Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެގްރޯނެޓް އިމާރާތް

ދަނޑުވެރިން ހައްދާ ތަކެތި ގަނެފަ ބެހެއްޓޭ ގޮތަށް މަނަދޫގައި އެގްރޯނެޓް އިން އިމާރާތް ކުރި ތަނުގެ ބޭނުން ނުހިފާ ހުރެ ވީރާނާވަނީ

ނ. މަނަދޫގައި އެގްރޯނެޓުން އިމާރާތްކުރި ކޯލްޑް ސްޓޯރޭޖާއި އޮފީސް ބޭނުންނުކޮށް ދޫކޮށްލާފައި ހުރުމުގެ ސަބަބުން އެތަން ވީރާނާވަމުންދާ ކަމުގެ ކަންބޮޑުވުން އެ ރަށު ކައުންސިލުން ފާޅުކުރޭ. އަދި ކައުންސިލަށް ލިބެންޖެހޭ ބިމު ކުލި ނުލިބޭތީ އެތަން ކައުންސިލާ ހަވާލުކުރުމަށް އެދިފައިވީ ނަމަވެސް، އެގްރޯނެޓުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2026 | ހުކުރު 08:33
ނ. މަނަދޫގައި ރައީސް ސޯލިހުގެ ސަރުކާރުގައި އެގްރޯނެޓުން ދަނޑުވެރިން އަތުން ތަކެތި ގަނެ ރައްކާކުރެވޭ ގޮތަށް ހެދި އިމާރާތް

ނ. މަނަދޫގައި ރައީސް ސޯލިހުގެ ސަރުކާރުގައި އެގްރޯނެޓުން ދަނޑުވެރިން އަތުން ތަކެތި ގަނެ ރައްކާކުރެވޭ ގޮތަށް ހެދި އިމާރާތް | ރާއްޖެ އެމްވީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ދަނޑުވެރިން ހައްދާ ތަކެތި ގަނެފަ ބެހެއްޓޭ ގޮތަށް ނ. މަނަދޫގައި އެގްރޯނެޓް އިން އިމާރާތް ކުރި ތަނުގެ ބޭނުން ނުހިފާ ހުރެ ވީރާނާވަމުންދާ ކަމަށް އެ ރަށު ކައުންސިލް މެންބަރު މުއުމިނާ ސޯލިހު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ އަށް މައުލޫމާތު ދެއްވަމުން މުއުމިނާ ސޯލިހު ވިދާޅުވީ އެ އިމާރތަކީ އެގްރޯނެޓްގެ ފަރާތުން އިމާރާތެ އެޅުމަށް އެދުމުން ކައުންސިލުން ކުލީގެ އުސޫލުން ބިމެއް ދީފައިވާ ބިމުގައި އިމާރާތްކޮށްފައިވާ ތަނެއް ކަމަށެވެ. އަދި އެ ބިމަކީ ކައުންސިލަށް ބިމު ކުލި ލިބެމުން ދިޔަ ތަނެއް ކަމަށާއި، އިމާރާތުގެ މަސައްކަތް ވެސް ހުރީ ނިމިފައި ކަމަށެވެ. މުއުމިނާ ވިދާޅުވީ އިމާރާތުގައި ކޯލްޑް ސްޓޯރޭޖް ގާއިމް ކުރެވި މެޝިނަރީތައް ބަހައްޓާ އޮފީސް އިމާރާތެއް ވެސް ހިމެނޭ ކަމަށެވެ. 

މި ދެންނެވި ހުރިހާ ކަމެއް ވެސް ހުރީ ނިމިފައި. ކޯލްޑް ސްޓޯރޭޖް ވެސް ގާއިމް ކުރެވިފައި. ވެރިކަން ބަދަލުވި ފަހުން އަޅުގަނޑުމެންނަށް ވެސް ވާނުވާ ނޭނގޭ. އެހާ ހިސާބުން ކައުންސިލަށް ކުއްޔެއް ނުލިބޭ. ކައުންސިލުން ކަންބޮޑުވުން ވެސް ހުށަހެޅިން. އަނެއް ކޮޅުން ކުލީގެ އިތުރުން އެތަން ސާފުކޮށް ބެލެހެއްޓޭނެ ގޮތެއް ނެތި ދައުލަތުން ބޮޑުއަގެއް ދީފައި ހަރަދުތަކެއް ކޮށްފައި ހުރިތަނެއް ވީމަ، ސާފުކޮށް ބެލެހެއްޓޭނެ ގޮތެއް ނެތި އިމާރާތް ވިރާނާވަމުންދާތީ އެ ކަންބޮޑުވުން ވެސް ހުންނާނެ އެގްރޯނެޓާއި ހިއްސާކޮށްފައި. 
މަނަދޫ ކައުންސިލް މެންބަރު މުއުމިނާ ސޯލިހު

މުއުމިނާ ވިދާޅުވީ އެގްރޯނެޓަށް ކަންބޮޑުވުން ހިއްސާކުރި ނަމަވެސް މިހާތަނަށް ވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި އެގްރޯނެޓުން އިމާރާތް ބޭނުން ނުކުރާނަމަ ކައުންސިލާއި އިމާރާތް ހަވާލުކޮށްދޭން ވެސް އެދިފައިވާނެ ކަމަށާއި، އެގޮތަށް އެދުނީ އިމާރާތް ކައުންސިލުން ބޭނުންކޮށް ތަން ބަލަހައްޓަން ކަމަށެވެ. 

މުއުމިނާ ވިދާޅުވީ އިމާރާތް ބޭނުން ނުކޮށް ކައުންސިލަށް ކުލި ނުލިބޭ މައްސަލައިގައި ކައުންސިލްގެ ޖަލްސާއަކުން އިމާރާތް ނަގަން ވެސް ފާސްކޮށް އެންގުން ވެސް ފޮނުވި ކަމަށެވެ. ނަމަވެސް މިހާތަނަށް އައި އިރު އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް މުއުމިނާ ވިދާޅުވި އެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުނ. މަނަދޫއެގްރޯނެޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންޑިއާ އެމްބަސީ އިން ބަޖެޓް ހަމަޖައްސަދިން، މަނަދޫ މަލްޓިޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ ހާލަތު ސާފުނުވޭ: ކައުންސިލް

އިންޑިއާ އެމްބަސީ އިން ބަޖެޓް ހަމަޖައްސަދިން، މަނަދޫ މަލްޓިޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ ހާލަތު ސާފުނުވޭ: ކައުންސިލް

13 ފެބުރުއަރީ 2026
މަނަދޫ ހޮސްޕިޓަލް ޖުލައި މަހު ބިންގާ އެޅި ނަމަވެސް މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ބައެއް ރުށްތައް ކަނޑާ، ނެގުން!

މަނަދޫ ހޮސްޕިޓަލް ޖުލައި މަހު ބިންގާ އެޅި ނަމަވެސް މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ބައެއް ރުށްތައް ކަނޑާ، ނެގުން!

12 ފެބުރުއަރީ 2026
ވެރިކަން ބަދަލުވި އިރު ފިނިޝިންގ މަސައްކަތް ކުރަމުން ދިޔަ މަނަދޫ ސްކޫލުގެ 3 ބުރީގެ އިމާރާތުގެ ބޭނުން ކުރެވޭނެ ގޮތެއް އަދިވެސް ނުވޭ

ވެރިކަން ބަދަލުވި އިރު ފިނިޝިންގ މަސައްކަތް ކުރަމުން ދިޔަ މަނަދޫ ސްކޫލުގެ 3 ބުރީގެ އިމާރާތުގެ ބޭނުން ކުރެވޭނެ ގޮތެއް އަދިވެސް ނުވޭ

11 ފެބުރުއަރީ 2026
ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ ރައީސް މުއިއްޒު މިހާރު އެކުރައްވާ ކަންތަކުން ސަރަހައްދުގައި ހަމަނުޖެހުން އުފެދޭނެ: ރައީސް ސޯލިހު

ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ ރައީސް މުއިއްޒު މިހާރު އެކުރައްވާ ކަންތަކުން ސަރަހައްދުގައި ހަމަނުޖެހުން އުފެދޭނެ: ރައީސް ސޯލިހު

08 ފެބުރުއަރީ 2026
ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިޙް ފޯކައިދޫގައި ދޮރުން ދޮރަަށް

ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިޙް ފޯކައިދޫގައި ދޮރުން ދޮރަަށް

08 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު