Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އިސްތިއުފާ ދެއްވައިފި

ސުޖާތާ އިސްތިއުފާ ދެއްވީ ބުދަ ދުވަހުގެ ވަގުތެއްގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 06:10
އިސްތިއުފާ ދެއްވި ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމް

އިސްތިއުފާ ދެއްވި ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމް | ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސުޖާތާ ހަލީމް  އެމަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.  

އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީ އަށް ޝުޖާތާ އިސްތިއުފާ ދެއްވިކަން ވަނީ ކަށަވަރު ކޮށްދީފަ އެވެ. 

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ޕެންޝަން އޮފީހުގެ ބޯޑުން، އެ އޮފީހުގެ ސީއީއޯގެ މަގާމަށް ސުޖާތާ އައްޔަން ކުރީ 31 އޮކްޓޫބަރު 2022 ގަ އެވެ.

ރާއްޖޭގައި ދެމެހެއްޓެނިވި އަދި ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި މެދުނުކެނޑި 10 އަހަރު ސުޖާތާ ޚިދުމަތް ކުރައްވާފައިވެ އެވެ.

އެގޮތުން، ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުގެ އިތުރުން ވާރލްޑް ބޭންކުން ދިވެހިރާއްޖޭގައި ކުރިއަށް ގެންދެވި ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގެވުމާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނު އެކުލަވާލުމަށް ކުރެވުނު މަސައްކަތުގައި އަދި އެ ގާނޫނު ތަންފީޒު ކުރުމުގައި އިސް ދައުރެއް ވަނީ އަދާކުރައްވާފަ އެވެ.

ބުދަ ދުވަހު ސުޖާތާ ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހީލަތްތެރި ގޮތަކަށް ފައިސާ ޗާޕުކުރުމުގެ ގޮތުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތަށް ޕެންޝަން އޮފީހުގެ ބޯޑުން މިހާރު ވަނީ ރުހުން ދީފަ އެވެ. 

މީގެ އިތުރުން މި މުއާމަލާތުން ދައުލަތަށް އިޔާދަ ނުކުރޭ ވަރުގެ ބޮޑު އިގްތިސާދީ ގެއްލުން ލިބޭނެ ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅު ހައްދަވައި ޕެންޝަން ބޯޑުގެ ޗެއަރމަން، ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވަނީ 01 ފެބްރުއަރީ 2026 ގައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އިނާޒް ވިދާޅުވީ ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި ގިނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދިފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އިނާޒްގެ އިތުރުން ފައިސާ ޗާޕު ކުރަން އުޅޭ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑުގައި އިންނެވި އަހުމަދު ސަރުވަޝް އާދަމް 22 އޮކްޓޫބަރު 2025 ގައި އަދި ސީއެފްއޯގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ ވަނީ 4 ނޮވެންބަރު 2025 ގައި އިސްތިއުފާ ދެއްވާފަ އެވެ. މީގެ އިތުރުން، އެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވަން ހުންނެވި އަލްއުސްޡާޛު އަޝްރަފް ރަޝީދު ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ޕެންޝަން ފަންޑުގައި 2.4 ބިލިއަން ރުފިޔާ ނެތްއިރު، އެމްއެމްއޭ އިން ފައިސާ ހޯދައިގެން މިކަން ކުރާ ނަމަ ކުރެވޭނީ ފައިސާ ޗާޕުކޮށްގެން ކަމަށް މީގެ ކުރިން ޕެންޝަން ބޯޑުގައި ހުންނެވި ސަރުވަޝް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް މިއީ ފައިސާ ޗާޕު ކުރުން ނޫން ކަމަށް ބުނެ ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ދިވެހި ރައްޔިތުންނަށް އޮޅުވާލަން ބުހުތާނު ދޮގުތަކެއް ހަދަމުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. މި މުއާމަލާތުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތަށް ދިގު މުއްދަތުގައި ބޮޑެތި ނޭދެވޭ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން އިގްތިސާދީ ތަޖުރިބާކާރުން ފާޅުކުރަމުން ގެންދެ އެވެ.

ޕެންޝަން އޮފީސްސުޖާތާ ހަލީމްހޫނު ހަބަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 އިގްތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ފައިސާ ޗާޕް ކުރުމުގެ މުއާމަލާތް، ޕެންޝަން ފަންޑުން ދިފާއުކޮށްފި

އިގްތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ފައިސާ ޗާޕް ކުރުމުގެ މުއާމަލާތް، ޕެންޝަން ފަންޑުން ދިފާއުކޮށްފި

04 ފެބުރުއަރީ 2026
ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން

ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން

03 ފެބުރުއަރީ 2026
ވަގުތީ ޗެއަރމަނަކު އައްޔަނުކޮށް 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ މުއާމަލާތަށް ޕެންޝަން ބޯޑުން ރުހުން ދީފި

ވަގުތީ ޗެއަރމަނަކު އައްޔަނުކޮށް 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ މުއާމަލާތަށް ޕެންޝަން ބޯޑުން ރުހުން ދީފި

03 ފެބުރުއަރީ 2026
ސުކޫކް އަނބުރާ ދައްކަންޖެހޭ މުއްދަތު ކައިރިވެފައިވަނިކޮށް ސަރުކާރު ހިންގަން ޚަރަދުތައް ހަމަ ޖައްސަން ޕެންޝަން އޮފީހަށް މަޖުބޫރުކުރުވުމަކީ ވަރަށް ނުރައްކާތެރި ފިޔަވަޅެއް: ކުރީގެ މިނިސްޓަރ އަމީރު

ދެ ކޮންޓޭނަރުގެ ގިނަ އަދަދެއްގެ ފައިސާ އެމްއެމްއޭ އަށް ވައްދައިފި

ދެ ކޮންޓޭނަރުގެ ގިނަ އަދަދެއްގެ ފައިސާ އެމްއެމްއޭ އަށް ވައްދައިފި

02 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު