Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވް ގޭސް

ލުއި ގޭސް ހުސްވެފައިވާކަން އެނގޭ، ހުސްވި ސަބަބު ނޭނގޭ: އެމްޑީ އަބްދުﷲ

މީގެ ކުރިން ގޭސް ޝިޕްމަންޓަކަށް ދެއްކި 2 ލައްކަ ޑޮލަރު ގެއްލިފައިވާއިރު އެ އޯޑަރު ދީފައިވަނީ ގާބިލުކަން ނެތް ކުންފުންޏަކަށް އެމްޑީގެ އިރުޝާދުގެ މަތިން ކަމަށް ވަނީ ހާމަވެފައި.

އަލީ ޝާހީން
އަލީ ޝާހީން | 2 ފެބުރުއަރީ 2026 | ހޯމަ 12:10
މޯލްޑިވް ގޭސް ގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މުހައްމަދު

މޯލްޑިވް ގޭސް ގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މުހައްމަދު | ރާއްޖެ އެމްވީ

ސަރުކާރުގެ ގޭސް ކުންފުނިން ލުއި ގޭސް ހުސްވީ ކީއްވެކަން ނޭނގޭ ކަމަށާއި އެކަން ހިނގި ގޮތް އިނގޭނީ އެސްޓިއޯ އަށް ކަމަށް މޯލްޑިވް ގޭސް ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ. 

މޯލްޑިވްސް ގޭސް އިން ލުއި ފުޅި ހުސްވުމާއި ގުޅިގެން އެކަން ޔަގީން ކުރުމަށް ރާއްޖެ އެމްވީ އިން ގޭސް ދޫކުރާ ކައުންޓަރަށް ގޮސް ސުވާލު ކުރުމުން ބުނީ، ލުއި ގޭސް ހުސްވެފައިވާ ކަމަށާއި ލިބޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށެވެ. އަދި މިވަގުތު ކޮންމެސް ވަރަކަށް ދަގަނޑު ފުޅި ލިބެން ހުރިކަމަށް ގޭސް ދޫކުރާ ކައުންޓަރުން ބުންޏެވެ. 

މިކަމާއި ގުޅިގެން ރާއްޖެ އެމްވީ އިން ގޭސް ކުންފުނީގެ އެމްޑީ އަބްދުﷲ މުހައްމަދު އަށް ގުޅުމުން ވިދާޅުވީ، ލުއި ގޭސް ހުސްވެފައިވާކަން އެނގޭ ކަމަށާއި އެހެން ނަމަވެސް ހުސްވި ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަން އެގޮތަށް ދިމާވި ސަބަބު އޮޅުންފިލުވަން ގުޅަންޖެހޭނީ އެސްޓިއޯ އަށް ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

އަޅުގަނޑުމެންނެއް ނޫން ގޭސް ގެންނަނީ އެސްޓީއޯ އަށް އެނގިވަޑައިގަންނަވާނީ. އެސްޓިއޯ އިން ގެންނަ ގޭސް އަޅުގަނޑުމެން ފުޅިތަކަށް އަޅާ ވިއްކަނީ. ތީގެ ތަފްސީލް އެނގިވަޑައިގަންނަވާނީ އެސްޓީއޯ އަށް.
މޯލްޑިވް ގޭސް ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު

މީގެ އިތުރުން އަބްދުﷲ ވިދާޅުވީ، އެސްޓީއޯ އާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި ގޭހުގެ އަޕްޑޭޓެއް އެ ކުންފުންޏަށް ލިބިފައިނުވާ ކަމަށެވެ. އަދި އެސްޓީއޯ އިން ގޭސް ގަންނަނީ ކީއްވެތޯ ސުވާލުކުރުމުން އަބްދުﷲ ވިދާޅުވީ އެއްގޮތަކަށް ވެސް އެސްޓީއޯ އިން ގޭސް ގަންނަނީ ކިއްވެކަން ވެސް ނޭނގޭ ކަމަށެވެ. 

މިކަމާއި ގުޅިގެން އެސްޓީއޯއަށް ގުޅުމުން ބުނީ، އެކަމުގައި ބުނާނެ އެއްޗެއް ނޭނގޭ ކަމަށާއި، ކޮންމެ ދުވަހަކު އެތައް ކަމަކާ ޑީލް ކުރާއިރު ތިކަންކަމާ ވެސް މަޝްވަރާތައް ކުރެވިފައިވާނެ ކަމަށެވެ. މިކަމާ ގުޅިގެން އެސްޓީއޯގެ ފަރާތުން އެންމެ އެދެވޭ ޖަވާބެއް ލިބިފައެއް ނުވެ އެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި މިފަހުން ގޭސް ޝިޕްމަންޓަށް ދެއްކި 2 ލައްކަ ޑޮލަރު ގެއްލިފައިވާ އިރު، ގާބިލުކަން ނެތް ކުންފުންޏަކަށް ގޭހުގެ އޯޑަރު ދިނީ އެމްޑީގެ އިރުޝާދުގެ މަތިން ކަން ވަނީ ހާމަވެފަ އެވެ. އެ ކުންފުންޏަށް އޯޑަރު ދިން އިރު ޖަކްސާ އެނަރޖީ ޓްރޭޑިންގ ކޮމްޕެނީ ވެންޑަރ އެއްގެ ގޮތުގައި މޯލްޑިވްސް ގޭސްގައި ރަޖިސްޓްރީ ކުރީ އެމްޑީގެ ހާއްސަ ހުއްދަ އަކާއި އެކުގަ އެވެ.

މޯލްޑިވް ގޭސްއަބްދުﷲ މުހައްމަދުއެސްޓީއޯ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2026

ސަރުކާރުން މިސާލު ނަގަނީ އުމަރު ބިން އަބްދުލް އަޒީޒްގެ ހަޔާތްޕުޅުން، އެކަމަކު ދައުލަތުގެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރުމުގައި އަވަދިނެތި!

02 ފެބުރުއަރީ 2026
ސަރުކާރުން މިސާލު ނަގަނީ އުމަރު ބިން އަބްދުލް އަޒީޒްގެ ހަޔާތްޕުޅުން، އެކަމަކު ދައުލަތުގެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރުމުގައި އަވަދިނެތި!
30 ޖެނުއަރީ 2026

ގޭސް ކުންފުނީގެ އެމްޑީ އެ ކުންފުނީގެ ދޯނީގައި މަސްދަތުރުވަޑައިގެންފި

30 ޖެނުއަރީ 2026
ގޭސް ކުންފުނީގެ އެމްޑީ އެ ކުންފުނީގެ ދޯނީގައި މަސްދަތުރުވަޑައިގެންފި
29 ޖެނުއަރީ 2026

ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި

29 ޖެނުއަރީ 2026
ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި
28 ޖެނުއަރީ 2026

ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ

28 ޖެނުއަރީ 2026
ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ
26 ޖެނުއަރީ 2026

ގޭސް ހުސްވެ، ވިލާ ކުންފުނިން ގޭސް ގަނެގެން ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަށް މޯލްޑިވް ގޭހުން ޖަވާބު ދޭން ދެކޮޅު ހަދައިފި

26 ޖެނުއަރީ 2026
ގޭސް ހުސްވެ، ވިލާ ކުންފުނިން ގޭސް ގަނެގެން ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަށް މޯލްޑިވް ގޭހުން ޖަވާބު ދޭން ދެކޮޅު ހަދައިފި
14 ޖެނުއަރީ 2026

ގޭހުގެ އެމްޑީ ގެ އިރުޝާދުގެ ދަށުން ގޭސް ގަންނަން ހަވާލުކުރި ފައިސާ ގެއްލުނު މައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހަޅައިފި

14 ޖެނުއަރީ 2026
ގޭހުގެ އެމްޑީ ގެ އިރުޝާދުގެ ދަށުން ގޭސް ގަންނަން ހަވާލުކުރި ފައިސާ ގެއްލުނު މައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހަޅައިފި
13 ޖެނުއަރީ 2026

މޯލްޑިވް ގޭސް ގެ އެމްޑީ މަޖިލީހުގެ ދެ މެންބަރަކަށް ބިރުދެއްކި މައްސަލަ ބަލައިދޭން އެދެފި

13 ޖެނުއަރީ 2026
މޯލްޑިވް ގޭސް ގެ އެމްޑީ މަޖިލީހުގެ ދެ މެންބަރަކަށް ބިރުދެއްކި މައްސަލަ ބަލައިދޭން އެދެފި
11 ޖެނުއަރީ 2026

ގާބިލުކަން ނެތް ކުންފުންޏަކަށް 250،000 ޑޮލަރުގެ ގޭސް އޯޑަރު ދިނީ އެމްޑީގެ އިރުޝާދުގެ މަތިން ކަން ހާމަވެއްޖެ

11 ޖެނުއަރީ 2026
ގާބިލުކަން ނެތް ކުންފުންޏަކަށް 250،000 ޑޮލަރުގެ ގޭސް އޯޑަރު ދިނީ އެމްޑީގެ އިރުޝާދުގެ މަތިން ކަން ހާމަވެއްޖެ
08 ޖެނުއަރީ 2026

ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު

08 ޖެނުއަރީ 2026
ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު
05 ޖެނުއަރީ 2026

ގޭސް ކުންފުނިން ގޭސް ގަންނަން އެޑްވާންސް އަށް ދެއްކި 2 ލައްކައެއްހާ ޑޮލަރު އެ ކުންފުނީގެ އެމްޑީ ވަގަށް ނެގިކަމަށް ފަލާހު އެއްބަސްވެއްޖެ!

05 ޖެނުއަރީ 2026
ގޭސް ކުންފުނިން ގޭސް ގަންނަން އެޑްވާންސް އަށް ދެއްކި 2 ލައްކައެއްހާ ޑޮލަރު އެ ކުންފުނީގެ އެމްޑީ ވަގަށް ނެގިކަމަށް ފަލާހު އެއްބަސްވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު