Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކުހަށް މަކަރު ހެދުން

ޕީސީއާރް ޓެސްޓިންގެ ހިދުމަތް ދިނުމަށްފަހު، ޓެކުހަށް މަކަރުު ހެދިކަމަށް ތުހުމަތުކޮށް ދެ ކުންފުންޏަކަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި

މީރާ އިން ބުނީ ދައުވާކުރަން ފޮނުވާފައިވަނީ ޕައިނިއާ މޯލްޑިވްސް އަދި އައިލެންޑް ހެލްތު ސޮލިއުޝަންސް ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ކަމަށް، އެގޮތުން ޑރ. އިކްލީލް ޝަރީފް އަދި ޑރ. އަލީ އަބްދުﷲ ލަތީފްގެ މައްޗަށް ދައުވާކުރުމަށް އެދިފައިވާ ކަމަށް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 20 ޖެނުއަރީ 2026 | އަންގާރަ 18:17
ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައި މީރާ އިން ވަނީ ޑރ. އަލީ ލަތީފް އަދި ޑރ. އިކްލީލް ގެ މައްޗަށް ދައުވާކުރަން ފޮނުވާފަ

ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައި މީރާ އިން ވަނީ ޑރ. އަލީ ލަތީފް އަދި ޑރ. އިކްލީލް ގެ މައްޗަށް ދައުވާކުރަން ފޮނުވާފަ | ރާއްޖެ އެމްވީ

ކޮވިޑް-19 ޕެންޑެމިކް ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދިން ދެ ކުންފުންޏަކުން، ގަސްދުގައި ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް ދެ ޑޮކްޓަރެއްގެ މައްޗަށް ދައުވާ ކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މީރާ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ދައުވާކުރަން ފޮނުވާފައިވަނީ ޕައިނިއާ މޯލްޑިވްސް އަދި އައިލެންޑް ހެލްތު ސޮލިއުޝަންސް ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ކަމަށެވެ. އެގޮތުން ޑރ. އިކްލީލް ޝަރީފް އަދި  ޑރ. އަލީ އަބްދުﷲ ލަތީފްގެ މައްޗަށް ދައުވާކުރުމަށް އެދިފައިވާ ކަމަށް މީރާ އިން ބުންޏެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެނގިހުރެ ސައްހަނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބު އަދި ޓެކްސް ބަޔާން ތައްޔާރު ކޮށްދީފައިވާ ކަމުގެ ތުހުމަތުގައި މި ދެ ކުންފުނީގެ މާލީ ހިސާބާއި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާ އަލީ ފަޔާޒުގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް މީރާ އިން އެދިފައިވެ އެވެ.

މީރާ އިން ބުނީ ކޮވިޑް-19 ޕެންޑެމިކާ ގުޅިގެން ޕީސީއާރް ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތްތަކެއްކަމަށް ފާހަގަކުރެވިފައިވީ ނަމަވެސް، އެ ފަރާތްތަކުން މީރާ އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓު ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީރާ އިން ކުރި ތަހުގީގުން އެގުނު ގޮތުގައި ޓެކްސް އަހަރު 2020، 2021 އަދި 2022 ވަނަ އަހަރުގައި ޕީސީއާރް ޓެސްޓިންގެ އިތުރުން އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ދަށުން ހިންގަމުންގެންދާ ޕާލް މެޑިކަލް ސެންޓަރު ކްލިނިކު މެދުވެރިކޮށް ވަނީ އެހެނިހެން ހިދުމަތްތައް ވެސް  ފޯރުކޮށްދީފަ އެވެ. ނަމަވެސް، މި ހިދުމަތްތަކުން ލިބިފައިވާ ފުރިހަމަ އާމްދަނީ މީރާ އަށް ރިޕޯޓު ކޮށްފައި ނުވާކަން މީރާ ގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. 

ޕައިނިއާ މޯލްޑިވްސް އަކީ ޕީސީއާރް ޓެސްޓިން ހިދުމަތް އެންމެ އަވަހަށް ފެށި އެއް ފަރާތެވެ. 2020 އަދި 2021 ވަނަ އަހަރު އާންމު ފަރާތްތަކުގެ އިތުރުން ޓޫރިސްޓް ފެސިލިޓީތަކަށް މި ހިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީފައިވެ އެވެ. ނަމަވެސް މީރާ އިން ބުނީ އެ ހިދުމަތުން ލިބިފައިވާ އެންމެހައި އާމްދަނީ މީރާ އަށް ހުށަހަޅައިފައިވާ މާލީ ހިސާބުތައް އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނާފައި ނުވާކަމަށެވެ.

އަދި މި ހިދުމަތް ފޯރުކޮށްދީގެން ޓެކްސް އަހަރު 2021 އަށް ލިބިފައިވާ އާދަޔާހިލާފު ބޮޑު އާމްދަނީއާ ގުޅިގެން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު ދަށްކުރުމުގެ ނިޔަތުގައި މި އަހަރުގެ މާލީ ހިސާބުތަކުގައި ވިއްކުމުގެ ހަރަދު އަދި އިދާރީ ހަރަދުގެ ގޮތުގައި ސައްހަ ނޫން އަދަދުތަކެއް އުނިކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް މީރާ އިން ބުންޏެވެ.

މީރާ އިން ބުނީ އައިލެންޑް ހެލްތް ސޮލިއުޝަންސް އިން ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 31.9 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ އަދި ޕައިނިއަރ މޯލްޑިވްސްގެ ފަރާތުން ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 102.7 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނަފައި ނުވާކަމަށެވެ.

މި ތަހުގީގާ ގުޅިގެން މީރާ އިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ މައްޗަށް  4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި، އެ ޓެކްސް މީރާ އަށް ދައްކަން ވަނީ އަންގާފަ އެވެ.  

ޕައިނިއާ މޯލްޑިވްސްއައިލެންޑް ހެލްތު ސޮލިއުޝަންސްޑރ. އިކްލީލް ޝަރީފްޑރ. އަލީ އަބްދުﷲ ލަތީފްކޮވިޑް-19މީރާ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު