Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމ. ނާލާފުށި

މ. ނާލާފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު: ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ލިބުނީ ކުރެހުމެއް!

31 ޖުލައި 2026 | ހުކުރު 13:50

މ. ނާލާފުށި ބަނދަރު ހެދުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ކައުންސިލަށް ލިބުނީ ބަނދަރު ތަރައްގީ ކުރާނެ ގޮތުގެ ކުރެހުމެއް ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 31 ޖުލައި 2026 | ހުކުރު 13:50
މ. ނާލާފުށި ބަނދަރު ހެދުމުގެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އެ ރަށު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

މ. ނާލާފުށި ބަނދަރު ހެދުމުގެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އެ ރަށު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި | ރާއްޖެ އެމްވީ

މ. ނާލާފުށި ބަނދަރު ހެދުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ކައުންސިލަށް ލިބުނީ ބަނދަރު ތަރައްގީ ކުރާނެ ގޮތުގެ ކުރެހުމެއް ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޒުހައިދު ވިދާޅުވެއްޖެ އެވެ. 

މިހާރު ނާލާފުށިގައި އޮތް ބަނދަރު ބޭނުން ކުރުމުގައި ދަތިތަކެއް ހުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީ އަށް ޒުހައިދު ވިދާޅުވީ ސަރުކާރުން ފޮނުވި ކުރެހުމުގައި ބޭރު ތޮއްޓަށް އެރޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އަތޮޅުގެ ނިސްބަތުން އެންމެ ގިނަ ކުދި އުޅަނދު ގެންގުޅޭ ރަށަކީ ނާލާފުށިކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ރަށުގެ ރައްޔިތުން ބޭނުންވަނީ ބޭރު ތޮށީގައި އުޅަނދުތައް އެޅޭނެ ގޮތަށް ބަނދަރު ތަރައްޤީ ކުރަން ކަމަށެވެ. 

Advertisement - newsAdvertisement
އަޅުގަނޑުމެން ރަށަކީ އަތޮޅުގެ ނިސްބަތުން ބަލަންޏާ އެންމެ ގިނަ ކުދި އުޅަނދު ގެންގުޅޭ އެއް ރަށް، ގާތްގަނޑަކަށް ބުނަންޏާ 50އަށް ވުރެ ގިނަ ކުދި އުޅަނދު މިރަށުގައި އެބަ އޮތް، އޮތް އިރު އެއްޗެހި އެޅޭނެ ތަނެއް ނެތް، އެ އެޅުމަށްޓަަކައި ބޭރު ތޮށި ބޭނުންކުރަން އަޅުގަނޑުމެން ބޭނުންވޭ އެހެންނަމަވެސް އެގޮތަށް ހިލަތަކެއް އަޅާލީމައި އެ ބޭރު ތޮށި އަޅުގަނޑުމެންނަށް އެންމެ އެދެވޭ ގޮތެއްގައި ބޭނުން ކުރެވިގެން ނުދާކަން ފާހަގަކޮށް އޭރު އެ ކައުންސިލުން ވެސް އަޅުގަނޑުމެން ވާނީ ލެޓަރއެއް ފޮނުވާފައި، ބަނދަރު ބޭރު ތޮށި ޖަހާއިރު އެގޮތަށް ޖަހާދިނުމަށް އެދި، އެކަމަކު އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިސަރުކާރުން ވެސް އެވަރުގެ ބޮޑު ބުރައަކަށް ވާތީ އެކަން ކުރަން ބޭނުން ނުވަނީ، މިބުނާހެން ތަންކޮޅެއް ކޯސްޓް ހައި ވަނީ އެހެންވީމަ މިވަރުގެ ޕޮޕިއުލޭޝަންއަކަށް އެވަރުގެ ސްޕެންޑްއެއް ކުރަން ބޭނުން ނުވަނީ ކަމަށް އަޅުގަނޑުގެ ޒަމީރު ގަބޫލު ކުރަނީ 
އިބްރާހީމް ޒުހައިދު

ޒުހައިދު ވިދާޅުވީ އެންމެ ފަހުގެ އަޕްޑޭޓްއަކަށް މައުލޫމާތު ލިބުނީ ދާއިރާގެ މެންބަރާއެކު ބޭއްވުނު ނާލާފުށި ޕީއެންސީ ސްޓިއަރިންގ ކޮމިޓީ މީޓިންއެއްގައި، ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދާނީ ބޭރު ތޮށީގައި ކުދި އުޅަނދު އެޅޭ ގޮތަށް ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް މިފަދަ މައުލޫމާތެއް ކައުންސިލާއި ހިއްސާ ކޮށްފައި ނުވާތީ ޒުހައިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

މީގެއިތުރުން ބަނދަރު މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ތަނަކީ ފުން ތަނަކަށް ވުމުގެ ސަބަބުން ދަތިތަކެއް ހުރި ކަމަށް ކުރީ ސަރުކާރުން ބުނެފައިވާތީ، ރައްޔިތުންގެ މަޝްވަރާއާއެކީ އިރުމަތި ފަރާތައް ބަދަލުކުރުމަށް ރައްޔިތުންގެ ބައްދަލުވުމަކުން ނިންމާފައިވާ ކަމަށް ޒުހެއިދު ވިދާޅުވި އެވެ. ނަމަވެސް މިދިޔަ ދައުރުގެ ކައުންސިލުން އެ ނިންމުން ބޮލަލާ ޖަހައި، ބަނދަރު ހަދަން ނިންމީ ކުރިން ވެސް ހަދަން ނިންމާފއިވާ ތަނުގައި ކަމަށް ޒުހެއިދު ވިދާޅުވި އެވެ. 

އިބްރާހިމް ޒުހައިދުބަނދަރު މަޝްރޫޢުމ. ނާލާފުށި

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

27 ޖުލައި 2026

މ. ނާލާފުށި ބިން ހިއްކުން: ނިންމި ބައުންޑްރީ ވޯލް ވެސް މިހާރު އޮތީ ގިރައިގެން ގޮސް މޫދާ އެއްވަރަށް ތިރިވެފައި!

27 ޖުލައި 2026
މ. ނާލާފުށި ބިން ހިއްކުން: ނިންމި ބައުންޑްރީ ވޯލް ވެސް މިހާރު އޮތީ ގިރައިގެން ގޮސް މޫދާ އެއްވަރަށް ތިރިވެފައި!
27 ޖުލައި 2026

ނާލާފުށީ ކުނި ކޮށި އަޕްގްރޭޑް ކުރުން: ރައީސް މުއިއްޒު ވަޑައިގަންނަވަން 2025 ގައި ޖެހި ބޯޑު ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރޭ!

27 ޖުލައި 2026
ނާލާފުށީ ކުނި ކޮށި އަޕްގްރޭޑް ކުރުން: ރައީސް މުއިއްޒު ވަޑައިގަންނަވަން 2025 ގައި ޖެހި ބޯޑު ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރޭ!
20 ޖޫން 2026

ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!

20 ޖޫން 2026
ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!
11 ފެބުރުއަރީ 2026

ވެރިކަން ބަދަލުވުމާއެކު ކެނދިކުޅުދޫ ބަނދަރުގެ މަސައްކަތް ކުރަނީ މަލާމާތް ކުރާ އުސޫލުން: ކައުންސިލުގެ ނައިބު ރައީސް

11 ފެބުރުއަރީ 2026
ވެރިކަން ބަދަލުވުމާއެކު ކެނދިކުޅުދޫ ބަނދަރުގެ މަސައްކަތް ކުރަނީ މަލާމާތް ކުރާ އުސޫލުން: ކައުންސިލުގެ ނައިބު ރައީސް
10 އޮކްޓޯބަރު 2025

"މިދިޔަ ފެބްރުއަރީ މަހު ފަށާނެ ކަމަށް ބުނި ނަޑެއްލާ ބަނދަރު އަދިވެސް ނުފެށޭ"

10 އޮކްޓޯބަރު 2025
"މިދިޔަ ފެބްރުއަރީ މަހު ފަށާނެ ކަމަށް ބުނި ނަޑެއްލާ ބަނދަރު އަދިވެސް ނުފެށޭ"
08 ސެޕްޓެމްބަރު 2025

ދިގުރަށަށް ރައީސް ވަޑައިގަންނަވާ ދަތުރުފުޅާއި ގުޅިގެން ޖިއޯބޭގްތައް ގެނެސްފި، މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު ވަނީ

08 ސެޕްޓެމްބަރު 2025
ދިގުރަށަށް ރައީސް ވަޑައިގަންނަވާ ދަތުރުފުޅާއި ގުޅިގެން ޖިއޯބޭގްތައް ގެނެސްފި، މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު ވަނީ
04 ސެޕްޓެމްބަރު 2025

ކުރީ ސަރުކާރުން ފަށާފައިވާ ދިގުރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި

04 ސެޕްޓެމްބަރު 2025
ކުރީ ސަރުކާރުން ފަށާފައިވާ ދިގުރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި
21 އޯގަސްޓު 2025

ރައީސް މުއިއްޒު ވަޑައިގަތުމުގެ 2 ގަޑިއިރެއްހާ އިރު ކުރިން، ރަސްދޫ އަށް ހިލަ ބާޖަކާއި ހައިމާކެއް ގެންގޮސްފި

21 އޯގަސްޓު 2025
ރައީސް މުއިއްޒު ވަޑައިގަތުމުގެ 2 ގަޑިއިރެއްހާ އިރު ކުރިން، ރަސްދޫ އަށް ހިލަ ބާޖަކާއި ހައިމާކެއް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް