގެ އަގު އަރައިގެން ދިޔައީ. ނަމަވެސް މިދިޔަ 2 އަހަރު ތެރޭގައި 38 ބިލިއަން ރުފިޔާ ދައުލަތް ދަރުވާލައިފި. މުޅި ދައުލަތުގެ ދަރަނި 160 ބިލިއަނަށް އަރާ. މިހެން ދޫކޮށްލައިގެން ތިބެއްޖެއްޔާ މި 5 އަހަރު ނިމޭ އިރުގައި 200 ބިލިއަނަށް މި ދައުލަތުގެ ދަރަނި ތިބޭފުޅުންގެ ބޮލުގައި އެޅޭނެ. 
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ މިހެން މިވަނީ ކަންކުރާނެ ގޮތެއް ނޭނގި އުޅޭތީ ދިމާވާ ކަންތައް ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ރަނގަޅަށް ހިނގަމުންދިޔަ އެމްއޭސީއެލްއިން ދަރަނި ނަގައިގެން ރަސްމާލެ ހިއްކަމުންދާ ކަމަށާއި، ދައުލަތަށް އެންމެ ރަނގަޅު އާމްދަނީއެއް ވައްދަމުން ދިޔަ އެ ކުންފުނި މިއަދު ދަރަނި ނަގަންޖެހޭ ހާލަތަށް ގޮސްފި ކަމަށެވެ. 

ރައީސް ސޯލިހު ވިދާޅުވީ އެމްޓީސީސީ ހިންގަނީ ގެއްލުމުގައި ކަމަށާއި، ފައިދާވާ ހުރިހާ ކުންފުންޏެއް މިހާރު ހިންގަމުންދަނީ ގެއްލުމުގައި ކަމަށެވެ. އެސްޓީއޯ އަދި އޮތީ ސަލާމަތުން ކަމަށާއި، ނަމަވެސް މި 5 އަހަރު ނިމޭ އިރު އެ ކުންފުނީގެ ހާލަތެއް ވެސް ބުނެދޭން ނޭނގޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުއެމްޑީޕީޅ. ނައިފަރުދަރަނި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2026

ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ

15 ފެބުރުއަރީ 2026
ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ
15 ފެބުރުއަރީ 2026

އިންތިޚާބަކާ ނުލައި 82 މީހުން ހޮވިއްޖެ

15 ފެބުރުއަރީ 2026
އިންތިޚާބަކާ ނުލައި 82 މީހުން ހޮވިއްޖެ
14 ފެބުރުއަރީ 2026

ވެލިދޫ އާއި ހޮޅުދޫ އިން އެމްޑީޕީގެ ކެމްޕެއިން ޓިމަށް ހޫނު މަރުހަބާއެއް!

14 ފެބުރުއަރީ 2026
ވެލިދޫ އާއި ހޮޅުދޫ އިން އެމްޑީޕީގެ ކެމްޕެއިން ޓިމަށް ހޫނު މަރުހަބާއެއް!
14 ފެބުރުއަރީ 2026

މިސަރުކާރުން ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ: ފައިސަލް

14 ފެބުރުއަރީ 2026
މިސަރުކާރުން ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ: ފައިސަލް
14 ފެބުރުއަރީ 2026

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ އަޅުވެތިކަމަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް: އަހުމަދު އަބްދުﷲ

14 ފެބުރުއަރީ 2026
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ އަޅުވެތިކަމަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު