Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނ.ކެނދިކުޅުދޫ

ވެރިކަން ބަދަލުވުމާއެކު ކެނދިކުޅުދޫ ބަނދަރުގެ މަސައްކަތް ކުރަނީ މަލާމާތް ކުރާ އުސޫލުން: ކައުންސިލުގެ ނައިބު ރައީސް

11 ފެބުރުއަރީ 2026 | ބުދަ 14:40

ނ. ކެނދިކުޅުދޫ ބަނދަރު ބޮޑުކުރުމާއި ސްލިޕްވޭ ހެދުމުގެ މަސައްކަތް ހުއްޓިފައިވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކުރޭ. ބަނދަރުގެ ބޭރުތޮށި ނުހެދި ލަސްވުމުގެ ސަބަބުން ބަނދަރު ތެރެއަށް ވެލި ވަދެ، ކުރިން ކޮށްފައިވާ މަސައްކަތްތަކަށް ގެއްލުންވަމުންދާކަން ކައުންސިލުން ފާހަގަކުރޭ. މި މަޝްރޫއަށް ބޭނުންވާ ބޮޑުހިލަ ހޯދުމުގައި ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ، ކައުންސިލުން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާފައި.

މަޚްތޫމް
މަޚްތޫމް | 11 ފެބުރުއަރީ 2026 | ބުދަ 14:40
ނ. ކެނދުކުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައި.

ނ. ކެނދުކުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައި. | ރާއްޖެ އެމްވީ

ވެރިކަން ބަދަލުވުމާއެކު ކެނދިކުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓިއްޖެ ކަމަށާއި، ސަރުކާރުން އެ ބުނަނީ މިއީ ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ގޮތް ކަމަށް ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަދު ވިދާޅުވެއްޖެ އެވެ. 

ނ. ކެނދިކުޅުދޫ ބަނދަރަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި މަސައްކަތެކެވެ. ކެނދިކުޅުދޫ ބަނދަރުގެ ދަތިކަން ހުރުމުން 3 ބަޔަކަށް ބަހާލައިގެން މަސައްކަތް ކުރާ ގޮތަށް ނިންމި އެވެ. މިކަމާއި ގުޅިގެން ރާއްޖެޓީވީ އާއި ވާހަކަ ދައްކަވަމުން ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަދު ވިދާޅުވީ މި މަސައްކަތުގައި ހިމެނެނީ ބަނދަރު ބޮޑުކުރުމާއި، ސްލިޕްވޭ ހެދުމާއި ނެރުފައިކަށީގެ މަސައްކަތް ކަމަށެވެ. 

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ވެރިކަން ބަދަލުވުމާއެކު މަސައްކަތް ހުއްޓި ބަނދަރު ސަރަހައްދުން މިހާރު އޮތް ހާލަތު ފެންނާނެ ކަމަށެވެ. 

ދޭތެރެއަކުން 2 ފީފާ ތެޔޮ ލިބެނީ. ދެން އެ 2 ފީފާ ތެޔޮ ހުސްވަންދެން މަސައްކަތް ކުރާނީ. އެމްޓީސީސީގެ މައްސަލައެއް ނޫންކަމަށް ބޮޑަށް ފާހަގަ ކުރެވެނީ. ސަރުކާރުން ރައްޔިތުން ކައިރީގައި މި ބުނަނީ މިގޮތަށޭ ތިމަންނަމެން ކަންކުރާނީ. ރާއްޖެތެރޭ މީހުންވީމަ ފަސްކުޅަނދު މަދުވާހަކަ ކިޔައެއްނުން. އެގޮތަށް މަލާމާތް ކުރާ އުސޫލުން މި ސަރުކާރުން ރައްޔިތުންނާ ދޭތެރޭ ކަންތައްތައް ކުރަނީ. 
ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަދު

ހަސަން ވިދާޅުވީ ބޮޑު ހިލަ ނުލިބޭ ވާހަކައަކީ ވަރަށް ހެއްވާ ވާހަކައެއް ކަމަށާއި، މި ސަރުކާރު ވެރިކަމަށް އައި އިރު، ހިލައަކީ ދިވެހިރާއްޖޭގައި އުފެދޭ އެއްޗެއް ނޫންކަން ވެރިކަމުގައި ތިބި ބޭފުޅުންނަށް ނޭނގޭ ކަމަށެވެ. 

އެމީހުން ހީކުރީ ގޮނޑުދޮށްތަކުން ހިލަ ނަގާފައި ހިލަ ޖެހޭނެ ކަމަށް. އެހެންނަމަވެސް އިންޑިއާ ނުވަތަ ކޮންމެވެސް ބޭރު ގައުމަކުން މި ގެންނަނީ. އިންޑިއާ ދިމާލަށް އެމީހުން އެއްޗެހި ގޮވާފައި އެމީހުން ހީކުރީ މި ޕްރޮޖެކްޓްތަކަށް ހިލަ ވެސް ލިބޭނެ ކަމަށް. 
ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަދު

ހަސަން ވިދާޅުވީ ބަނދަރު ފުންކޮށްފައި އޮންނަތަ އެތައް ޒަމާނެއް ވެއްޖެ ކަމަށެވެ. އަދި ބޮޑު ހިލަ ނުޖެހި ބޭރު ތޮށި ނުހެދި އޮތުމުން ހުޅަނގުގައި ބަނދަރު ތެރެއަށް ވެލި ވަންނާނެ ކަމަށާއި، އަނެއްކާ ވެސް ޖެހޭނީ ކޮންނަން ކަމަށެވެ. 

ކެނދިކުޅުދޫބަނދަރު މަޝްރޫޢު

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

5

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2026

ރ. މަޑުއްވަރީ އުތުރު ބަނދަރު މަޝްރޫއު: ކައުންސިލް އިންތިހާބާއި ދިމާކޮށް މަސައްކަތް ފެށި ނަމަވެސް މިހާރު އެއްވެސް މަސައްކަތެއް ނުހިނގާ!

18 އޮކްޓޯބަރު 2026
ރ. މަޑުއްވަރީ އުތުރު ބަނދަރު މަޝްރޫއު: ކައުންސިލް އިންތިހާބާއި ދިމާކޮށް މަސައްކަތް ފެށި ނަމަވެސް މިހާރު އެއްވެސް މަސައްކަތެއް ނުހިނގާ!
05 އޮކްޓޯބަރު 2026

ދ. މީދޫ ބަނދަރު މަޝްރޫއު: މިސަރުކާރު އައިއިރު ނުނިމި ހުރީ ހަމައެކަނި ބޭރު ތޮށިލުމުގެ މަސައްކަތް، ސަރުކާރަށް 3 އަހަރު ވާންދާއިރު އަދިވެސް މަސައްކަތް ނިންމާ ނުލެވޭ!

05 އޮކްޓޯބަރު 2026
ދ. މީދޫ ބަނދަރު މަޝްރޫއު: މިސަރުކާރު އައިއިރު ނުނިމި ހުރީ ހަމައެކަނި ބޭރު ތޮށިލުމުގެ މަސައްކަތް، ސަރުކާރަށް 3 އަހަރު ވާންދާއިރު އަދިވެސް މަސައްކަތް ނިންމާ ނުލެވޭ!
03 އޮކްޓޯބަރު 2026

ކުރީ ސަރުކާރުން 95 އިންސައްތަ ނިންމާފައިވާ ޅައިމަގު ބަނދަރު މަޝްރޫއު: މިސަރުކާރަށް މަަސައްކަތް ނިންމާނުލެވި 3 އަހަރު ވަނީ!

03 އޮކްޓޯބަރު 2026
ކުރީ ސަރުކާރުން 95 އިންސައްތަ ނިންމާފައިވާ ޅައިމަގު ބަނދަރު މަޝްރޫއު: މިސަރުކާރަށް މަަސައްކަތް ނިންމާނުލެވި 3 އަހަރު ވަނީ!
17 ސެޕްޓެމްބަރު 2026

ބ. ހިތާދޫ ބަނދަރު މަޝްރޫއު: ނުނިމި ހުރި 30 އިންސައްތަ މަސައްކަތް ރައްޔިތުން އެދޭ ގޮތަށް ބަދަލު ގެނެސް ނިންމަވައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ބަދަލެއް ނުގެނޭ!

17 އޯގަސްޓު 2026

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމާއި ހަމައަށް ބާރު ސްޕީޑުގައި ކުރިއަށް ދިޔަ ދ. ކުޑަހުވަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ހުއްޓިފައި!

17 އޯގަސްޓު 2026
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމާއި ހަމައަށް ބާރު ސްޕީޑުގައި ކުރިއަށް ދިޔަ ދ. ކުޑަހުވަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ހުއްޓިފައި!
31 ޖުލައި 2026

މ. ނާލާފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު: ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ލިބުނީ ކުރެހުމެއް!

31 ޖުލައި 2026
މ. ނާލާފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު: ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ލިބުނީ ކުރެހުމެއް!
20 ފެބުރުއަރީ 2026

އެމްއޭސީއެލްއާއި ހަވާލުކުރި ކެނދިކުޅުދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ

20 ފެބުރުއަރީ 2026
އެމްއޭސީއެލްއާއި ހަވާލުކުރި ކެނދިކުޅުދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ
18 ފެބުރުއަރީ 2026

މިނިސްޓްރީން ދޭންޖެހޭ މައުލޫމަތު ނުލިބިގެން ނ.ކެނދިކުޅުދޫ ފެނާ ނަރުދަމާ ނިޒާމާއި ހަވާލުވުމުގެ ލިޔެކިޔުންތަކުގައި ސޮއިނުކުރެވި މަޑުޖެހިފައި

18 ފެބުރުއަރީ 2026
މިނިސްޓްރީން ދޭންޖެހޭ މައުލޫމަތު ނުލިބިގެން ނ.ކެނދިކުޅުދޫ ފެނާ ނަރުދަމާ ނިޒާމާއި ހަވާލުވުމުގެ ލިޔެކިޔުންތަކުގައި ސޮއިނުކުރެވި މަޑުޖެހިފައި
17 ފެބުރުއަރީ 2026

މިދިޔަ ޑިސެމްބަރުގައި ފަށާ 1 މަސްތެރޭގައި ނިމޭނެކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި ކެނދިކުޅުދޫ ފުޓްސަލް ދަނޑުގެ މަސައްކަތް އަދިވެސް ނުފަށާ

17 ފެބުރުއަރީ 2026
މިދިޔަ ޑިސެމްބަރުގައި ފަށާ 1 މަސްތެރޭގައި ނިމޭނެކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި ކެނދިކުޅުދޫ ފުޓްސަލް ދަނޑުގެ މަސައްކަތް އަދިވެސް ނުފަށާ
16 ފެބުރުއަރީ 2026

ވިލާކޮލެޖާއި ހަވާލުކޮށްގެން ކެނދިކުޅުދޫގައި ހަދާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި

16 ފެބުރުއަރީ 2026
ވިލާކޮލެޖާއި ހަވާލުކޮށްގެން ކެނދިކުޅުދޫގައި ހަދާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް