Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ. ހިތާދޫ

ބ. ހިތާދޫ ބަނދަރު މަޝްރޫއު: ނުނިމި ހުރި 30 އިންސައްތަ މަސައްކަތް ރައްޔިތުން އެދޭ ގޮތަށް ބަދަލު ގެނެސް ނިންމަވައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ބަދަލެއް ނުގެނޭ!

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 13:26

ބ. ހިތާދޫ ބަނދަރުގެ މަޝްރޫއު ނިންމާލިއިރު، ރައްޔިތުން އެދުނު ބަދަލުތައް ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވާފައި ނުވާތީ އެ ރަށު ކައުންސިލްގެ ކުރީގެ މެންބަރު މުހައްމަދު ފާޒިލް ކަންބޮޑުވުން ފާޅުކުރައްވައިފި. ބަނދަރުގެ މަސައްކަތް ފެންވަރު ދަށްކޮށް ނިންމާލުމުގެ ސަބަބުން ބައްތިތައް ނުދިއްލުމާއި ރަށް ގިރުމުގެ މައްސަލަ ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 13:26

ބ. ހިތާދޫ ބަނދަރު މަޝްރޫއު: ނުނިމި ހުރި 30 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ބަދަލު ގެނެސް ނިންމަދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ބަދަލެއް ނުގެނޭ! | ރާއްޖެ އެމްވީ

ބ. ހިތާދޫގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 70 އިންސައްތަ ނިންމާފައިވާ ބަނދަރުގެ މަސައްކަތް ރައްޔިތުން އެދޭ ގޮތަށް ބަދަލު ގެނެސް ނިންމަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ބަނދަރު ނިންމާފައިވަނީ އެއްވެސް ބަދަލެއް ނުގެނެސްކަމުން ހިތާދޫ ކައުންސިލްގެ ކުރީގެ މެންބަރު މުހައްމަދު ފާޒިލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ފާޒިލް ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 22 އޮގަސްޓް 2025 ގައި ރައީސް މުއިއްޒު ހިތާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުން އެދޭ ގޮތަށް ބަދަލު ގެނެސް ބަނދަރު މަޝްރޫއު ނިންމަވައިދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް އެއްވެސް ބަދަލެއް ނުގެނެސް ކުރިން ވެސް އޮތް ގޮތަށް މަސައްކަތް ނިންމިކަން ކުއްލިއަކަށް އިއުލާނު ކުރި ކަމަށް ފާޒިލް ވިދާޅުވި އެވެ.

ރައްޔިތުންނަށް ބައްދަލުކުރި ޖަލްސާގައި ކަރަށް ނާރު އަރުއްވާފައި (ރައީސް މުއިއްޒު) ވިދާޅުވި މިއޮތްތާ ވެސް ރިވެޓްމަންޓް ޖަހާދޭނަމޭ އެކޮޅުގައި ޖަހާފައި އިންގޮތަށް އެވެސް ނެތް. ދެން ހަމަ އެޔާއެކު ނެރު ފައިކަށި ހަމަ 50 މީޓަރު އިތުރަށް ޖައްސަވައިދޭނަމޭ. އަސްލު ހަގީގަތުގައި ރައްޔިތުންނާއި މަޝްވަރާ ކުރެވި ރައްޔިތުން ބޭނުންވި އެއްވެސް ކަމެއް ކުރެވިފައި ނެތް
މުހައްމަދު ފާޒިލް

މީގެ އިތުރުން، ބަނދަރު ނިމުނު ފަހުން ތިން މަސްވެސް ނުވާކަން ފާހަގަކުރައްވައި ފާޒިލް ވިދާޅުވީ ބަނދަރުގައި އެމްޓީސީސީ އިން ޖަހާފައި ހުރި ބައްތިތައް މިހާރު ނުދިއްލޭ ކަމަށެވެ. އަދި ބަނދަރު މަޝްރޫއު ނިމުނުއިރު ވެސް ބޮޑު ހިލަ ބާލަން ޖެހި ބެޑް ނުނަގާ އޮތުމުން ރަށް ގިރަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޒިލް ވަނީ ފާޅުކުރައްވާފަ އެވެ.

ބ. ހިތާދޫ ބަނދަރު ހެނދުމުގެ މަޝްރޫއަކީ 2022 ވަނަ އަހަރު އެމްޓީސީސީ އިން އަމަލީ މަސައްކަތް ފެށި މަޝްރޫއެކެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން، 19،030 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 495 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. އަދި 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 1،750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކޮށްފައިވެ އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުނުއިރު މި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިންމާފަ އެވެ. 

ބ. ހިތާދޫބަނދަރު މަޝްރޫޢު

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2026

އަހަރެއް ވެގެން ދިޔައިރު ހިތާދޫ މަލްޓިޕަރޕަސް ހޯލުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކުރޭ، ޖެހި ދާގަނޑު ވެސް މިހާރު ނެތް!

15 ސެޕްޓެމްބަރު 2026
އަހަރެއް ވެގެން ދިޔައިރު ހިތާދޫ މަލްޓިޕަރޕަސް ހޯލުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކުރޭ، ޖެހި ދާގަނޑު ވެސް މިހާރު ނެތް!
17 އޯގަސްޓު 2026

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމާއި ހަމައަށް ބާރު ސްޕީޑުގައި ކުރިއަށް ދިޔަ ދ. ކުޑަހުވަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ހުއްޓިފައި!

17 އޯގަސްޓު 2026
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމާއި ހަމައަށް ބާރު ސްޕީޑުގައި ކުރިއަށް ދިޔަ ދ. ކުޑަހުވަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ހުއްޓިފައި!
31 ޖުލައި 2026

މ. ނާލާފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު: ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ލިބުނީ ކުރެހުމެއް!

31 ޖުލައި 2026
މ. ނާލާފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު: ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ލިބުނީ ކުރެހުމެއް!
11 ފެބުރުއަރީ 2026

ވެރިކަން ބަދަލުވުމާއެކު ކެނދިކުޅުދޫ ބަނދަރުގެ މަސައްކަތް ކުރަނީ މަލާމާތް ކުރާ އުސޫލުން: ކައުންސިލުގެ ނައިބު ރައީސް

11 ފެބުރުއަރީ 2026
ވެރިކަން ބަދަލުވުމާއެކު ކެނދިކުޅުދޫ ބަނދަރުގެ މަސައްކަތް ކުރަނީ މަލާމާތް ކުރާ އުސޫލުން: ކައުންސިލުގެ ނައިބު ރައީސް
10 އޮކްޓޯބަރު 2025

"މިދިޔަ ފެބްރުއަރީ މަހު ފަށާނެ ކަމަށް ބުނި ނަޑެއްލާ ބަނދަރު އަދިވެސް ނުފެށޭ"

10 އޮކްޓޯބަރު 2025
"މިދިޔަ ފެބްރުއަރީ މަހު ފަށާނެ ކަމަށް ބުނި ނަޑެއްލާ ބަނދަރު އަދިވެސް ނުފެށޭ"
08 ސެޕްޓެމްބަރު 2025

ދިގުރަށަށް ރައީސް ވަޑައިގަންނަވާ ދަތުރުފުޅާއި ގުޅިގެން ޖިއޯބޭގްތައް ގެނެސްފި، މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު ވަނީ

08 ސެޕްޓެމްބަރު 2025
ދިގުރަށަށް ރައީސް ވަޑައިގަންނަވާ ދަތުރުފުޅާއި ގުޅިގެން ޖިއޯބޭގްތައް ގެނެސްފި، މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު ވަނީ
04 ސެޕްޓެމްބަރު 2025

ކުރީ ސަރުކާރުން ފަށާފައިވާ ދިގުރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި

04 ސެޕްޓެމްބަރު 2025
ކުރީ ސަރުކާރުން ފަށާފައިވާ ދިގުރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި
21 އޯގަސްޓު 2025

ރައީސް މުއިއްޒު ވަޑައިގަތުމުގެ 2 ގަޑިއިރެއްހާ އިރު ކުރިން، ރަސްދޫ އަށް ހިލަ ބާޖަކާއި ހައިމާކެއް ގެންގޮސްފި

21 އޯގަސްޓު 2025
ރައީސް މުއިއްޒު ވަޑައިގަތުމުގެ 2 ގަޑިއިރެއްހާ އިރު ކުރިން، ރަސްދޫ އަށް ހިލަ ބާޖަކާއި ހައިމާކެއް ގެންގޮސްފި
05 އޯގަސްޓު 2021

ހިތާދޫގައި ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

05 އޯގަސްޓު 2021
ހިތާދޫގައި ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް