Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖް

ވިލާކޮލެޖާއި ހަވާލުކޮށްގެން ކެނދިކުޅުދޫގައި ހަދާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި

ނ. ކެނދިކުޅުދޫގައި ވިލާ ކޮލެޖުން އިމާރާތްކުރާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ހުއްޓި، އެތަނުގައި މަސައްކަތްކުރި މަސައްކަތު މީހުންގެ ފަރާތުން އާންމުންނަށް އުނދަގޫވާ މައްސަލަ ބޮޑުވި. ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަގުސަދުގައި 50 އަހަރަށް ބިން ދޫކޮށްފައިވާ މި މަޝްރޫއު ލަސްވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި އިރު، ކޮންޓްރެކްޓަރުންނަށް ފައިސާ ނުލިބުމުގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 13:58
ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ހުއްޓި އިމާރާތުގެ ތެރޭގައި ބަރަބޯ ހައްދާފައި.

ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ހުއްޓި އިމާރާތުގެ ތެރޭގައި ބަރަބޯ ހައްދާފައި. | ރާއްޖެ އެމްވީ

ވިލާކޮލެޖާއި ހަވާލުކޮށްގެން ނ. ކެނދިކުޅުދޫގައި ހަދާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި ކަމަށާއި، އެތަން ހަދަން ދެފަހަރެއްގެ މަތިން ބަޔަކާއި ހަވާލުކޮށްގެން ވެސް މަސައްކަތް ކުރިއަށް ނުދާ ކަމަށް ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަދު ވިދާޅުވެއްޖެ އެވެ. 

ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖު އަދި އެކަމަޑޭޝަން ބްލޮކުގެ މަސައްކަތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރިއަށް ގެންދަން ނިންމި މަޝްރޫއެކެވެ. ނަމަވެސް ޕްރޮޖެކްޓުގެ މަސައްކަތް ފެށި ނަމަވެސް މަސައްކަތް އޮތީ ހުއްޓިފަ އެވެ. މިކަމާއި ގުޅޭގޮތުން ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަދު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި އެރަށުގައި މަސައްކަތް ފެށި ޖޫނިއަރ ކޮލެޖަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އޭނާ ވިދާޅުވީ މި އުއްމީދު ފުރަތަމަ ގެނެސްދެއްވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކަމަށާއި، ނަމަވެސް މި ވޭތުވެދިޔަ 14 ވަރަކަށް އަހަރުގެ ތެރޭގައި އެކަން ނުވެ ގޮސްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ހަސަން ވިދާޅުވީ އެ ބިމަކީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އަށް ދީފައިވާ ބިމެއް ކަމަށާއި، އެ ޕްރޮޖެކްޓް ކާމިޔާބުކުރީ ވިލާ ކޮލެޖުން ކަމަށެވެ. އަދި ހަޔަރ އެޑިއުކޭޝަން އިން ވިލާ ކޮލެޖަށް ޕްރޮޖެކްޓް ހަވާލުކުރީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ކަމަށާއި، ނަމަވެސް ބިންގާ އެޅީ މިދިޔަ އަހަރު ކަމަށެވެ. 

ބިންގާ އަޅުއްވަން ވަޑައިގެންނެވީ މިނިސްޓަރު ހައިދަރު. ވަރަށް ފޮނިކެނޑި. ދެން 18 ވަރަކަށް މަސް ތެރޭގައި މަސައްކަތް ނިންމާނެ ކަމަށް ފޮނިކެނޑި. ދެން މި ޕްރޮޖެކްޓް ލަސްވަމުން ގޮސް ކޮންޓްރެކްޓަރު މަސައްކަތް ދޭނެ ބަޔަކު ނުވެގެން އުޅެނިކޮށް ހިކާވި ކިޔާ ގްރޫޕަކުން މަސައްކަތް ކުރި. އެ ގްރޫޕުން 4.5 މިލިއަން ރުފިޔާގެ މުދާ މިތަނަށް އެމީހުން ގެނައި. އަރުވާފައި މަސައްކަތް ކުރަމުން ގޮސް އެމީހުންނަށް ދޭންޖެހޭ ފައިސާ ނުދީގެން އެމީހުން ބުނީ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދާނެ ކަމަށް. އެއިރު ޕްރޮޖެކްޓް ހިންގުމަށްޓަކައި 15 ޕަސެންޓް ވިލާކޮޖުން ވަނީ ކޮންޓްރެކްޓަރަށް ދީފައި. 
ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަދު

ހަސަން ވިދާޅުވީ މަސައްކަތް ކުރަން އިތުރު ބަޔަކު އަނެއްކާ ވެސް ގެނެސްފައިވާ ކަމަށާއި، ނަމަވެސް ސައިޓުގައި މަސައްކަތު މީހުން ތިބޭނެ ގޮތެއް ހަމަޖެހިފައި ނުވާ ކަމަށާއި، ކެއިން ބުއިމުގެ ކަންތައްތަކެއް އަދި ނިދޭނެ ގޮތެއް ވެސް ހަމަޖެހިފައި ނުވާ ކަމަށެވެ. 

ދެން ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވި މައްސަލައަކީ، ފުރަތަމަ ބުރުގައި އައި ވިއްސައްވުރެ ގިނަ ސްޓާފުން. ދެން އެބޭފުޅުން ބޮޑުކަމުދިއުމުގެ ކަންތައް ވަލުތެރޭގައި ކުރަނީ. ކުޑަކަމުދަނީ. ދެން ވަލުތެރޭ ހުންނަ ރުއްގަހުގެ ތަކެތި ވެސް ކަނީ. ދެން ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑަށް އެކަމާއި ދިމާވި. އެކަމާއި ގުޅިގެން ހަޔަރ އެޑިއުކޭޝަނަށް ލިޔުނިން. ވިލާ ކޮލެޖަށް ވެސް އެންގިން. ކޮންޓްރެކްޓަރަށް ވެސް އެންގިން މިކަން މިހެން ހިނގާ ވާހަކަ. އޭގެ ފަހުން އަނެއްކާ ވެސް ދިމާވި މައްސަލައަކީ ވަލުތެރެއިން ރުކުއަޅާ މައްސަލަ. އެ މައްސަލަ ބަލަމުން ދަނިކޮށް އެއްދުވަހު ދިމާވި 11 މީހުން ވަލުތެރެއިން ރުކުއަޅަނިކޮށް. އެ މައްސަލަ ވެސް އޮންނާނީ ރިޕޯޓް ކޮށްފައި. މިއިން އެއްވެސް ކަމަކަށް ހައްލެއް ނާދޭ. 
ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަދު

ހަސަން ވިދާޅުވީ މި ސަރުކާރު އައި ފަހުން މަސައްކަތް އޮތީ އެއްކޮށް ހުއްޓިފައި ކަމަށެވެ. ހަސަން ވިދާޅުވީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކެނީ ކޮލެޖުގެ މަސައްކަތް ހުއްޓާލާފައި އޮތީ ގާސިމް ކޮންމެވެސް ފައިދާއެއް ހޯދަން ބޭނުންވާތީ ކަމަށެވެ. 

ހަސަން ވިދާޅުވީ ކޮލެޖް އަޅަން ކައުންސިލުން ދީފައިވަނީ 86،000 އަކަފޫޓުގެ ބިމެއް 50 އަހަރަށް ކަމަށެވެ. އަދި ކައުންސިލުން މަސައްކަތް ކުރީ ކޮލެޖަށް ދީފައިވާ ބިމުން އެއްވެސް ފައިސާއެއް ނުނަގައި، ގެސްޓްހައުސް ހިންގުމަށް ދީފައިވާ ބިމުން އަކަފޫޓަކަށް 5 ލާރި ނެގުމަށް ކަމަށެވެ. އަދި ރައްޔިތުންގެ އުއްމީދަކީ ލޯކަލް ޓުއަރިޒަމް ރަށަށް ގެނައުން ކަމަށާއި، އެގޮތުގެ މަތިން ފަތުރުވެރިކަމުގެ ދާއިރާއިން ކޯސް ހިންގަން ކޮލެޖްއަޅަން ބިން ވެސް ހިލޭ ދީފައިވާ ކަމަށެވެ. 

ވިލާ ކޮލެޖްކެނދިކުޅުދޫހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ނ.ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުދޭ: "ތަނުގެ ކުރެހުން ވީ ހިސާބެއް ވެސް ނޭނގޭ"

ނ.ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުދޭ: "ތަނުގެ ކުރެހުން ވީ ހިސާބެއް ވެސް ނޭނގޭ"

16 ފެބުރުއަރީ 2026
ސިޓީސް މިނިސްޓްރީ އިން ކެނދިކުޅުދޫގައި ތަރައްގީ ކުރާ ޕާކުގެ މައުލޫމާތަކީ ސިއްރެއް!

ސިޓީސް މިނިސްޓްރީ އިން ކެނދިކުޅުދޫގައި ތަރައްގީ ކުރާ ޕާކުގެ މައުލޫމާތަކީ ސިއްރެއް!

15 ފެބުރުއަރީ 2026
ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ

ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ

15 ފެބުރުއަރީ 2026
ކެނދިކުޅުދޫ 30 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފައިސާ ހަމަނުޖެހޭތީ މަޑުޖެހިއްޖެ: ކައުންސިލްގެ ރައީސް ރައޫފް

ކެނދިކުޅުދޫ 30 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފައިސާ ހަމަނުޖެހޭތީ މަޑުޖެހިއްޖެ: ކައުންސިލްގެ ރައީސް ރައޫފް

13 ފެބުރުއަރީ 2026
ވެރިކަން ބަދަލުވުމާއެކު ކެނދިކުޅުދޫ ބަނދަރުގެ މަސައްކަތް ކުރަނީ މަލާމާތް ކުރާ އުސޫލުން: ކައުންސިލުގެ ނައިބު ރައީސް

ވެރިކަން ބަދަލުވުމާއެކު ކެނދިކުޅުދޫ ބަނދަރުގެ މަސައްކަތް ކުރަނީ މަލާމާތް ކުރާ އުސޫލުން: ކައުންސިލުގެ ނައިބު ރައީސް

11 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު