Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނ.ކެނދިކުޅުދޫ

ކެނދިކުޅުދޫ 30 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފައިސާ ހަމަނުޖެހޭތީ މަޑުޖެހިއްޖެ: ކައުންސިލްގެ ރައީސް ރައޫފް

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް ލަސްވަނީ ބޭންކު މެދުވެރިކޮށް ފައިސާ ހަމަޖެހުމުގައި ހުރި ދަތިތަކާ ގުޅިގެން ކަމަށްވާއިރު، ކުރިން 100 އެއްހާ މުވައްޒަފުން މަސައްކަތްކުރި ސައިޓުގައި މިހާރު ތިބީ އެންމެ 8 މުވައްޒަފުން. މިކަމުގެ ސަބަބުން ރަނގަޅު ސިއްހީ ހިދުމަތެއް ލިބޭނެ ކަމަށް އުއްމީދުކޮށްގެން ތިބި ކެނދިކުޅުދޫ އާއި ކައިރި ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2026 | ހުކުރު 10:16
އެމްޑީޕީ ސަރުކާރުގައި ކެނދިކުޅުދޫގައި ހަދަން ފެށި 30 އެނދުގެ ޓާޝަރީ ހޮސްޕީޓަލް.

އެމްޑީޕީ ސަރުކާރުގައި ކެނދިކުޅުދޫގައި ހަދަން ފެށި 30 އެނދުގެ ޓާޝަރީ ހޮސްޕީޓަލް. | ރާއްޖެ އެމްވީ

އެމްޑީޕީ ސަރުކާރުގައި ފެށި ކެނދިކުޅުދޫ 30 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް މި ސަރުކާރުން ކަންކަން ކުރާގޮތުން ފައިސާ ހަމަނުޖެހި މަސައްކަތް މަޑުޖެހިފައިވާ ކަމަށް ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވެއްޖެ އެވެ. 

ކެނދިކުޅުދޫ 30 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޕްރޮޖެކްޓް އިއުލާންކޮށް އެއަހަރުގެ އޮގަސްޓް މަހު ބިންގާ އެޅި މަޝްރޫއެކެވެ. ނަމަވެސް ސަރުކާރު ބަދަލުވި ފަހުން ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ލަސް ސްޕީޑުގަ އެވެ. މިކަމާއި ގުޅިގެން ރާއްޖެޓީވީ އާއި ވާހަކަ ދައްކަވަމުން ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވީ 2023 ވަނަ އަހަރު ޕްރޮޖެކްޓުގެ މަސައްކަތް ފެށުނު ކަމަށެވެ. އަދި ޕްރޮޖެކްޓުގެ ކޮންކްރީޓް މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދިޔަ ކަމަށާއި، ވެރިކަން ބަދަލުވެއްޖެ ނަމަ މަސައްކަތަށް ލަސްކަމެއް އައިސްދާނެ ކަމުގެ ބިރު އެއިރު ވެސް އޮތް ކަމަށެވެ. 

ކައުންސިލްގެ ރައީސް ވިދާޅުވީ ހޮސްޕިޓަލުގެ މަސައްކަތް އެކިފަހަރު މަތިން ހުއްޓި 100 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ އެ ޕްރޮޖެކްޓުގައި މިހާރު މަސައްކަތް ކުރަމުންދަނީ އެންމެ 8 މުވައްޒަފުން ކަމަށެވެ. 

މިއީ 193 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓް ހަވާލުކުރީ ބޭންކު ލޯން ކޮންޓްރެކްޓަރަށް ލިބޭ ގޮތަށް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން. ބޭންކު ބޯޑު ބަދަލުކުރުމާއި ސަރުކާރުގެ ތެރެއިން ހިނގައި ދިޔަ ކަންތަކާއި ގުޅިގެން ފައިސާ ނުލިބޭ ކަމަށް ކޮންޓްރެކްޓަރ ސައިޑުން މައުލޫމާތުދޭ. އެހެންވީމާ ލަސްކަމެއް އެބަ އާދޭ. 
ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް 

ކައުންސިލް ރައީސް ވިދާޅުވީ ހޮސްޕިޓަލް ޕްރޮޖެކްޓަކީ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ހޮސްޕިޓަލުގެ މަސައްކަތް ފެށުމުން ރައްޔިތުން ތިބީ ވަރަށް އުފަލުން ކަމަށާއި، ރައްޔިތުން އުއްމީދުކުރީ ރަށުގައި ތިބެގެން ރަނގަޅު ސިއްހީ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކެނދިކުޅުދޫގެ އިތުރުން ކައިރި ރަށްރަށުގެ ރައްޔިތުން ވެސް ހޮސްޕިޓަލާ ދޭތެރޭގައި އުއްމީދު ކުރި ކަމަށެވެ. 

ރައޫފް ވިދާޅުވީ މި ޕްރޮޖެކްޓަކީ އެމްޑީޕީގެ ރިޔާސީ ވައުދެއް ނޫން ނަމަވެސް ވެރިކަމުގެ ތެރޭގައި އެމްޑީޕީ އިން ކެނދިކުޅުދޫ އަށް ދިން ސަމާލުކަމުގެ ސަބަބުން އެ ޕްރޮޖެކްޓް އެރަށަށް ލިބިގެންދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ ސިއްހީ ދާއިރާއިން އުފުލަމުން ދިޔަ ތަކުލީފުތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރި ކަމަށާއި ނަމަވެސް މަަސައްކަތް އަދިވެސް ނުނިމޭ ކަމަށެވެ. 

ކެނދިކުޅުދޫމުހައްމަދު ރައޫފްކެނދިކުޅުދޫ ޓާޝަރީ ހޮސްޕިޓަލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވެރިކަން ބަދަލުވުމާއެކު ކެނދިކުޅުދޫ ބަނދަރުގެ މަސައްކަތް ކުރަނީ މަލާމާތް ކުރާ އުސޫލުން: ކައުންސިލުގެ ނައިބު ރައީސް

ވެރިކަން ބަދަލުވުމާއެކު ކެނދިކުޅުދޫ ބަނދަރުގެ މަސައްކަތް ކުރަނީ މަލާމާތް ކުރާ އުސޫލުން: ކައުންސިލުގެ ނައިބު ރައީސް

11 ފެބުރުއަރީ 2026
ލާމަރުކަޒީ ނިޒާމުގެ ބާރުތައް ނަގަނީ ސަރުކާރަށް ވުރެ ބޮޑަށް ކައުންސިލްތަކުން މަޝްރޫއުތައް ހިންގާތީ: ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ރައޫފް

ލާމަރުކަޒީ ނިޒާމުގެ ބާރުތައް ނަގަނީ ސަރުކާރަށް ވުރެ ބޮޑަށް ކައުންސިލްތަކުން މަޝްރޫއުތައް ހިންގާތީ: ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ރައޫފް

06 ފެބުރުއަރީ 2026
ރައީސް ސާލިހް ސަރުކާރުން ކެނދިކުޅުދޫގައި އަޅަން ހަވާލުކުރި ޖޫނިޔަރ ކޮލެޖުގެ ބިންގާ ޑރ މުއިއްޒު ސަރުކާރުން އަޅައިފި

ރައީސް ސާލިހް ސަރުކާރުން ކެނދިކުޅުދޫގައި އަޅަން ހަވާލުކުރި ޖޫނިޔަރ ކޮލެޖުގެ ބިންގާ ޑރ މުއިއްޒު ސަރުކާރުން އަޅައިފި

18 އެޕްރީލު 2025
ފުވައްމުލަކުގެ 50 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ: މިނިސްޓަރު

ފުވައްމުލަކުގެ 50 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ: މިނިސްޓަރު

23 މާރިޗު 2024
ކެނދިކުޅުދޫގައި އަޅާ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލްގެ މަސައްކަތް އަވަހަށް ފައްޓަވައިދެއްވުމަށް އެދިއްޖެ

ކެނދިކުޅުދޫގައި އަޅާ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލްގެ މަސައްކަތް އަވަހަށް ފައްޓަވައިދެއްވުމަށް އެދިއްޖެ

02 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު