Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލިސް

ބިދޭސީންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ވޯކް ޕާމިޓާ ހިލާފަށް ވިޔަފާރިކުރުމާއި ވޯކް ޕާމިޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައެއްގައި ބަނގްލަދޭޝްއަށް ނިސްބަތްވާ 6 ބިދޭސީއަކު ހައްޔަރުކޮށްފި. އެމީހުން ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 22 އިން 30 އަށް ކުރެވިފައިވާ އޮޕަރޭޝަންތަކުގަ. 6 ބިދޭސީން އަދިވެސް ތިބީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބަންދުގަ.

އަލީ ޝާހީން
އަލީ ޝާހީން | 25 ޖެނުއަރީ 2026 | އާދީއްތަ 06:17
އޮޅުވާލައިގެން ފައިސާ ހޯދި ބިދޭސީން

އޮޅުވާލައިގެން ފައިސާ ހޯދި ބިދޭސީން | ޕޮލިސް މީޑިޔާ

އޮޅުވާލައިގެން އެހެން ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި މަނީ ލޯންޑަރިންގްގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 6 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މި މީހުންނަށް ތުހުމަތު ކުރެވެނީ ވޯކް ޕާމިޓާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރުމާއި، ރާއްޖޭގައި މަސައްކަތް ކުރުމަށް ވޯކް ޕާމިޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލަ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ މުޙައްމަދު އިމޮން ކަޒި (32އ) އާއި އަފްޖަލް ހޮސައިން (31އ) އާއި ޙަބީބުއްރަޙްމާން (35އ) އާއި މުޙައްމަދު ޙަނީފް ބަޕަރީ (46އ) އާއި ކަޒި ރައިހާން (22އ) އަދި މުޙައްމަދު ޔޫސުފް ޕްރޮދަން (35އ) އެވެ.

އެމީހުންގެ ތެރެއިން މުހައްމަދު އިމޮން ކަޒި އާއި ކަޒި ރައިހާން އަދި މުހައްމަދު ޔޫސުފް ޕްރޮދަން ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 22 ވަނަ ދުވަހު އެވެ. އަފްޖަލް ހޮސައިން އާއި ހަބީބުއްރަޙްމާން ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 23 ވަނަ ދުވަހު އެވެ. އަދި މުޙައްމަދު ހަނީފް ބަޕަރީ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 30 ވަނަ ދުވަހު އެވެ.

އެ އެންމެން އަދިވެސް ތިބީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބަންދުގަ އެވެ.

މަނީ ލޯންޑަރިންގބަންގްލަދޭޝްވޯކް ޕާމިޓް

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2026

ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހިން ވިސާ ނަގައިގެން ދަތުރުު ކުރުމަށް އިލްތިމާސް ކޮށްފި

13 ޖެނުއަރީ 2026
ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހިން ވިސާ ނަގައިގެން ދަތުރުު ކުރުމަށް އިލްތިމާސް ކޮށްފި
13 ޖެނުއަރީ 2026

އޮޕަރޭޝަން އަލިމަގު: ހައްޔަރު ކުރި 3 މީހެެއްގެ އެކައުންޓުގައި މުޅި ޖުމްލަ 62.9 މިލިއަން ރުފިޔާ ދައުރުކޮށްފައިވޭ

13 ޖެނުއަރީ 2026
އޮޕަރޭޝަން އަލިމަގު: ހައްޔަރު ކުރި 3 މީހެެއްގެ އެކައުންޓުގައި މުޅި ޖުމްލަ 62.9 މިލިއަން ރުފިޔާ ދައުރުކޮށްފައިވޭ
11 ޖެނުއަރީ 2026

އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތި އެތެރެކުރާ ނެޓްވަރކެއް ހުއްޓުވުމަށް ގއ. އަތޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ

11 ޖެނުއަރީ 2026
އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތި އެތެރެކުރާ ނެޓްވަރކެއް ހުއްޓުވުމަށް ގއ. އަތޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ
06 ޖެނުއަރީ 2026

އަމިން ކޮންސްޓްރަކްޝަން ގެ މައްޗަށް މަނީލޯންޑަރިންގ އަށް އެހީވުމުގެ ދައުވާ ސާބިތު ނުވުމުން އެ މައްސަލަ އިސްތިއުނާފު ކުރަނީ

06 ޖެނުއަރީ 2026
އަމިން ކޮންސްޓްރަކްޝަން ގެ މައްޗަށް މަނީލޯންޑަރިންގ އަށް އެހީވުމުގެ ދައުވާ ސާބިތު ނުވުމުން އެ މައްސަލަ އިސްތިއުނާފު ކުރަނީ
03 ޖެނުއަރީ 2026

ރާއްޖެއިން ވަޒީފާ ދޭނެކަމަށް ބުނެ ބޮޑު ނެޓްވާރކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

03 ޖެނުއަރީ 2026
ރާއްޖެއިން ވަޒީފާ ދޭނެކަމަށް ބުނެ ބޮޑު ނެޓްވާރކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު