Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ ބާރު ދަށްކުރަން ތައްޔާރު، ދަތިތައް އުވާލަންޖެހޭ

60 އިންސައްތައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ޑައިލިއުޓްކޮށް، އޭގެ ކޮންސެންޓްރޭޝަން ދަށްކުރުމުގެ ފުރުސަތު އޮތްކަން ހާމަކުރި ނަމަވެސް، މިއީ ހަމައެކަނި އެމެރިކާގެ ފިޔަވަޅުތަކާ ގުޅޭގޮތުން ދެއްކި ވާހަކައެއްކަން ސާފެއް ނުވޭ.

ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2026 | ހޯމަ 13:12
އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން 4 ނޮވެމްބަރު 2019 ގައި އާންމުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ، ވެރިރަށް ތެހެރާނުގެ ދެކުނުން ގާތްގަނޑަކަށް 300 ކިލޯމީޓަރު ދުރުގައި ހުންނަ ނަތާންޒް ނިއުކްލިއާ ރިސާޗް ސެންޓަރުގައި ގާއިމުކޮށްފައިވާ ނިއުކްލިއާ މުއްސަނދިކުރާ ފެސިލިޓީ.

އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން 4 ނޮވެމްބަރު 2019 ގައި އާންމުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ، ވެރިރަށް ތެހެރާނުގެ ދެކުނުން ގާތްގަނޑަކަށް 300 ކިލޯމީޓަރު ދުރުގައި ހުންނަ ނަތާންޒް ނިއުކްލިއާ ރިސާޗް ސެންޓަރުގައި ގާއިމުކޮށްފައިވާ ނިއުކްލިއާ މުއްސަނދިކުރާ ފެސިލިޓީ. | އޭއެފްޕީ

އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލައިފިނަމަ، އެ ގައުމުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ގެ ބާރު ދަށްކުރަން ތައްޔާރަށް އޮތް ކަމަށް އީރާނުގެ އެޓޮމިކް އެނާޖީ އެޖެންސީގެ އިސްވެރިޔާ ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ. އީރާނުން މިހެން ބުނެފައިވަނީ އެމެރިކާ އާ އެކު އަލުން މަޝްވަރާތައް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

އީރާނުގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 60 އިންސައްތަ އަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ މިންވަރުގެ ބާރު ދަށްކުރުމުގެ ފުރުސަތާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ވެރިޔާ މުޙައްމަދު އިސްލާމީ ވިދާޅުވީ، އެކަން ބިނާވެފައިވަނީ އޭގެ ބަދަލުގައި އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުމުގެ މައްޗަށެވެ. ނަމަވެސް، މިއީ ހަމައެކަނި އެމެރިކާ އިން އަޅާފައިވާ ފިޔަވަޅުތައް ކަމެއް ނުވަތަ އީރާނާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް ކަމެއް އޭނާ ސާފުކޮށްދެއްވާފައެއް ނުވެ އެވެ.

ޔުރޭނިއަމްގެ ބާރު ދަށްކުރުމަކީ (ޑައިލިއުޓް ކުރުމަކީ) މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ތެރެއަށް ވަކި މާއްދާތަކެއް އެއްކޮށްގެން އޭގެ ކޮންސެންޓްރޭޝަން ނުވަތަ މުއްސަނދިކަމުގެ މިންވަރު ދަށްކުރުމެވެ. މިގޮތަށް ހެދުމުން ޔުރޭނިއަމްގެ މުއްސަނދިކަން ކަނޑައެޅިފައިވާ ވަކި މިންގަނޑަކަށްވުރެ މަތިވިޔަނުދީ ހިފެހެއްޓެ އެވެ.

އީރާން-އެމެރިކާޔޫރޭނިއަމްމުޙައްމަދު އިސްލާމީއެޓޮމިކް އެނާޖީއީރާން ނިއުކްލިއަރ ޕްރޮގްރާމް

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2026

އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ

08 ފެބުރުއަރީ 2026
އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ
08 ފެބުރުއަރީ 2026

އީރާންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވަނީ

08 ފެބުރުއަރީ 2026
އީރާންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވަނީ
07 ފެބުރުއަރީ 2026

މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

07 ފެބުރުއަރީ 2026
މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް
06 ފެބުރުއަރީ 2026

އެެމެރިކާ އާ އެކު ބޭއްވި މަޝްވަރާ ތައް ނިމުނު ތަނުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

06 ފެބުރުއަރީ 2026
އެެމެރިކާ އާ އެކު ބޭއްވި މަޝްވަރާ ތައް ނިމުނު ތަނުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
06 ފެބުރުއަރީ 2026

އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް "ރަނގަޅު ފެށުމެއް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

06 ފެބުރުއަރީ 2026
އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް "ރަނގަޅު ފެށުމެއް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު