Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުމަދު އަބްދުﷲ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ އަޅުވެތިކަމަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް: އަހުމަދު އަބްދުﷲ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ރ. ދުވާފަރަށް ކުރެއްވި ޒިޔާރަތަށްފަހު ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، ސަރުކާރުގެ ނުފޫޒާއި ވަޒީފާގެ ބިރުދެއްކުންތަކާ މެދު ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުމެއް އޮތްކަން ފާހަގަކުރެވޭ ކަމަށް. މީގެ އިތުރުން، ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އިލެކްޝަންސް ކޮމިޝަނުން އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ އޭނާ ވަނީ އެކަން ކުށްވެރިކުރައްވާފަ. އެހެންކަމުން، އެކަށީގެންވާ މައުލޫމާތު ނުދީ އިންތިޚާބު ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2026 | ހޮނިހިރު 06:58
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ | ރާއްޖެ އެމްވީ

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަކީ ރައްޔިތުން އަޅުވެތިކަމަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުގެ ތެރެއިން ރ. ދުވާފަރުގައި ދޮރުން ދޮރަށް ހަރަކާތް ނިންމަވާލެއްވުމަށްފަހު ރާއްޖެ އެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި އަހުމަދު އަބްދުﷲ ވިދާޅުވީ، ދުވާފަރުގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވި އެއްކަމަކީ، މިހާރުގެ ވެރިކަންކުރާ ފިކުރަށް ތާއީދު ކުރާ ވަރަށް ގިނަބައެއްގެ ހިތުގައި ނަފުރަތާ ރުޅިވެރިކަން އޮތްކަމާއި މިސަރުކާރު ބަލިކުރުމުގެ ވިސްނުން ހުރިކަން ކަމަށެވެ. 

Advertisement - newsAdvertisement
އެހެންނަމަވެސް އެމީހުން އެބަ ފާހަގަކުރޭ ނުފޫޒާ އަރާއި ބަރާ އޮތީމަ ވަޒީފާގެ ބިރު ދެއްކުމާ އަދި ފައިސާގެ އަޅުންނަށް ރައްޔިތުން ހެދުމަށްޓަކައި ކުރަމުންގެންދާ ވިޔާނުދާ އަމަލުގެ ވާހަކަ.
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ

މީގެ އިތުރުން އަހުމަދު އަބްދުﷲ ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓުގެ ކަންތަކުގައި ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ލިބިފައިނެތް ކަމަށެވެ. އަދި ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދިނުމަކީ ގާނޫނީ ގޮތުން އިލެކްޝަން ކޮމިޝަނަށް ލާޒިމު ކަމެއް ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ. 

އިލެކްޝަން ކޮމިޝަނުން ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ހިއްސާނުކޮށް އިންތިހާބު ބެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާ އަހުމަދު އަބްދުﷲ ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އެކަންކަމުން އެއްކިބާވެގެން ތިބެ އެ ހިންގަނީ ޖަރީމާއެއް ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026އަހުމަދު އަބްދުﷲބާރަށު ދާއިރާރ. ދުވާފަރުއެމްޑީޕީއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު

މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު

13 ފެބުރުއަރީ 2026
ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

13 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމަށް ޕީއެންސީ އިން 1.5 މިލިއަން ރުފިޔާ އިން ފެށިގެން 3 ލައްކަ ޑޮލަރާ ހަމައަށް ހުށަހަޅައިފި

ކައުންސިލް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމަށް ޕީއެންސީ އިން 1.5 މިލިއަން ރުފިޔާ އިން ފެށިގެން 3 ލައްކަ ޑޮލަރާ ހަމައަށް ހުށަހަޅައިފި

13 ފެބުރުއަރީ 2026
ލާމަރުކަޒީ މި ނިޒާމް އެމްޑީޕީ ނޫން ބަޔަކަށް ދީލާލުމަކީ ރައްޔިތުން އަޅާނެ އެންމެ ފަހު، އެންމެ ނުބައި، އެންމެ ނުރައްކާތެރި ފިޔަވަޅު: އައްޑޫ މޭޔަރ ނިޒާރު

ލާމަރުކަޒީ މި ނިޒާމް އެމްޑީޕީ ނޫން ބަޔަކަށް ދީލާލުމަކީ ރައްޔިތުން އަޅާނެ އެންމެ ފަހު، އެންމެ ނުބައި، އެންމެ ނުރައްކާތެރި ފިޔަވަޅު: އައްޑޫ މޭޔަރ ނިޒާރު

13 ފެބުރުއަރީ 2026
ރިފަރެންޑަމް އަކީ މަކަރުވެރިކަމާއި އެކު ރައްޔިތުންގެ ބާރު ނެގުމަށް ކުރާ މަސައްކަތެއް، މިއީ ޕީއެންސީގެ ލޮލަށް ހެރޭނެ ތީރެއް: އަމީން

ރިފަރެންޑަމް އަކީ މަކަރުވެރިކަމާއި އެކު ރައްޔިތުންގެ ބާރު ނެގުމަށް ކުރާ މަސައްކަތެއް، މިއީ ޕީއެންސީގެ ލޮލަށް ހެރޭނެ ތީރެއް: އަމީން

13 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު