Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ސަރުކާރުގެ ހެޔޮކަން ދައްކަން ޖެހެނީ މަސް ދަޅު ކޭސް ބަހައިގެނެއް ނޫން!

މަސް ދަޅު ކޭސް ބެހުން ގޯސް ކުރާކަށް ބޭނުމެއް ނޫން. އެކަމަކު، ސަރުކާރަކާ ހަވާލުވެ، ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނަވަނީ، ކޮންމެ އަހަރެއްގެ ރަމަޟާން މަހު މަސް ދަޅު ކޭސް ބަހަން ވެއްޖިއްޔާ، ކަމަކު ނުދޭ. ރައްޔިތުންނަށް ބޭނުންވާ އެއްވެސް ކަމެއް ނުކޮށްދީ މުޅި އަހަރު ދުވަސް ބޭކާރަށް ދުއްވާލައި، އަހަރަށް ރައްޔިތުންގެ ޓެކްސް ފައިސާ އިން ފާސް ކުރާ ބަޖެޓު ދުމަށް އަރުވާލުމަށް ފަހު، އެކަން ހިންދާލަން މަސް ދަޅު ކޭސް ބަހާ ނަމަ، ލަދުވެތި ކަމުގެ އިންތިހާ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 07:53
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު | ރައީސް އޮފީސް

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން މަސް ދަޅު ކޭސް ބަހަން ފަށައިފި އެވެ. މާލޭ އާއި ހުޅުމާލޭގެ އިތުރުން، އަތޮޅު ތެރޭގެ ސިޓީތަކާއި އެކި ރަށް ތަކުގައި ފޯރިޔަކާ އެކު މަސް ދަޅު ކޭސް ބަހަމުން ދަނީ އެވެ. ސަރުކާރުގެ ވަޒީރުންނާއި، އެކްޓިވިސްޓުންގެ ބަހުން ނަމަ، އިންތިހާ އަށް ޖޯޝާއި، ފޯރީގައި މަސް ދަޅު ކޭސް ބެހުން ކުރިއަށް ގެންދަނީ އެވެ. ހިންދަމާ ނުލައި، ބަހަނީ މަސް ދަޅު ކޭހެވެ. 

އެއާ އެކު، ސޯޝަލް މީޑިއާ އާއި، އެކި އެކި ވީޑިއޯ ކްލިޕް ތަކުން އަޑު އިވެމުން އަންނަނީ ސަރުކާރުގެ ހެޔޮ ވާހަކަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އޯގާތެރިކަމާއި، ރައްޔިތުންނާ މެދު އެމަނިކުފާނުގެ ހިތުގައި އޮތް އިޙުސާންތެރި ކަމުގެ ވާހަކަ އެވެ. އެއް ބަޔަކު މަސް ދަޅު ކޭހާ އެކު އިންޓަވިޔުދީ ސަރުކާރަށް ސަނާ ކިޔަމުން ދާއިރު، އަނެއް ބަޔަކު ކިޔޫގައި ތިބެގެން ރައީސް މުޢިއްޒު އަށް ހުޝާމަދު ކުރަނީ އެވެ. 

ހިތަށް އެރި އެވެ. މަސް ދަޅު ކޭސް ބެހުން ގޯސް ކުރާކަށް ބޭނުމެއް ނޫނެވެ. އެކަމަކު، ސަރުކާރަކާ ހަވާލުވެ، ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނަވަނީ، ކޮންމެ އަހަރެއްގެ ރަމަޟާން މަހު މަސް ދަޅު ކޭސް ބަހަން ވެއްޖިއްޔާ، ކަމަކު ނުދެ އެވެ. ރައްޔިތުންނަށް ބޭނުންވާ އެއްވެސް ކަމެއް ނުކޮށްދީ މުޅި އަހަރު ދުވަސް ބޭކާރަށް ދުއްވާލައި، އަހަރަށް ރައްޔިތުންގެ ޓެކްސް ފައިސާ އިން ފާސް ކުރާ ބަޖެޓު ދުމަށް އަރުވާލުމަށް ފަހު، އެކަން ހިންދާލަން މަސް ދަޅު ކޭސް ބަހާ ނަމަ، ލަދުވެތި ކަމުގެ އިންތިހާ އެވެ.

55 ބިލިއަނަށް ވުރެ ބޮޑު ބަޖެޓެއް ފާސް ކުރުމަށް ފަހު، ރައްޔިތުން ޤައުމު ހަވާލު ކުރީ ޚިދުމަތް ކުރުމަށެވެ. ރައްޔިތުންނަށް ލުއި ފަސޭހަ ކަންކަން ހޯދުމަށެެވެ. އަހަރަމެންގެ ރަށް ތަކުގެ ފެނާއި ނަރުދަމާ ޤާއިމު ކުރުމަށެވެ. ކުރީގެ ސަރުކާރަކުން ފެނާއި ނަރުދަމާގެ މަސައްކަތް ފަށައި، ކަނެކްޓިވިޓީ ހަދާލަން ޖެހޭ ހިސާބުގައި ހުރި އެތައް މަޝްރޫއު ތަކެއް ފުރިހަމަ ކުރުމަށެވެ. ބައުވެ، ގެދަބުޅި ވެފައިވާ އެތައް އިންޖީނު ގެތަކެއް، އެންމެ ޒަމާނީ ފެންވަރަށް ބަދަލުކޮށް، ކަންފަތުގެ ތޫރި އަށް އުނދަގޫވާ ވަރަށް އިވެމުން ދިޔަ އިންޖީނުގެ އަޑު މަޑުކޮށް، އެންމެ ޒަމާނީ ކޭބަލް މަގު ތަކުގައި އަޅައިގެން އައު އިންޖީނުގެ އިމާރާތް ކުރުމަށް އެ ސަރުކާރުން ފެށި މަޝްރޫއު އެއްކޮށް ނިންމުމަށެވެ. 

ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކޮށް، ތާރު އަޅައި، ވިއްސާރަ މޫސުމުގައި ވެސް ހާސް ކަމެއް ނެތި މަގު މަތީގައި ރައްޔިތުންނަށް އުޅެވޭނެ ގޮތެއް ހޯދަން ކުރީ ސަރުކާރުން ފެށި މަޝްރޫއުތައް ނިންމައި ދިނުމަށެވެ. ލަފާ ފުރަން އޮތް ބަނދަރުގެ ޖާގަ ދަތިވެފައިވާތީ، ބަނދަރު ބޮޑު ކުރަން ކުރީ ސަރުކާރުން ފެށި މަޝްރޫއުތައް ނިންމައި، ކާފަމެން އުމުރުގެ ބޭބެމެންނަށް ފަސޭހަ އިން ލަފާ ފުރޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށެވެ.

ލަކުޑި ފެރީ ތަކުގައި ދަތުރު ކުރުމުގެ ދުވަސްތައް ނިމުމަކަށް ގެނެސް، އޭސީ ކޮށްފައި ހުރި، ގަދަ ކަނޑުގައި ދަތުރު ކުރާއިރު ވެސް ރީތިކޮށް ލެގިލައިގެން ތިބެވޭނެ، އެޕްލިކޭޝަން އަކުން ޓިކެޓު ނަގައިގެން، ބާކޯޑް ޖަހައިގެން ލޯންޗަކަށް އަރައިގެން ދަތުރު ކުރަން ހަމަޖެއްސި ލޯންޗު ފެރީގެ ނިޒާމު މުޅި ރާއްޖެ އަށް ފުރިހަމަ ކުރުމަށެވެ. 

ނިމުނީއެއް ނޫނެވެ. މަތީ ތައުލީމު ހާސިލު ކުރަން ބޭނުންވާ ދަރިވަރުންނަަށް ލޯނު ހަމަޖެއްސުމާއި، ހިލޭ ޑިގްރީ އަށް ކިޔެވުމުން ފެށިގެން ގޮސް، ހިލޭ ބޭސް ފަރުވާ ހޯދަން ޤާއިމު ކޮށްފައި އޮތް ނިޒާމު ފުރިހަމަ ކުރުމާއި، ރަށް ރަށުން ފަސޭހަ އިން އާދައިގެ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ފަސޭހަ އިން އާސަންދަ ހަމަޖެއްސުމުން ފެށިގެން ގޮސް، ރައްޔިތުންގެ އަސާސީ ކަންކަމަށް އިސްކަން ދިނުމަށް ސަރުކާރަށް އޮންނަނީ ޒިންމާ މަތި ކޮށްފަ އެވެ. ފަސް އަހަރު ދުވަހުގެ ސަރުކާރެއްގައި ދަތި ނުވެ ބޭސް ލިބިއްޖެ އެވެ. އާސަންދަ އާއި އެންސްޕާ ވެސް ހަމަޖެހިއްޖެ އެވެ. މިއަދި ރައްޔިތުން ބޭނުން ވަނީ މި ފަސް އަހަރު ވެސް ދަތި ނުވެ އެކަންކަން ފަހިވުމެވެ.

މިއަދު އެކަންކަން ނުވެ އެވެ. ރައްޔިތުންނަށް ފަސޭހައެއް ނުވެ އެވެ. ރައްޔިތުންގެ ކުރިއެރުމާއި، ތަރައްޤީ އާާއި ލާބަޔަށް ފަށާފައި ހުރި މަޝްރޫއުތައް މަޑު ޖެހިއްޖެ އެވެ. މި ސަރުކާރުން، ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ހިނގައި ގަންނާނެ ދުވަހެއް އިނގޭނެ މީހަކު މި އުޑު ބަޅު ކުރެއްވި ހިސާބުގައި ވެސް ނެތީ އެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ބިން ކޮޅެއް ހިއްކާލުމާއި، ފައިލެއްގައި އޮންނަ އޭފޯ ގަނޑެއްގައި ކަޅު ނުވަތަ ނޫ ކުލައިގެން ގަލަމަކުން ސޮއި ކޮށްލުން ފިޔަވައި، މި ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު އެއްވެސް ކަމެއް ހަަމަ، ހަތް ޙަރާމުން ޙަރާމީ އެވެ. 

ރާއްޖޭގެ އުތުރާއު ދެކުނުން މިއަދު އިވެނީ ރައްޔިތުންގެ ޝަކުވާގެ އަޑެވެ. ކަންކަން ނުވާ ވާހަކަ އާއި، ރައްޔިތުން އުޅެމުން އަންނަ ދަތި ޙާލުގެ ވާހަކަ އެވެ. މި ހުރިހާ ވާހަކަ އަކާއި، ޝަކުވާ އަކާއި، ކަންބޮޑުވުމަކާއި، ކެކުޅުން ތަކެއްގެ ތެރޭގައި ރައްޔިތުން ތިއްބާާ، ރަމަޟާން މަހާ ދިމާކޮށް ދިއްކޮއްލާ މަސް ދަޅު ކޭހަކީ ރައްޔިތުންނަށް ހައްގުވާ މިންވަރެއް ނޫނެވެ. އެއީ ސަރުކާރާއި، ރައީސް މުޢިއްޒުގެ ހެޔޮފުޅު ކަމެއް ވެސް ނޫނެވެ. މަސް ދަޅު ކޭސް ވެސް ގަންނަނީ ނިކަމެތި ރައްޔިތު މީހާ ދައްކާ ޓެކްސް ފައިސާ ނޫން ދެން ކޮން ފައިސާ އަކުން ހެއްޔެވެ؟ 

ރައްޔިތުން ވެސް ކުޑަކޮށް ހޭވެރިވާން ވެއްޖެ ކަމަށް ދެކެމެ އެވެ. އިންތިހާ އަށް ސަރުކާރާ މެދު މާޔޫސްވެ، ކަންކަން ނުވާ ވާހަކަ ދައްކަން ފެށީމާ، އެ ދިއްކޮއްލާ މަސް ދަޅު ކޭހުން "ޗަލުވާލެވޭ" ބަޔަކަށް ނުވާށެވެ. ސަރުކާރަށް ކަންކަން ނުވަންޏާ، އެ ވާހަކަ ދައްކާށެވެ. އެކަމަށް ސަރުކާރު ޖަވާބުދާރީ ކުރުވަން ލިބޭ ފުރުސަތުގައި ވިސްނައިގެން ކަންކަން ކުރީމާ ރަނގަޅު ވާނީ ރައްޔިތު މީހާ އަށެވެ. ރަމަޟާން މަހު ދަސް ދަޅު ކޭހެއް ދީ، ކަރަންޓު ބިލު ހަތަރު ސަތޭކަ އަށް ވުރެ ބޮޑު ނުކޮށް ތިބެފައި، ދެން އަންނަ މަހު ފޮނުވާ ކަރަންޓު ބިލާ އެކު "ދެ ލޯ މުދުނަށް" އަރާނީ ވެސް ރައްޔިތުންގެ އެވެ.

މަގޭ ރިޕޯޓްރަަމަޟާންމަސްދަޅު ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ

ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ

02 ފެބުރުއަރީ 2026
އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން އިސްތިއުފާދެއްވައިފި

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން އިސްތިއުފާދެއްވައިފި

01 ފެބުރުއަރީ 2026
ރަމަޟާން މަހަށް މިދަނީ ވަރަށް ފުރިހަމަ އަށް ތައްޔާރުވަމުން، ހުރިހާ މިސްކިތްތަކެއް އާބާތުރަ ފިލުވައި ނިމޭނެ: މޭޔަރު އާޒިމް

ރަމަޟާން މަހަށް މިދަނީ ވަރަށް ފުރިހަމަ އަށް ތައްޔާރުވަމުން، ހުރިހާ މިސްކިތްތަކެއް އާބާތުރަ ފިލުވައި ނިމޭނެ: މޭޔަރު އާޒިމް

01 ފެބުރުއަރީ 2026
ފުވައްމުލަކުން އައްޑޫ އަށް ދެވެނީ ދޮޅު ގަޑި އިރުން ކަަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ހެއްދެވީ އިތުރުފުޅެއް!

ފުވައްމުލަކުން އައްޑޫ އަށް ދެވެނީ ދޮޅު ގަޑި އިރުން ކަަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ހެއްދެވީ އިތުރުފުޅެއް!

31 ޖެނުއަރީ 2026
ބޮޑު ވަޒީރު މޯދީ ރައީސް މުއިއްޒު އަށް ޝުކުރު އަދާ ކުރައްވާ ކުރެއްވި ޕޯސްޓެއް، އޭއައި ގްރޮކް އިން ތަރުޖަމާ ކޮށް އާންމު ކުރި އިރު އޮންނަނީ މި ސަރުކާރުގައި ތިބީ އިންޑިއާ އާ ދެކޮޅު ހަރަކާތުގައި ކުރީ ސަފުގައި ތިބި މީހުން ކަމަށް!

ބޮޑު ވަޒީރު މޯދީ ރައީސް މުއިއްޒު އަށް ޝުކުރު އަދާ ކުރައްވާ ކުރެއްވި ޕޯސްޓެއް، އޭއައި ގްރޮކް އިން ތަރުޖަމާ ކޮށް އާންމު ކުރި އިރު އޮންނަނީ މި ސަރުކާރުގައި ތިބީ އިންޑިއާ އާ ދެކޮޅު ހަރަކާތުގައި ކުރީ ސަފުގައި ތިބި މީހުން ކަމަށް!

30 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު