Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެނދިކުޅުދޫ ފުޓްސަލް ދަނޑު

މިދިޔަ ޑިސެމްބަރުގައި ފަށާ 1 މަސްތެރޭގައި ނިމޭނެކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި ކެނދިކުޅުދޫ ފުޓްސަލް ދަނޑުގެ މަސައްކަތް އަދިވެސް ނުފަށާ

ނ. ކެނދިކުޅުދޫ ފުޓްސަލް ދަނޑު މަރާމާތުކުރުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހު ފަށާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވި ނަމަވެސް، އެ މަސައްކަތް މިހާތަނަށް ފެށިފައި ނުވާތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވޭ. މި މަސައްކަތް ސިވެކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ މިނިސްޓްރީން ސިޓީއެއް ފޮނުވި ނަމަވެސް، އަމަލީ އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށާއި ދަނޑު މިހާރު އޮތީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ކައުންސިލުން ފާހަގަކުރޭ. އެހެންކަމުން، ގިނަ އަދަދެއްގެ ޒުވާނުން ކުޅެން ބޭނުންކުރާ މި ދަނޑުގެ މަރާމާތު އަވަސްކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2026 | އަންގާރަ 10:34
ނ. ކެނދިކުޅުދޫ ފުޓްސަލް ދަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި.

ނ. ކެނދިކުޅުދޫ ފުޓްސަލް ދަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި. | ރާއްޖެ އެމްވީ

މިދިޔަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ފަށާ 1 މަސް ތެރޭގައި މަރާމާތުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕޯޓްސް މިނިސްޓަރު ރާފިއު ވިދާޅުވި ނ. ކެނދިކުޅުދޫ ފުޓްސަލް ދަނޑުގެ އެއްވެސް މަސައްކަތެއް ނުފަށާ ކަމަށް އެ ރަށު ކައުންސިލް މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ. 

ކެނދިކުޅުދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމަށް 1 މަސް ދުވަހުގެ މުއްދަތެއް ކުޅިވަރާއި ބެހޭ ވަޒީރު ދެއްވާފައި އޮތް ނަމަވެސް އެތަނުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިއަށް ގެންގޮސްފައި ނުވެ އެވެ. މިކަމާއި ގުޅިގެން ކައުންސިލް މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ ކެނދުކުޅުދޫ ފުޓްސަލް ދަނޑަކީ ސްޕޯޓްސް މިނިސްޓްރީގެ ތަނެއް ކަމަށެވެ. އަދި ދަނޑު ހަލާކުވަމުންދާތީ ކައުންސިލްގެ ދައުރުގެ ތެރޭގައި ފެންސު ވެސް މަރާމާތު ކުރެވުނު ކަމަށާއި، ޓާފް ވެސް މަރާމާތުކުރެވޭނެ އެންމެ ރަނގަޅަކަށް މަރާމާތު ކުރި ކަމަށެވެ. ނަމަވެސް މަރާމާތު ނުކުރެވޭ ވަރަށް ތަން މިހާރު ހަލާކުވެފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ދެން މި ވާހަކަ 2025 ވަނަ އަހަރު ރައީސް މުއިއްޒު ކެނދިކުޅުދޫ އަށް ވަޑައިގެންނެވި ދަތުރުގައި ވެސް ފާހަގަކުރި. އެންމެފަހުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އޮތް ވޮލީ މުބާރާތެއް ފައްޓަވައި ދެއްވުމުގެ ރަސްމިއްޔާތަށް ސްޕޯޓްސް މިނިސްޓަރު ރާފިއު ވަޑައިގެންނެވި ދުވަހު، ދަނޑުގެ ވާހަކަ ދެންނެވީމާ ބަޖެޓް ކުރެވިފައި ނެތަސް މިނިސްޓްރީގެ ބަޖެޓުން ވިޔަސް ޑިސެމްބަރު މަސް ނިމުމުގެ ކުރިން މިކަންތައް ފައްޓަވައި ދެއްވާނަމޭ ވިދާޅުވި. ދެން މިވީ ގޮތަކީ އޭގެ ދުވަސްކޮޅެއް ފަހުން މިއަހަރުގެ ޖެނުއަރީ 2 ވަނަ ދުވަހު ސިވެކާއި ހަވާލުކުރި ކަމަށް އަދި ސިވެކާއި ސައިޓް ހަވާލުކޮށްދެއްވުމަށް ކައުންސިލަށް ސިޓީއެއް ލިބިފައިވޭ. 
ކެނޑިކުޅުދޫ ކައުންސިލްގެ މެންބަރު މުހައްމަދު ޝާހިދު

ޝާހިދު ވިދާޅުވީ ކައުންސިލަށް ސިޓީ ފޮނުވި އިރު، ސްޕޯޓްސް މިނިސްޓްރީ އަށް އެ ދަނޑަކީ ކޮންބައެއްގެ ދަނޑެއް ކަމަށް އެނގިވަޑައިގަންނަވާހެން ހީނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ދަނޑުގެ މަސައްކަތް ކުރަން ކައުންސިލުން ބަޔަކަށް ދޭން ނުޖެހޭ ކަމަށާއި، ކުރިން ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީ އަށް އެތަނުގެ ރަޖިސްޓްރީ ހަދާދީފައިވާ ކަމަށެވެ. 

ރަޖިސްޓްރީ ސްޕޯޓްސް މިނިސްޓްރީ ގައި އޮންނާނެ ކަމަށް ބެލެވެނީ. ދެން މިކަން ނުވެގެން ވާހަކަ ދައްކާ. ދެން ރައްޔިތުން ދައްކާނެތާ، މިތަނަކީ އެތަކެއް ކުޅޭ ކުދިން ކުޅެން އަންނަ ތަނެއް. މިއީ ފުޓްސަލްގެ މަޝްރޫއު ރަށެއް، އަޅުގަނޑުމެން ދެފަހަރެއްގެ މަތިން ގޯލްޑަންގައި އަތޮޅު ޗެމްޕިއަންޝިޕް ވެސް ނަގާފައި އޮތް ރަށެއް. ފުޓްސަލް ކުޅޭ ރަނގަޅު ފެންވަރުގެ ކުދިން ތިބޭ ރަށެއް މިއީ. އެހެންވީމަ މިވާހަކަ ދައްކާތީ ކޮންމެވެސް ކަމެއް ކޮށްލިކަމަށް ދައްކަން ފޮނުވި ލިޔުމެއް ކަމަށް ބެލެވެނީ. 
ކެނޑިކުޅުދޫ ކައުންސިލްގެ މެންބަރު މުހައްމަދު ޝާހިދު

ޝާހިދު ވިދާޅުވީ މިނިސްޓްރީގެ ލިޔުން އައި ފަހުން އަދި އެއްވެސް ކަމެއް ނުވާ ކަމަށާއި، އެރަށުގައި ސަރުކާރުން މުސާރަ ދީފައި ޔޫތް އެސޯސިއޭޓެއް ވެސް ލާފައި ހުންނަ ކަމަށެވެ. އެބޭފުޅާ ވެސް ޒިންމާދާރުކަމާ އެކު ޒުވާނުންނަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ކެނދިކުޅުދޫ ފުޓްސަލް ދަނޑަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލައިޓްޖަހާ ވަރަށް ފުރިހަމަ ކޮށް އަޅާދިން ދަނޑެއް ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ. 

ކެނދިކުޅުދޫފުޓްސަލް ދަނޑުރައީސް ޑރ.މުހައްމަދު މުއިއްޒުސްޕޯޓްސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލާކޮލެޖާއި ހަވާލުކޮށްގެން ކެނދިކުޅުދޫގައި ހަދާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި

ވިލާކޮލެޖާއި ހަވާލުކޮށްގެން ކެނދިކުޅުދޫގައި ހަދާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި

16 ފެބުރުއަރީ 2026
ނ.ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުދޭ: "ތަނުގެ ކުރެހުން ވީ ހިސާބެއް ވެސް ނޭނގޭ"

ނ.ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުދޭ: "ތަނުގެ ކުރެހުން ވީ ހިސާބެއް ވެސް ނޭނގޭ"

16 ފެބުރުއަރީ 2026
ޒުވާން ކުޅުންތެރިޔާގެ ތިން ވަނަ ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު އަށް، ގަދަ ތިނެއްގައި އިޔާން ނެތުމުން ސުވާލު ތަކެއް

ޒުވާން ކުޅުންތެރިޔާގެ ތިން ވަނަ ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު އަށް، ގަދަ ތިނެއްގައި އިޔާން ނެތުމުން ސުވާލު ތަކެއް

16 ފެބުރުއަރީ 2026
ސިޓީސް މިނިސްޓްރީ އިން ކެނދިކުޅުދޫގައި ތަރައްގީ ކުރާ ޕާކުގެ މައުލޫމާތަކީ ސިއްރެއް!

ސިޓީސް މިނިސްޓްރީ އިން ކެނދިކުޅުދޫގައި ތަރައްގީ ކުރާ ޕާކުގެ މައުލޫމާތަކީ ސިއްރެއް!

15 ފެބުރުއަރީ 2026
ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ

ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ

15 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު