Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ކެނެޑާ

އެމެރިކާ-ކެނެޑާ ބްރިޖް ހުޅުވުން ހުއްޓާލަން އަންގައި، ޓްރަމްޕްގެ އިންޒާރެއް

10 ފެބުރުއަރީ 2026 | އަންގާރަ 07:35

މިއަހަރުގެ ފަހު ކޮޅު މި ބްރިޖު ހުޅުވުމަށް ތައްޔާރު ވަމުން އަންނައިރު، ބްރިޖުގެ މަސައްކަތް ފަށާފައި ވަނީ 2018 ވަނަ އަހަރު. 4.7 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްގެން ހަދާ މި ބްރިޖަކީ، ކެނެޑާގައި އުފަން ހޮކީ ކުޅުންތެރިޔާ ގޯޑީ ހޯވްގެ ނަމުން ނަން ދީފައިވާ ބްރިޖެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ފެބުރުއަރީ 2026 | އަންގާރަ 07:35
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި، ކެނެޑާއާ ދެމެދު ޤާއިމު ކުރަމުންދާ އައު ބްރިޖް ހުޅުވުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ. 

މީގެ ކުރިން ޓްރަމްޕް ވަނީ ކެނެޑާ އަކީ އެމެރިކާގެ 51 ވަނަ ސްޓޭޓް ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭގެ ފަހުން އެ ވާހަކަ ތަކަށް މަޑު ޖެހުމަށް އައިސްފައިވާއިރު، މިއީ ކެނެޑާއާ ދެކޮޅަށް ޓްރަމްޕް ދެއްވި ފަހުގެ ހަމަލާ އެކެވެ. 

ޓްރަމްޕް ވިދާޅުވެފައި ވަނީ ކެނެޑާގެ އޮންޓޭރިއޯ ޕްރޮވިންސް އާއި، އެމެރިކާގެ މިޝިގަން ސްޓޭޓް ގުޅުވާ ގޯޑީ ހޯވް އިންޓަނޭޝަނަލް ބްރިޖުގެ އެންމެ މަދުވެގެން ދެބައި ކުޅަ އެއްބައި އެމެރިކާ އަށް ވެސް ލިބެން ޖެހޭ ކަމަށެވެ. މި ބްރިޖުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދަމުން އަންނައިރު، މިއަހަރުގެ ފަހު ކޮޅުގެ ތެރޭގައި ބްރިޖު ހުޅުވޭނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. 

މިއަހަރުގެ ފަހު ކޮޅު މި ބްރިޖު ހުޅުވުމަށް ތައްޔާރު ވަމުން އަންނައިރު، ބްރިޖުގެ މަސައްކަތް ފަށާފައި ވަނީ 2018 ވަނަ އަހަރު އެވެ. 4.7 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްގެން ހަދާ މި ބްރިޖަކީ، ކެނެޑާގައި އުފަން ހޮކީ ކުޅުންތެރިޔާ ގޯޑީ ހޯވްގެ ނަމުން ނަން ދީފައިވާ ބްރިޖެކެވެ. 

ޓްރަމްޕްގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައި ވަނީ، އެމެިރކާ އިން ކެނެޑާ އަށް ދީފައިވާ ހުރިހާ އެއްޗެއްގެ ފުރިހަމަ ބަދަލު ނުލިބޭ ހިނދެއްގައި، އެ ބްރިޖު ހުޅުވުމަށް ތާއީދު ނުކުރައްވާނެ ކަމަށާއި، ހުއްދަ ވެސް ނުދެއްވާނެ ކަމަށެވެ. އަދި ކެނެޑާ އިން އެމެރިކާ އަށް އިންސާފާއި، އިހުތިރާމް އާއެކު މުއާމަލާތް ކުރަން ޖެހޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕްގެ ކަންބޮޑުވުންތައް ފާޅު ކުރައްވަމުން އޭނާ ވިދާޅުވެފައި ވަނީ، އެ ބްރިޖުގެ ދެ ފަރާތް ވެސް ނިސްބަތް ވަނީ ކެނެޑާ އަށް ކަމަށާއި، އެ ބްރިޖު ހެދުމަށް އެމެރިކާގެ އެއްވެސް ބާވަތެއް ބޭނުން ނުކުރާ ކަމަށެވެ. 

ވިންޑްސާ ޑިޓްރޮއިޓް ބްރިޖު އޮތޯރިޓީ އިން ނެރުނު މައުލޫމަތު ފޮތުގައި ބުނެފައި ވަނީ، މި ބްރިޖަށް ބޭނުންވާ އެންމެހާ ފައިސާ ހޯދާފައި ވަނީ ކެެނެޑާ އިން ކަމަށާއި، ބްރިޖުގެ ކަންކަން ބަލަހައްޓައި، އިންތިޒާމުތައް ކުރިއަށް ގެންދާނީ ކެނެޑާގެ ސަރުކާރު އަދި މިޝިގަން ސްޓޭޓްގެ ސަރުކާރުން ކަމަށެވެ. 

އިތުރަށް ޓްރަމްޕް ވިދާޅުވެފައި ވަނީ، ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ ޗައިނާ އާއެކު ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ބޭނުން ވުމަކީ އޭނާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ. ޖަނަވަރީ މަހު ޗައިނާ އާއެކު ވިޔަފާރީގެ ފުރަތަމަ އެއްބަސްވުމުގައި ކާނީ ސޮއި ކުރައްވާފައިވާއިރު، އެމެރިކާާ އިން ވަނީ ކެނެޑާ އަށް 100 އިންސައްތައާ ހަމަށް ޓެރިފް ނަގާނެ ކަމަށް އިންޒާރު ދީފަ އެވެ. 

ކެނެޑާ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާއިރު، ކާނީ ވެސް ވަނީ އެކި ފަހަރުން މަތިން ރައްދު ދެއްވައި ވާހަކަ ދައްކަވައިފަ އެވެ.

މަސްދަރު: އޭއެފްޕީ

ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ކެނެޑާގޯޑީ ހޯވް އިންޓަނޭޝަނަލް ބްރިޖްމާކް ކާނީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2026

ހަމާސް ގެ ލީޑަރު: ހަތިޔާރު ބަހައްޓަން އެއްބަހެއް ނުވާނަން، ބޭރުގެ ބާރުތަކަކަށް ޣައްޒާ ނުހިންގޭނެ

09 ފެބުރުއަރީ 2026
ހަމާސް ގެ ލީޑަރު: ހަތިޔާރު ބަހައްޓަން އެއްބަހެއް ނުވާނަން، ބޭރުގެ ބާރުތަކަކަށް ޣައްޒާ ނުހިންގޭނެ
09 ފެބުރުއަރީ 2026

ޓްރަމްޕް މައާފަށް ނޭދުނު، ވިދާޅުވީ އޮބާމާގެ މަންޒަރު ވީޑިއޯގައި ހިމަނާފައި ހުރި ކަމެއް ނޭނގޭ ކަމަށް

09 ފެބުރުއަރީ 2026
ޓްރަމްޕް މައާފަށް ނޭދުނު، ވިދާޅުވީ އޮބާމާގެ މަންޒަރު ވީޑިއޯގައި ހިމަނާފައި ހުރި ކަމެއް ނޭނގޭ ކަމަށް
08 ފެބުރުއަރީ 2026

އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ

08 ފެބުރުއަރީ 2026
އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ
08 ފެބުރުއަރީ 2026

އީރާންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވަނީ

08 ފެބުރުއަރީ 2026
އީރާންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވަނީ
08 ފެބުރުއަރީ 2026

އޮބާމާގެ ދެމަފިރި ކަނބަލުންނަކީ ވަގުން ކަމަށް ބުނެ ނަސްލީ ގޮތުން ފުރައްސާރަކޮށް ޓްރަމްޕް ޕޯސްޓު ކުރި ފޮޓޯ، ވައިޓް ހައުސް އިން ޑިލީޓު ކޮށްލައިފި

08 ފެބުރުއަރީ 2026
އޮބާމާގެ ދެމަފިރި ކަނބަލުންނަކީ ވަގުން ކަމަށް ބުނެ ނަސްލީ ގޮތުން ފުރައްސާރަކޮށް ޓްރަމްޕް ޕޯސްޓު ކުރި ފޮޓޯ، ވައިޓް ހައުސް އިން ޑިލީޓު ކޮށްލައިފި
07 ފެބުރުއަރީ 2026

އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

07 ފެބުރުއަރީ 2026
އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް
07 ފެބުރުއަރީ 2026

ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން މި މަހުގެ 19 ގައި އެމެރިކާގައި

07 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން މި މަހުގެ 19 ގައި އެމެރިކާގައި
07 ފެބުރުއަރީ 2026

މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

07 ފެބުރުއަރީ 2026
މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް
06 ފެބުރުއަރީ 2026

އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް "ރަނގަޅު ފެށުމެއް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

06 ފެބުރުއަރީ 2026
އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް "ރަނގަޅު ފެށުމެއް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
06 ފެބުރުއަރީ 2026

ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

06 ފެބުރުއަރީ 2026
ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް