Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެނދިކުޅުދޫ ފެނާ ނަރުދަމާ

މިނިސްޓްރީން ދޭންޖެހޭ މައުލޫމަތު ނުލިބިގެން ނ.ކެނދިކުޅުދޫ ފެނާ ނަރުދަމާ ނިޒާމާއި ހަވާލުވުމުގެ ލިޔެކިޔުންތަކުގައި ސޮއިނުކުރެވި މަޑުޖެހިފައި

ނ. ކެނދިކުޅުދޫ ފެނާއި ނަރުދަމާގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވީ ނަމަވެސް، އެ މަޝްރޫއު ހަވާލުކުރުމުގެ ލިޔެކިޔުންތަކުގައި ސޮއިކުރުން ވަނީ މަޑުޖެހިފައި. ކައުންސިލުން ބުނާ ގޮތުގައި ސޮއިނުކޮށް މަޑުކުރަނީ ކަނެކްޝަން ދޭންޖެހޭ ގޭބިސީތަކުގެ ތަފްސީލު މިނިސްޓްރީން ސާފުކޮށްދީފައި ނުވާތީ. މި ޚިދުމަތް ފެށުން ލަސްވަމުންދާތީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ވަނީ އިތުރުވެފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 13:20
ނ. ކެނދިކުޅުދޫ ފެނާ ނަރުދަމާގެ އިމާރާތް ނިމި ރަސްމީކޮށް ނުހުޅުވިފައި.

ނ. ކެނދިކުޅުދޫ ފެނާ ނަރުދަމާގެ އިމާރާތް ނިމި ރަސްމީކޮށް ނުހުޅުވިފައި. | ރާއްޖެ އެމްވީ

މިނިސްޓްރީން ދޭންޖެހޭ މައުލޫމަތު ނުލިބިގެން ނ.ކެނދިކުޅުދޫ ފެނާ ނަރުދަމާ ނިޒާމާއި ހަވާލުވުމުގެ ލިޔެކިޔުންތަކުގައި ސޮއިނުކުރެވި މަޑުޖެހިފައިވާ ކަމަށް ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވެއްޖެ އެވެ. 

ނ. ކެނދިކުޅުދޫ ފެނާ ނަރުދަމާގެ މަސައްކަތަކީ ކުރީ ސަރުކާރު ފެށި މަސައްކަތެކެވެ. އަދި އެ މަސައްކަތުގެ ބޮޑު ބައި އޮތީ ނިންމަލާފަ އެވެ. ނަމަވެސް މިހާތަނަށް އައި އިރު ވެސް ފެނާ ނަރުދަމާގެ އިމާރާތް ރަސްމީކޮށް ހުޅުވާފައި ނުވެ އެވެ. މިކަމާއި ގުޅިގެން ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވީ ފެނާ ނަރުދަމާގެ ޕްރޮޖެކްޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ ފުރަތަމަ ފެށި ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮޖެކްޓެއް ކަމަށެވެ. 

Advertisement - newsAdvertisement

ރައޫފް ވިދާޅުވީ މަސައްކަތް އެކި ފަހަރުމަތިން މަޑުޖެހުނު ނަމަވެސް ވެރިކަން ބަދަލުވި އިރު ޕްރޮޖެކްޓުގެ 90 އިންސައްތަ މަސައްކަތް އޮތީ އެއްކޮށް ނިންމާލާފައި ކަމަށެވެ. އޭނާ ވިދާޅުވީ މި ވެރިކަން އައި ފަހުން 2 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށް ވައުދުވި ކަމަށެވެ. 

ކޮންޓްރެކްޓަރަށް ވަރަށް ގިނަ މައްސަލަތަކެއް ދިމާވި. ފައިސާގެ މައްސަލައާއި އެކިއެކި މައްސަލަތައް ހުރީމާ، ނިންމާފައި ކޮމިޝަން ކޮށް  ޕްރޮޖެކްޓުގެ ހިދުމަތް ދޭން ފަށަން މިވަނީ ރެޑީވެފައި. ދެން މިހާރު ޑޮކިއުމެންޓުގައި ސޮއިކުރަން އައިސް، ސޮއިކުރަން ބުނެފައި އެހެންނަމަވެސް ސޮއިނުކުރެވި މަޑު މިކުރަނީ. އަޅުގަނޑުމެންނަށް ނޭނގޭ މި ޕްރޮޖެކްޓުގެ ކިހާ އަދަދެއްގެ ގެއަށް ކަމެއް ކޮޅު ވައްދަންޖެހެނީ. ކިތައް ގެވަޅަށް ކަމެއް ކޮޅު ލާންޖެހެނީ. އެހެންވީމާ އެ މައުލޫމާތު މިނިސްޓްރީން ފޯރުކޯށްދިނީމާ ސޮއިކުރާނަން. 
ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް

ރައޫފް ވިދާޅުވީ ފެނާ ނަރުދަމާގެ ޕްރޮޖެކްޓް ފެށިގެން އައި އިރު، ވަކި އަދަދެއްގެ ގެތަކަށް ކަނެކްޝަން ގުޅައިދޭން އޮންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ޕްރޮޖެކްޓާއި ގުޅިގެން ކައުންސިލާއި އެކި ފަހަރުމަތިން ވާހަކަ ދެކެވި ރައްޔިތުންގެ އެތައް ޝަކުވާއެއް ޕްރޮޖެކްޓުގެ ހިދުމަތް ލިބުން ލަސްވާތީ އައި ކަމަށެވެ. 

އަދި ހިދުމަތް ނުލިބި ދިގުލައިގެން ގޮސްފައިވާ އިރު، އެތައް ގެވަޅެއް ދޫކޮށް އެތައް ގެއަކަށް މީހުން އާބާދުވެފައިވާ ކަމަށާއި، ހިދުމަތް ނުލިބި އެތައް ދުވަހެއް ވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަށް ރައޫފު ވިދާޅުވި އެވެ.

ކެނދިކުޅުދޫފެނާއި ނަރުދަމާގެ މަޝްރޫއުކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ ޑިސެމްބަރުގައި ފަށާ 1 މަސްތެރޭގައި ނިމޭނެކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި ކެނދިކުޅުދޫ ފުޓްސަލް ދަނޑުގެ މަސައްކަތް އަދިވެސް ނުފަށާ

މިދިޔަ ޑިސެމްބަރުގައި ފަށާ 1 މަސްތެރޭގައި ނިމޭނެކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި ކެނދިކުޅުދޫ ފުޓްސަލް ދަނޑުގެ މަސައްކަތް އަދިވެސް ނުފަށާ

17 ފެބުރުއަރީ 2026
ވިލާކޮލެޖާއި ހަވާލުކޮށްގެން ކެނދިކުޅުދޫގައި ހަދާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި

ވިލާކޮލެޖާއި ހަވާލުކޮށްގެން ކެނދިކުޅުދޫގައި ހަދާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި

16 ފެބުރުއަރީ 2026
ނ.ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުދޭ: "ތަނުގެ ކުރެހުން ވީ ހިސާބެއް ވެސް ނޭނގޭ"

ނ.ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުދޭ: "ތަނުގެ ކުރެހުން ވީ ހިސާބެއް ވެސް ނޭނގޭ"

16 ފެބުރުއަރީ 2026
ސިޓީސް މިނިސްޓްރީ އިން ކެނދިކުޅުދޫގައި ތަރައްގީ ކުރާ ޕާކުގެ މައުލޫމާތަކީ ސިއްރެއް!

ސިޓީސް މިނިސްޓްރީ އިން ކެނދިކުޅުދޫގައި ތަރައްގީ ކުރާ ޕާކުގެ މައުލޫމާތަކީ ސިއްރެއް!

15 ފެބުރުއަރީ 2026
ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ

ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ

15 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު