Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރަމަޟާން

ރޯދަ މަހު 26 ބާވަތުގެ އަސާސީ ކާބޯތަކެތި އެސްޓީއޯ އިން ހެޔޮ އަގުގައި ލިބޭނެ ކަމަށް ބުނެފި

16 ފެބުރުއަރީ 2026 | ހޯމަ 11:56

މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައި. މި ތަކެތި މާލެ ސަރަހައްދުގެ އެސްޓީއޯ ފިހާރަތަކުގެ އިތުރުން، އަތޮޅުތެރޭގައި ހުންނަ އެ ކުންފުނީގެ އައުޓްލެޓްތަކުން ވެސް އާންމުންނަށް ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނޭ.

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 11:56
ކާބޯތަކެތި ވިއްކާ ފިހާރައެއްގައި ކާބޯތަކެތީ އަޅާ ފުރާލާފައިވާ ޝޮޕިންގް ކާޓެއް.

ކާބޯތަކެތި ވިއްކާ ފިހާރައެއްގައި ކާބޯތަކެތީ އަޅާ ފުރާލާފައިވާ ޝޮޕިންގް ކާޓެއް. | އައިސްޓޮކް

އެސްޓީއޯ އިން 26 ބާވަތުގެ އަސާސީ ކާބޯތަކެތި ރޯދަ މަހު އަގު ހެޔޮކޮށް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ"އަސާސީ ކާބޯތަކެތީގެ ލިސްޓަށް 10 ސެޕްޓެންބަރު 2025 ގައި އިތުރުކުރެވުނު ބާވަތްތަކާއެކު، ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން އަސާސީ ކާބޯތަކެތީގެ 26 ބާވަތް އެސްޓީއޯގެ އައުޓްލެޓްތަކުން މި ރަމަޟާން މަހު ހެޔޮ އަގުގައި ލިބެން ހުންނާނެ،" ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ވަނީ މި ތަކެތި ލިބެން ހުންނާނެ ތަންތަން ވެސް ހާމަ ކޮށްފަ އެވެ. އެ ގޮތުން މާލެ ސަރަހައްދުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް، އާއި ނޯތު ހާބަރުގައި ހުންނަ އެސްޓީއޯ ހޯލްސޭލް، އާއި އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖް އަދި އެސްޓީއޯ ވިލިމާލެ ފިހާރަ އިން މި ތަކެތި ހެޔޮ އަގުގައި ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

ހަނޑޫ، ހަކުރު، ފުށުގެ އިތުރުން ސަރުކާރުން ބުނާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް:

  1. ދޮންކެޔޮ
  2. އާފަލު
  3. އޮރެންޖު
  4. ލުނބޯ
  5. ޖުމްހޫރީމޭވާ
  6. އަނބު
  7. ފަޅޯ
  8. ކަރާ
  9. މިރުސް
  10. މޭބިސްކަދުރު
  11. ރަތް ފިޔާ
  12. އިނގުރު
  13. ކެރެޓު
  14. ބަށި
  15. ކައްޓަލަ
  16. ލޮނުމެދު
  17. އަލުވި
  18. ކެބެޖު
  19. ބަރަބޯ
  20. ބޯވެލި
  21. ރީނދޫ މުގު
  22. ކުކުޅު ބިސް
  23. ކާށި

މާލޭގެ އިތުރުން އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުން މިތަކެތި ލިބެން ހުންނާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގައި އެސްޓީއޯގެ 12 ފިހާރަ ހުރެ އެވެ.

އެސްޓީއޯއިކޮނޮމިކް މިނިސްޓްރީރަަމަޟާންއަސާސީ ކާބޯތަކެތި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2026

ސައުދީން ރަމަޟާން މަހު 1،000 ޓަނުގެ ކަދުރު 120 ގައުމަކަށް ފޮނުވާނެ

16 ފެބުރުއަރީ 2026
ސައުދީން ރަމަޟާން މަހު 1،000 ޓަނުގެ ކަދުރު 120 ގައުމަކަށް ފޮނުވާނެ
16 ފެބުރުއަރީ 2026

ރަމަޟާން މަހު މައްކާ އާއި މަދީނާގެ ހޫނުމިން މަތިވާނެ

16 ފެބުރުއަރީ 2026
ރަމަޟާން މަހު މައްކާ އާއި މަދީނާގެ ހޫނުމިން މަތިވާނެ
15 ފެބުރުއަރީ 2026

ރަމަޟާން މަހުގެ ހަނދު ބެލުމަށް ސައުދީ ރައްޔިތުންނަށް ގޮވާލައިފި

15 ފެބުރުއަރީ 2026
ރަމަޟާން މަހުގެ ހަނދު ބެލުމަށް ސައުދީ ރައްޔިތުންނަށް ގޮވާލައިފި
15 ފެބުރުއަރީ 2026

ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް

15 ފެބުރުއަރީ 2026
ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް
14 ފެބުރުއަރީ 2026

ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ

14 ފެބުރުއަރީ 2026
ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ
13 ފެބުރުއަރީ 2026

ރަމަޟާން މަހު ފަތުރުވެރީންނަށް އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން: ޚުތުބާ

13 ފެބުރުއަރީ 2026
ރަމަޟާން މަހު ފަތުރުވެރީންނަށް އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން: ޚުތުބާ
12 ފެބުރުއަރީ 2026

ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމައިފި

12 ފެބުރުއަރީ 2026
ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމައިފި
12 ފެބުރުއަރީ 2026

ސަރުކާރުން ރައްޔިތުންނަށް ދޭ ތަފާތު އެހީތަކާއި، ފޯރުކޮށްދޭ އެއްވެސް ބާވަތެއްގެ ޚިދުމަތަކީ ޤާނޫނީގޮތުން “ހަދިޔާ” ގެ ނަމުގައި ސިފަކުރެވޭނެ އެއްޗެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

12 ފެބުރުއަރީ 2026
ސަރުކާރުން ރައްޔިތުންނަށް ދޭ ތަފާތު އެހީތަކާއި، ފޯރުކޮށްދޭ އެއްވެސް ބާވަތެއްގެ ޚިދުމަތަކީ ޤާނޫނީގޮތުން “ހަދިޔާ” ގެ ނަމުގައި ސިފަކުރެވޭނެ އެއްޗެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު
11 ފެބުރުއަރީ 2026

ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު

11 ފެބުރުއަރީ 2026
ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު
10 ފެބުރުއަރީ 2026

މި އަހަރު އިހްޔާ ފޯރަމް އޮންނާނީ ބޮޑު ތިލަދުއްމަތިން އިހަވަންދޫ ގައި އެކަނި

10 ފެބުރުއަރީ 2026
މި އަހަރު އިހްޔާ ފޯރަމް އޮންނާނީ ބޮޑު ތިލަދުއްމަތިން އިހަވަންދޫ ގައި އެކަނި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް