Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސް ކޭސް ބެހުން

ސަރުކާރުން ރައްޔިތުންނަށް ދޭ ތަފާތު އެހީތަކާއި، ފޯރުކޮށްދޭ އެއްވެސް ބާވަތެއްގެ ޚިދުމަތަކީ ޤާނޫނީގޮތުން “ހަދިޔާ” ގެ ނަމުގައި ސިފަކުރެވޭނެ އެއްޗެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އެހީތަކަކީ ރައީސުލްޖުމްހޫރިއްޔާގެ "ހަދިޔާ" އެއްގެ ގޮތުގައި މިނިސްޓަރު އާދަމް ޝަރީފް ސިފަކުރައްވާތީ، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެކަމަށް ފާޑުވިދާޅުވި. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދޭ އެހީތަކަކީ އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމަށް ދައުލަތުން އުފުލަންޖެހޭ ދުސްތޫރީ މަސްއޫލިއްޔަތެއް ކަމަށާއި، އެއީ ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤެއް ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން ސަރުކާރުގެ ޚިދުމަތްތަކަކީ ވަކި ބޭފުޅެއްގެ ދީލަތިކަމުން ދޭ އެއްޗެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށްވެސް ޑރ. ދީދީ ފާހަގަކުރެއްވި.

ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2026 | ބުރާސްފަތި 07:23
1447 ވަނަ އަހަރުގެ ރޯދަ މަހަށް ގޭބިސީތަކަށް ސަރުކާރުން މަސްދަޅު ކޭސް ބަހަނީ.

1447 ވަނަ އަހަރުގެ ރޯދަ މަހަށް ގޭބިސީތަކަށް ސަރުކާރުން މަސްދަޅު ކޭސް ބަހަނީ. | ލޯކަލް ގަވަރމަންޓް މިނިސްޓްރީ

ސަރުކާރުން ރައްޔިތުންނަށް ދޭ ތަފާތު އެހީތަކާއި، ފޯރުކޮށްދޭ އެއްވެސް ބާވަތެއްގެ ޚިދުމަތަކީ ޤާނޫނީގޮތުން “ހަދިޔާ” ގެ ނަމުގައި ސިފަކުރެވޭނެ އެއްޗެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ލޯކަލް ގަވަރންމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ރޯދަ މަހަށް ސަރުކާރުން ބަހަމުންދާ މަސްދަޅުތަކަކީ ރައީސް މުއިއްޒު ދެއްވާ "ހަދިޔާ" އެއްގެ ގޮތުގައި ތަކުރާރުކޮށް ސޯޝަލް މީޑިއާ ގައި ޕްރޮމޯޓް ކުރައްވަމުން ގެންދަވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މަސްދަޅު ކޭސް ތައް ބަހަން ފެށީއްސުރެ ރައީސް މުއިއްޒު އަށް ސަނާ ވިދާޅުވެ އާދަމް ޝަރީފް އުމުރު ގެންދަވަނީ ސޯޝަލް މީޑިއާ ގައި މަސްދަޅު ބެހުން ޕްރޮމޯޓް ކުރައްވަމުންނެވެ.

ބުރާސްފަތި ދުވަހުގެ ރޭ އާދަމް ޝަރީފް އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވެފައިވަނީ، "ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ ރޯދަ ހަދިޔާ ގްރޭޓަރ މާލެ ސަރަޙައްދުގައި ދޫކުރުމުގެ މަސައްކަތް މިރޭގެ ނިޔަލަށް ނިމުނީ،" ކަމަށެވެ.

އޭގެ އިތުރުން "އެއްވެސް ސަބަބަކާހުރެ މިހާތަނަށް ރޯދަ ހަދިޔާ ހޯއްދަވާފައިނުވާ ފަރާތްތަކަށް ވެސް މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޭގަނޑު 8.30 ން 11.00 ށް ދޫކުރުމުގެ އިންތިޒާމު ވާނީ ހަމަޖެހިފައި،" ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

ސަރުކާރުން ބަހަމުންދާ މަސްދަޅު ކޭސް ތަކަކީ ރައީސް މުއިއްޒު އަމިއްލަ ޚަރަދުގައި ބަހަމުންދާ އެއްޗެއް ކަމަށް ނުވާއިރު އާދަމް ޝަރީފް އެއީ ރައީސް މުއިއްޒު ދެއްވާ "ރޯދަ ހަދިޔާ" ގެ ގޮތުގައި ތަކުރާރުކޮށް ސިފަކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވެ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ވިދާޅުވީ، "އެއީ އެއްވެސް ޙާލެއްގައި ސަރުކާރުގެ ދީލަތިކަމުން ނުވަތަ ހެޔޮފުޅުކަމުން ދޭ އެއްޗެއް ނޫން." ކަމަށެވެ.

ދައުލަތާއި ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުން ބިނާވެގެންވަނީ ޤާނޫނުން ލާޒިމްކުރާ ޙައްޤުތަކާއި އިލްތިޒާމްތަކެއްގެ މައްޗަށް ކަމަށްވާއިރު، ޢާންމު ޚިދުމަތްތަކާއި، އިޖްތިމާޢީ އެހީތަކާއި މަޞްލަޙަތުތަކާއި ސަބްސިޑީތަކަކީ އިޖްތިމާޢީ ޢަދާލަތު ޤާއިމުކުރުމަށް ދައުލަތުން އުފުލަންޖެހޭ ދުސްތޫރީ މަސްއޫލިއްޔަތު އުފުލުމަށްޓަކައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރައްޔިތުންނަށް ފޯރުކޮށްދެވޭ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދެނީ ހަދިޔާއެއް ނޫނެވެ. އެއީ ރައްޔިތުންގެ ޙައްޤެއް،" ކަމަށް ވެސް ކުރީގެ އުއްތަމަ ފަނޑިޔާރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީއާދަމް ޝަރީފު އުމަރުލޯކަލް ގަވަރންމަންޓް މިނިސްޓްރީރަަމަޟާން

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު

ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު

11 ފެބުރުއަރީ 2026
މި އަހަރު އިހްޔާ ފޯރަމް އޮންނާނީ ބޮޑު ތިލަދުއްމަތިން އިހަވަންދޫ ގައި އެކަނި

މި އަހަރު އިހްޔާ ފޯރަމް އޮންނާނީ ބޮޑު ތިލަދުއްމަތިން އިހަވަންދޫ ގައި އެކަނި

10 ފެބުރުއަރީ 2026
ރޯދަ މަހު މެންދަމު 3 ށް ހޮޓާތައް ހުޅުވާފައި ބެހެއްޓޭ

ރޯދަ މަހު މެންދަމު 3 ށް ހޮޓާތައް ހުޅުވާފައި ބެހެއްޓޭ

09 ފެބުރުއަރީ 2026
ސަރުކާރުގެ ހެޔޮކަން ދައްކަން ޖެހެނީ މަސް ދަޅު ކޭސް ބަހައިގެނެއް ނޫން!

ސަރުކާރުގެ ހެޔޮކަން ދައްކަން ޖެހެނީ މަސް ދަޅު ކޭސް ބަހައިގެނެއް ނޫން!

03 ފެބުރުއަރީ 2026
ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ

ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ

02 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު