Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ. މީދޫ

ދ. މީދޫ ބަނދަރު މަޝްރޫއު: މިސަރުކާރު އައިއިރު ނުނިމި ހުރީ ހަމައެކަނި ބޭރު ތޮށިލުމުގެ މަސައްކަތް، ސަރުކާރަށް 3 އަހަރު ވާންދާއިރު އަދިވެސް މަސައްކަތް ނިންމާ ނުލެވޭ!

5 އޮކްޓޯބަރު 2026 | ހޯމަ 13:12

ދ. މީދޫ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ލަސްވަމުންދާތީ އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި. މި މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވީ ނަމަވެސް، ބާކީ ހުރި މަސައްކަތްތައް ހުއްޓިފައިވާތީ މިއީ ތަރައްގީގެ ވިސްނުން ނެތް ސަރުކާރެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 5 އޮކްޓޯބަރު 2026 | ހޯމަ 13:12

ދ. މީދޫ ބަނދަރު މަޝްރޫއު: މިސަރުކާރު އައިއިރު ނުނިމި ހުރީ ހަމައެކަނި ބޭރު ތޮށިލުމުގެ މަސައްކަތް، ސަރުކާރަށް 3 އަހަރު ވާންދާއިރު އަދިވެސް މަސައްކަތް ނިންމާ ނުލެވޭ! | ރާއްޖެ އެމްވީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޮޑު ބައެއް ނިންމާފައިވާ ދ. މީދޫ ބަނދަރު މަޝްރޫއުގެ ބޭރު ތޮށިލުމުގެ މަސައްކަތް އަދިވެސް މި ސަރުކާރަށް ނިންމާލެވިފައި ނުވާތީ އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ޝާހިދު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މީދޫ ބަނދަރު މަޝްރޫއުއަކީ ރައީސް ސޯލިހުގެ ސަރުކާރުގައި ފަށާފައިވާ މަޝްރޫއެއް ކަމަށެވެ. އަދި އެ ސަރުކާރު ނިމުނުއިރު ނުނިމި ހުރީ ހަމައެކަނި ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތްކަން ޝާހިދު ފާހަގަކުރެއްވި އެވެ. 

Advertisement - newsAdvertisement

ބޭރު ތޮށިލުމުގެ މަސައްކަތް ފަށާފައިވަނީ ކައުންސިލް އިންތިހާބުގެ ތެރޭގައި ކަމަށާއި، އަދިވެސް އެ މަސައްކަތް ނިމާލެވިފައިވާ ނުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

އެހިސާބުން ދޭތެރެ ދޭތެރެއިން ބަޔަކު އަންނަ ކަމުގައި ވަންޏާ ނުވަތަ ވެރިކަމުގެ ފަރާތުން ބަޔަކު އަންނަ ކަމުގައި ވަންޏާ އެކްސްކަވޭޓަރު އަންނާނެ އައިސް ހިލަކޮޅެއް ބަހައްޓާފައި ދާނެ. އަނެއްކާ ވެސް އަޅުގަނޑަށް ހީވަނީ ތެޔޮ ހުސްވީ ހެން ނޫނީ ދިމާވެގެން އުޅޭ ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ސުވާލަކީ ކީއްވެގެން ހެއްޔޭ ހުއްޓިފައި މިއޮތީ
މުހައްމަދު ޝާހިދު

މީގެ އިތުރުން، ޝާހިދު ވަނީ މި ސަރުކާރަކީ އެއްވެސް ވަރަކަށް ތަރައްގީގެ ވިސްނުން ގެންގުޅޭ ސަރުކާރެއް ނޫން ކަމަށާއި ބަޔަކު ކޮށްފައި ހުރި ކަމެއްގެ ތެރެއަށް އަތް ބޭނުން ނުވަތަ ކަމެއް ފަށާފައި ނިންމަން މިސަރުކާރަށް ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ. 

ދ. މީދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 373 މީޓަރުގެ ބޭރުތޮށި ލުމާއި 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 294 މީޓަރުގެ އެއްގަމުތޮށި ލުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 1,470 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. 

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒްކޮށްފައިވަނީ 27 އެޕްރީލް 2021 ގަ އެވެ. 

ދ. މީދޫބަނދަރު މަޝްރޫޢު

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2026

މީދޫގައި ތަރައްގީ ކުރާ މޫދަށް އެރޭ ސަރަހައްދު: އިންތިޚާބުގެ ފަހުން އަމަލީ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދޭ، މިހާރު ހައިމާކު އެއޮތީ ރާއްޖެޓީވީގެ ޓީމު އެ ރަށަށް އަންނަ ޚަބަރު ލިބުމާ ގުޅިގެން!

03 އޮކްޓޯބަރު 2026

ދ. މީދޫގެ ހާލަތު: ކަރަންޓު ބިލާއި ތަކެތީގެ އަގުބޮޑުވުމާއި މަސްވެރިކަމުގެ ދަތިތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!

03 އޮކްޓޯބަރު 2026
ދ. މީދޫގެ ހާލަތު: ކަރަންޓު ބިލާއި ތަކެތީގެ އަގުބޮޑުވުމާއި މަސްވެރިކަމުގެ ދަތިތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!
03 އޮކްޓޯބަރު 2026

ކުރީ ސަރުކާރުން 95 އިންސައްތަ ނިންމާފައިވާ ޅައިމަގު ބަނދަރު މަޝްރޫއު: މިސަރުކާރަށް މަަސައްކަތް ނިންމާނުލެވި 3 އަހަރު ވަނީ!

03 އޮކްޓޯބަރު 2026
ކުރީ ސަރުކާރުން 95 އިންސައްތަ ނިންމާފައިވާ ޅައިމަގު ބަނދަރު މަޝްރޫއު: މިސަރުކާރަށް މަަސައްކަތް ނިންމާނުލެވި 3 އަހަރު ވަނީ!
03 އޮކްޓޯބަރު 2026

ދ. މީދޫގައި ހުންނަ ވެމްކޯ ސައިޓްގެ އެއްވެސް ބޭނުމެއް ނުކުރެވި، ގޮނޑެއްގެ ގޮތުގައި އޮންނަތާ އެއް އަހަރަށްވުރެ ގިނަ ދުވަސް!

03 އޮކްޓޯބަރު 2026
ދ. މީދޫގައި ހުންނަ ވެމްކޯ ސައިޓްގެ އެއްވެސް ބޭނުމެއް ނުކުރެވި، ގޮނޑެއްގެ ގޮތުގައި އޮންނަތާ އެއް އަހަރަށްވުރެ ގިނަ ދުވަސް!
03 އޮކްޓޯބަރު 2026

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

03 އޮކްޓޯބަރު 2026
ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!
02 އޮކްޓޯބަރު 2026

ދ. މީދޫ މަގު ހެދުމުގެ މަޝްރޫއު: 3 އަހަރު ފުރިގެންދާއިރު މަގުތަކުގައި ބަހައްޓާފައިވަނީ ހަމައެކަނި މަދު ޖަންކްޝަންތަކެއް!

02 އޮކްޓޯބަރު 2026
ދ. މީދޫ މަގު ހެދުމުގެ މަޝްރޫއު: 3 އަހަރު ފުރިގެންދާއިރު މަގުތަކުގައި ބަހައްޓާފައިވަނީ ހަމައެކަނި މަދު ޖަންކްޝަންތަކެއް!
01 އޮކްޓޯބަރު 2026

ދ. މީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް: ވަށާ ފާރު ތަޅާލުން ނޫން އިތުރު ކަމެއް އަދި މިސަރުކާރަށް ނުވޭ!

01 އޮކްޓޯބަރު 2026
ދ. މީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް: ވަށާ ފާރު ތަޅާލުން ނޫން އިތުރު ކަމެއް އަދި މިސަރުކާރަށް ނުވޭ!
26 ސެޕްޓެމްބަރު 2026

މެޑަމް ސާޖިދާގެ އާއިލާގެ ބޭފުޅަކު ރާއްޖެޓީވީގެ މުވައްޒަފުންނަށް ހަމަލާދޭން އުޅުނު މައްސަލަ ހުށަހަޅަން ދިއުމުން ފުލުހުން އެ މައްސަލަ ބަލައިނުގަނެ ފޮނުވާލައިފި

26 ސެޕްޓެމްބަރު 2026
 މެޑަމް ސާޖިދާގެ އާއިލާގެ ބޭފުޅަކު ރާއްޖެޓީވީގެ މުވައްޒަފުންނަށް ހަމަލާދޭން އުޅުނު މައްސަލަ ހުށަހަޅަން ދިއުމުން ފުލުހުން އެ މައްސަލަ ބަލައިނުގަނެ ފޮނުވާލައިފި
25 ސެޕްޓެމްބަރު 2026

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

25 ސެޕްޓެމްބަރު 2026
ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!
25 ސެޕްޓެމްބަރު 2026

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

25 ސެޕްޓެމްބަރު 2026
މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް