Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަަމަޟާން

ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު

މި އަހަރުގެ ރޯދަ މަހުގެ ހަނދު ބެލުމަށްޓަކައި އަންގާރަ ދުވަހުގެ ހަވީރުން ފެށިގެން ކޯޓުތަކާއި ކައުންސިލް އިދާރާތައް ހުޅުވާފައި ބެހެއްޓުމަށް ޑީޖޭއޭ އިން ވަނީ ނިންމާފައި. ހަނދު ފެނިގެން ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކަށް މާލެ އާއި ރަށްރަށުގައި އެ ފުރުޞަތު ފަހިކޮށްދީފައިވާއިރު، ހެކިބަސް ދޭން އަންނަ ފަރާތްތަކުގެ ދަތުރުފަތުރުގެ ޚަރަދު ވެސް ސަރުކާރުން ހަމަޖައްސައިދޭ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވާ ބުދަ ދުވަސް.

ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 12:49
ފުރިހަމަ ހަނދުގެ ކުރިމަތިން މަތިންދާބޯޓެއް އުދުހިފައި ދަނީ

ފުރިހަމަ ހަނދުގެ ކުރިމަތިން މަތިންދާބޯޓެއް އުދުހިފައި ދަނީ | ގެޓީ އިމޭޖަސް

މި އަހަރުގެ ރޯދަ މަހުގެ ހަނދު ބެލުން ފެބްރުއަރީ މަހުގެ 17 ވާ އަންގާރަ ދުވަހު ކުރިޔަށްދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަ ކޮށްފި އެވެ.

ހަނދު ބެލުން އަންގާރަ ދުވަހުގެ ހަވީރު 5:30 ން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައިވާއިރު، ޑީޖޭއޭ ގެ އިތުރުން، އަތޮޅު ކައުންސިލް އިދާރާތަކާއި، ރަށު ކައުންސިލް އިދާރާތަކާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް އެ ގަޑީގައި ހުޅުވާފައި ބަހައްޓާ ގޮތަށް ވަނީ ހަމަ ޖައްސާފަ އެވެ.

ހަނދު ފެނިގެން ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކުން މާލޭގައި ނަމަ ކޯޓެއްގެ ޤާޟީއެއްގެ ކުރި މަތީގައި އަދި ރަށްރަށުގައި ނަމަ މެޖިސްޓްރޭޓުންގެ ކުރިމަތީގައި ހެކިބަސް ދެވޭނެ ކަމަށާއި، މެޖިސްޓްރޭޓަކު ނެތް ރަށެއް ނަމަ، އެ ރަށެއްގެ ކައުންސިލް ހިންގުމާ ޙަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިމަތީގައި ހެކިބަސް ދެވޭނެ އެވެ. ހަނދު ފެނިގެން ހެކިބަސް ދޭން އަންނަ ފަރާތްތަކުގެ ދަތުރުފަތުރުގެ ޚަރަދު ދޭ ގޮތަށް މި އަހަރު ވެސް ވަނީ ހަމަޖައްސާފަ އެވެ.

ހަނދު ފެނިގެން މަޢުލޫމާތު ދޭއިރު، ހަނދު ހުރި މިސްރާބާއި އުސްމިން ފަދަ މުހިންމު ތަފްސީލުތައް ދޭން ޖެހެ އެވެ.

ކަލަންޑަރު ގައި އޮންނަނީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވާ ބުދަ ދުވަސް ކަމަށެވެ.

ރަަމަޟާންޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންހަނދު ފެނުން

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2026

މި އަހަރު އިހްޔާ ފޯރަމް އޮންނާނީ ބޮޑު ތިލަދުއްމަތިން އިހަވަންދޫ ގައި އެކަނި

10 ފެބުރުއަރީ 2026
މި އަހަރު އިހްޔާ ފޯރަމް އޮންނާނީ ބޮޑު ތިލަދުއްމަތިން އިހަވަންދޫ ގައި އެކަނި
09 ފެބުރުއަރީ 2026

ރޯދަ މަހު މެންދަމު 3 ށް ހޮޓާތައް ހުޅުވާފައި ބެހެއްޓޭ

09 ފެބުރުއަރީ 2026
ރޯދަ މަހު މެންދަމު 3 ށް ހޮޓާތައް ހުޅުވާފައި ބެހެއްޓޭ
03 ފެބުރުއަރީ 2026

ސަރުކާރުގެ ހެޔޮކަން ދައްކަން ޖެހެނީ މަސް ދަޅު ކޭސް ބަހައިގެނެއް ނޫން!

03 ފެބުރުއަރީ 2026
ސަރުކާރުގެ ހެޔޮކަން ދައްކަން ޖެހެނީ މަސް ދަޅު ކޭސް ބަހައިގެނެއް ނޫން!
02 ފެބުރުއަރީ 2026

ޓެކްނިކަލް މައްސަލަ އަކުން ކަަމަށް ބުނެ ޑީޖޭއޭ އިން ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ހިފެހެއްޓުމުން ކެނޑިޑެސީ ފުރުސަތު ގެއްލިއްޖެ

02 ފެބުރުއަރީ 2026
ޓެކްނިކަލް މައްސަލަ އަކުން ކަަމަށް ބުނެ ޑީޖޭއޭ އިން ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ހިފެހެއްޓުމުން ކެނޑިޑެސީ ފުރުސަތު ގެއްލިއްޖެ
01 ފެބުރުއަރީ 2026

ރަމަޟާން މަހަށް މިދަނީ ވަރަށް ފުރިހަމަ އަށް ތައްޔާރުވަމުން، ހުރިހާ މިސްކިތްތަކެއް އާބާތުރަ ފިލުވައި ނިމޭނެ: މޭޔަރު އާޒިމް

01 ފެބުރުއަރީ 2026
ރަމަޟާން މަހަށް މިދަނީ ވަރަށް ފުރިހަމަ އަށް ތައްޔާރުވަމުން، ހުރިހާ މިސްކިތްތަކެއް އާބާތުރަ ފިލުވައި ނިމޭނެ: މޭޔަރު އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު