Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެރިކަމުގެ ދައުރު

ރައްޔިތުންނަށް އޮޅުވާލައިގެން ރެފަރެންޑަމްގެ ނަމުގައި މަޖިލީހުގެ ދައުރު ދިގުކޮށް، ރިޔާސީ އިންތިޚާބު ފަސް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މައުރޫފް

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ ރެފަރެންޑަމްގެ ނަމުގައި ސަރުކާރުން މަސައްކަތް ކުރަނީ ޤާނޫނުއަސާސީ އާއި ޑިމޮކްރަސީ ފުނޑާލުމަށް ކަމަށާއި މުޅި އޭޝިއާގައި ރައީސްގެ ވަރުގެ ދޮގު ހަދާ ވެރިއެއް ނެތް ކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2026 | ހުކުރު 06:31
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ރައްޔިތުންނަށް އޮޅުވާލައިގެން ރެފަރެންޑަމްގެ ނަމުގައި މަޖިލީހުގެ ދައުރު ދިގުކޮށް، ރިޔާސީ އިންތިޚާބު ފަސް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެ އަވައިގައި ޖެހިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

މައުރޫފް ވިދާޅުވީ ރިފަރެންޑަމްގެ ނަމުގައި ދިވެހީން ޤަބޫލު ކުރާ ޤާނޫނުއަސާސީ އާއި މުޅި ޑިމޮކްރަސީ އާއި މުޅި މި ނިޒާމް ފުނޑާލުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ކަަމަށެވެ. ދައުރު ކުރު ކުރުމަށް ރިފަރެންޑަމް ނަގާ ކަމަށް މަންޒަރު ދެއްކުމަށް ފަހު ފަހުން މަޖިލީސް މެދުވެރިކޮށް މަޖިލީހުގެ ދައުރު ދިގު ދަންމާލާ، ރިޔާސީ އިންތިޚާބު ފަސް ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު ސަރުކާރުން މަސައްކަތް ކުރަނީ ރެފަރެންޑަމް އެއްގެ ނަމުގައި މުޅި ނިޒާމް ގަޑުބަޑުކޮށްލުމަށް ކަމަށެވެ.

"ދައުުރު ކުރުކުރާށޭ ކިޔާފައި ހުވާކުރުން އަވަސް ކުރާނެ. މިހާރު އޮތް މަޖިލީހުގެ ދައުރު 6 މަސް ދުވަސް ކުރުކޮށްލަނީ އޭ ބުނާނެ. މިހެން ހެދީމަ ހީވަނީ ހަރަދު ކުޑަކުރަނީ އޭ. މި އަވައިގައި ޖެހިގެން ނުވާނެ .ފުށިދިއްގަރު ފަޅޭ އިންޑިއާ ސިފައިންނޭ ކިޔައިގެން މީގެ ކުރިން ވެސް މިކަހަލަ ދަޅަ އެއްގައި ދިވެހީން ޖެއްސި." އޭނާ ވިދާޅުވި އެވެ.

މިއީ ހައްތަހާވެސް، އިންތިޚާބުތައް އޮޅުވާލާ އެއްކޮށްލުމުގެ ވިސްނުމުގައި ކުރާ ކަންތައްތަކެއް ކަމަށް މައުރޫފް ވިދާޅުވި އެވެ. އެގޮތުން މަޖިލީހުގެ ދައުރު ކުރުކޮށްލާ ކަމަށް ދެއްކުމަށް ފަހު، ފަހުން ޤާނޫނު އަސާސީ އަށް މުޅިން އެއާއި އިދިކޮޅު އިސްލާހެއް ގެންނާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

ސަރުކާރުގެ ވިސްނުމަކީ ޕީއެންސީގެ މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް،  2030 އާއި ހަމަ އަށް ރިޔާސީ އިންތިޚާބު ފަސްކޮށްލާ، ވެރިކަމުގެ ދައުރު ދިގުދަންމާލާނެ ކަަމަށް މައުރޫފް ވިދާޅުވި އެވެ. އަދި އެ ބަދަލާއި އެކު އެކީގައި މަޖިލީހުގެ ދައުރު ވެސް އިތުރު 2 އަހަރަށް ދިގު ދަންމާލާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

"މިއީ ކޮންސްޕިރަސީ ތިއަރީއެކޭ ހީވެދާނެ. ޤާނޫނުއަސާސީ އަސް އިސްލާހު ގެންނާނެ 3 އިންތިޚާބު އެއްކޮށްލަން. އެއީ ކައުންސިލް އިންތިޚާބާއި، ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު 2023ގައި އޮންނަނީ. ޤާނޫނު އަސާސީ އަށް ގެންނަ އިސްލާހެއް ރައީސް ތަސްދީގު ނުކުރެއްވީމަ ރިފަރެންޑަމް އަކަށް ދާ ގޮތަށް، ރިފަރަންޑަމްގެ ޤާނޫނު ބަދަލު ކުރާނެ. މާޗް 20ގެ ކުރިން ބަދަލު ކުރާނެ." އޭނާ ވިދާޅުވި އވެ. 

މީގެ އިތުރުން މައުރޫފް ވިދާޅުވީ މި ވަރުގެ ޚުދުމުހުތާރު ވެރިކަމަކުން މިފަދަ ކަމެއް ނުކުރާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ. އަދި ރަނގަޅަށް ދިރާސާ އެއް ހަދައިފިއްޔާ މުޅި އޭޝިއާ ސަރަހައްދުގައި ވެސް ރައީސް ޑރ.މުއިއްޒު އަށް ވުރެ ދޮގު ހަދާ މީހެއް ވެރި އެއްގެ ގޮތުގައި ނެތް ކަމަށް މައުރޫފް ވިދާޅުވި އެވެ. އެކަމުން ސަލާމަތް ވޭތޯ ދިވެހީން ގިނަ ގިނައިން ދުއާ ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

މައުރޫފް ޒާކިރުއެމްޑީޕީރައްޔިތުންގެ މަޖިލިސްޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބާ މަޖިލީސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި ބައެއް އިދާރާތަކުގެ ހިޔާލު ހޯދަން މަޖިލީހުގެ ކޮމިޓީއަކުން ފާސްކޮށްފި

ރިޔާސީ އިންތިހާބާ މަޖިލީސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި ބައެއް އިދާރާތަކުގެ ހިޔާލު ހޯދަން މަޖިލީހުގެ ކޮމިޓީއަކުން ފާސްކޮށްފި

29 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ ވަގުތު އިތުރު ކޮށްދިން ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭ، ދުވަސް އިތުރު ކޮށްދޭން ޖެހޭ: އެމްޑީޕީ

ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ ވަގުތު އިތުރު ކޮށްދިން ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭ، ދުވަސް އިތުރު ކޮށްދޭން ޖެހޭ: އެމްޑީޕީ

29 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ

ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ

28 ޖެނުއަރީ 2026
ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، ސަރުކާރުގެ ކައުންސިލަރުން ތިއްބަވަނީ ހަނު، މަސައްކަތް ކުރިއަށް ނުދާކަން ހާމަ ވަނީ ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމުން: ވަހީދު

ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، ސަރުކާރުގެ ކައުންސިލަރުން ތިއްބަވަނީ ހަނު، މަސައްކަތް ކުރިއަށް ނުދާކަން ހާމަ ވަނީ ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމުން: ވަހީދު

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާއިރު، އޭސީސީއަށް އެ މަންޒަރެއް ނުފެނޭ: ވަހީދު

ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާއިރު، އޭސީސީއަށް އެ މަންޒަރެއް ނުފެނޭ: ވަހީދު

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު