Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނަކަ

ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމައިފި

މި އަހަރުގެ ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ފެނަކައިގެ ކޮންމެ މުވައްޒަފަކަށް އެސްޓީއޯގެ ވައުޗަރެއް ދިނުމަށް މެނޭޖްމަންޓުން ކުރިން ނިންމި. އެސްޓީއޯގެ ވައުޗަރަށް މުދާ ނެގޭނެ ކަމަށާއި، މިމަހުގެ 11 ވަނަ ދުވަހު ވައުޗަރުތައް ދޫ ކުރާނެ ކަމަށް ވެސް އެންގި ކަމަށް މުވައްޒަފުން ބުނޭ. ނަމަވެސް އެ ނިންމުން ބާތިލްކޮށް މިމަހުގެ 10 ވަނަ ދުވަހު ވަނީ މެމޯ ނެރިފައި. ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމި ސަބަބެއް ހާމަ ކޮށްފައިނުވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 12 ފެބުރުއަރީ 2026 | ބުރާސްފަތި 07:31
ފެނަކަ މުވައްޒަފުންތަކެއް މަސައްކަތުގައި.

ފެނަކަ މުވައްޒަފުންތަކެއް މަސައްކަތުގައި. | މުހައްމަދު ޝިފާއު

ފެނަކަ ކޯޕްރޭޝަން ލިމިޓެޑްގެ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމައިފި އެވެ.

މިމަހުގެ 10 ވަނަ ދުވަހު ފެނަކައިން ވަނީ އިންޓަރނަލް މެމޯއެއް ނެރި އެކަން މުވައްޒަފުންނަށް އަންގާފަ އެވެ. ރާއްޖެއެމްވީ އަށް ވަނީ މި މެމޯ ލިބިފަ އެވެ. 

މެމޯގައި ބުނެފައިވަނީ މި އަހަރުގެ ރަމަޟާން މަހަށް ހަދިޔާގެ ގޮތުގައި ކުންފުނީގެ ކޮންމެ މުވައްޒަފަކަށް އެސްޓީއޯގެ ވައުޗަރއެއް ދިނުމަށް މެނޭޖްމަންޓުން ނިންމި ކަމަށެވެ. ނަމަވެސް މިހާރު އެ ނިންމުން ބާތިލް ކޮށްފައިވާ ކަމަށެވެ. 

ފެނަކައިގެ މުވައްޒަފެއް ބުނީ ރަމަޟާން މަހާ ދިމާކޮށް ވަކި ޚާއްސަ ހަދިޔާއެއް އެހެން އަހަރުތަކުގައި ނުދޭ ކަމަށާއި، މިއަހަރު މި ހަދިޔާ ދޭން ނިންމި ސަބަބެއް ނޭނގޭ ކަމަށެވެ. އަދި އެސްޓީއޯގެ ވައުޗަރަށް މުދާ ނެގޭނެ ކަމަށާއި، މިމަހުގެ 11 ވަނަ ދުވަހު ވައުޗަރުތައް ދޫ ކުރާނެ ކަމަށް ވެސް އެންގި ކަމަށް އޭނާ ބުންޏެވެ. 

ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމައި ނެރުނު އިންޓަރނަލް މެމޯ
ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމައި ނެރުނު އިންޓަރނަލް މެމޯ

މީގެ އިތުރުން އޭނާ ބުނީ، މި ނިންމުން ބާތިލް ކުރިކަން އެންގީ ވެސް ވައުޗަރުތަކާ ގުޅޭގޮތުން މުވައްޒަފުން ސުވާލު ކުރާތީ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. 

ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމި ސަބަބެއް ހާމަ ކޮށްފައިނުވެ އެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ފެނަކައިގެ ފަރާތުން ރަސްމީ ކޮންމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއެސްޓީއޯރަަމަޟާން

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2026

ސަރުކާރުން ރައްޔިތުންނަށް ދޭ ތަފާތު އެހީތަކާއި، ފޯރުކޮށްދޭ އެއްވެސް ބާވަތެއްގެ ޚިދުމަތަކީ ޤާނޫނީގޮތުން “ހަދިޔާ” ގެ ނަމުގައި ސިފަކުރެވޭނެ އެއްޗެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

12 ފެބުރުއަރީ 2026
ސަރުކާރުން ރައްޔިތުންނަށް ދޭ ތަފާތު އެހީތަކާއި، ފޯރުކޮށްދޭ އެއްވެސް ބާވަތެއްގެ ޚިދުމަތަކީ ޤާނޫނީގޮތުން “ހަދިޔާ” ގެ ނަމުގައި ސިފަކުރެވޭނެ އެއްޗެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު
11 ފެބުރުއަރީ 2026

ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު

11 ފެބުރުއަރީ 2026
ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު
10 ފެބުރުއަރީ 2026

މި އަހަރު އިހްޔާ ފޯރަމް އޮންނާނީ ބޮޑު ތިލަދުއްމަތިން އިހަވަންދޫ ގައި އެކަނި

10 ފެބުރުއަރީ 2026
މި އަހަރު އިހްޔާ ފޯރަމް އޮންނާނީ ބޮޑު ތިލަދުއްމަތިން އިހަވަންދޫ ގައި އެކަނި
09 ފެބުރުއަރީ 2026

ރޯދަ މަހު މެންދަމު 3 ށް ހޮޓާތައް ހުޅުވާފައި ބެހެއްޓޭ

09 ފެބުރުއަރީ 2026
ރޯދަ މަހު މެންދަމު 3 ށް ހޮޓާތައް ހުޅުވާފައި ބެހެއްޓޭ
09 ފެބުރުއަރީ 2026

ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތަށް، އެސް.ޓީ.އޯ މެދުވެރިކޮށް އަގުހެޔޮކޮށް ވިއްކާ 23 ބާވަތް އައްޑޫ ސިޓީއިން ލިބެން ނެތް: ނިޒާރު

09 ފެބުރުއަރީ 2026
ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތަށް، އެސް.ޓީ.އޯ މެދުވެރިކޮށް އަގުހެޔޮކޮށް ވިއްކާ 23 ބާވަތް އައްޑޫ ސިޓީއިން ލިބެން ނެތް: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު