Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނުން އެމެރިކާގެ ފިއްތުންތަކަށް ދޫނުދޭނެ: އީރާނުގެ އަސްކަރީ ތަރުޖަމާނު

އީރާނުގެ އަސްކަރީ ތަރުޖަމާނު ވިދާޅުވީ ދުޝްމަނުންގެ ކޮންމެ އުދުވާނަކަށް ރައްދުދިނުމަށް އެ ގައުމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި، ގޯހެއް ހަދައިފިނަމަ އެމެރިކާ އާއި އިޒްރޭލުގެ އިގްތިސާދީ މަސްލަހަތުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް.

ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2026 | ހޯމަ 16:02
އީރާނުގެ ގައުމީ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، 2025 އޭޕްރިލް 18 ވީ ހުކުރު ދުވަހު އެ ގައުމުގެ ވެރިރަށް ތެހެރާންގައި ބޭއްވި އަސްކަރީ ޕެރޭޑުގައި، އީރާނުގެ އެއްގަމު ސިފައިންނާއި، ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންގެ އިތުރުން ޚާއްސަ ފައުޖުތަކުގެ ސިފައިން ބައިވެރިވަނީ.

އީރާނުގެ ގައުމީ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، 2025 އޭޕްރިލް 18 ވީ ހުކުރު ދުވަހު އެ ގައުމުގެ ވެރިރަށް ތެހެރާންގައި ބޭއްވި އަސްކަރީ ޕެރޭޑުގައި، އީރާނުގެ އެއްގަމު ސިފައިންނާއި، ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންގެ އިތުރުން ޚާއްސަ ފައުޖުތަކުގެ ސިފައިން ބައިވެރިވަނީ. | ގެޓީ އިމޭޖަސް

ވޮޝިންގޓަނާއެކު މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އެމެރިކާގެ ފިއްތުންތަކަށް ނުވަތަ އެ ގައުމުން ކުރާ ޝަރުތުތަކަށް އީރާނުން ދޫނުދޭނެ ކަމަށް އެ ގައުމުގެ ހަތިޔާރު އެޅި ސިފައިންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަބުލްފަޒްލް ޝެކާރްޗީ ވިދާޅުވެއްޖެ އެވެ.

ޖެނެރަލް ޝެކާރްޗީ މިހެން ވިދާޅުވީ ޕްރެސް ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ އޮމާންގެ މަސްކަޓްގައި އީރާނާއި އެމެރިކާގެ މަންދޫބުންގެ މެދުގައި ހުކުރު ދުވަހު ބޭއްވި ނުސީދާ މަޝްވަރާތަކުގެ އާ ބުރަކަށް ފަހުގަ އެވެ.

އީރާނުގެ އަސްކަރިއްޔާ އާއި ޑިޕްލޮމެޓިކް ދާއިރާއާ ދެމެދު އޮތް ބަދަހި ގުޅުމާއި އެއްބައިވަންތަކަން ފާހަގަކުރައްވަމުން ޖެނެރަލް ވިދާޅުވީ، މަޝްވަރާ ކުރާ ޓީމުގެ ފަހަތުގައި މުޅި ގައުމާއި ސިފައިން ތިބި ކަމަށާއި، އެހެންކަމުން ފުރިހަމަ ބާރާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބާރުއަޅުއްވާ ކަމަށެވެ.

"ނަމަވެސް އީރާނުގެ ހަތިޔާރު އެޅި ސިފައިންގެ ހައިސިއްޔަތުން އަޅުގަނޑުމެން މިތިބީ، އެމެރިކާ އިން އަޅުގަނޑުމެންގެ ގައުމާ ދެކޮޅަށް ރާވާފާނެ ކޮންމެ ރޭވުމަކަށްވެސް ތައްޔާރަށް. އަދި އެކަށީގެންވާ ވަގުތުގައި، އެކަށީގެންވާ ރައްދެއް އަޅުގަނޑުމެން ދޭނަން،" ޖެނެރަލް ޝެކާރްޗީ ވިދާޅުވި އެވެ.

2025 ވަނަ އަހަރުގެ ޖޫން މަހު އިޒްރޭލުން ދިން އުދުވާނީ ހަމަލާތަކަށް ފަހު، މެދުކެނޑިފައި އޮތް ނިއުކްލިއާ މަޝްވަރާތައް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އާއި އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އިސްކޮށް ތިއްބަވައިގެން މަސްކަޓްގައި އަލުން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ކުރިއެކޭވެސް އެއްގޮތަށް ނުސީދާކޮށް ކަމަށްވާއިރު، އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު އަލް ބޫސައިދީ ވަނީ ދެ ފަރާތުގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރައްވާފަ އެވެ.

އޮމާން މެދުވެރިވެގެން ބޭއްވި މި މަޝްވަރާތަކަށް ފަހު ވާހަކަދައްކަވަމުން އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ، އެމެރިކާ އާ އެކު ކުރެވުނު މަޝްވަރާތަކަކީ "ރަނގަޅު ފެށުމެއް" ކަމަށާއި، އެ މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

މި މަޝްވަރާތައް މި ބޭއްވުނީ، އެމެރިކާ އިން އެ ސަރަހައްދަށް ވައިގެ އަދި ކަނޑުގެ ސިފައިން ފޮނުވައި، އީރާނަށް އަލުން ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން މަސްރަހު ނުތަނަވަސްވެފައި އޮތްތާ ހަފުތާތަކެއް ފަހުންނެވެ. އީރާނުން ބުނަމުންދަނީ ޑިޕްލޮމެސީގެ މަގު ދޫކޮށްނުލާނެ ކަމަށާއި، ނަމަވެސް ކޮންމެ ފަދަ އުދުވާނީ ހަމަލާއަކަށް ރައްދުދޭން ތައްޔާރަށް އޮތް ކަމަށެވެ.

އުދުވާނަށް ރައްދުދިނުމަށް އީރާން އޮތީ ކުރިއަށްވުރެ ބޮޑަށް ތައްޔާރަށް

އީރާނުގެ އަސްކަރީ ތައްޔާރީތަކާއި ހަމަލާތައް ހުއްޓުވުމުގެ ގާބިލުކަމާ ބެހޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޝެކާރްޗީ ވިދާޅުވީ، ދުޝްމަނުންގެ ހަރަކާތްތަކަށް ރައްދުދިނުމުގައި އީރާން އޮތީ "ވަރަށް މަތީ ފަންތިއެއްގެ" ތައްޔާރީގައި ކަމަށެވެ.

12 ދުވަހުގެ ހަނގުރާމަ އަށް ފަހު، ދުޝްމަނުން ހަދާ ކޮންމެ "ސްޓްރެޓީޖިކް ގޯހަކާ" ކުރިމަތިލުމަށްޓަކައި ހަތިޔާރު އެޅި ސިފައިންގެ ތައްޔާރީތައް އިތުރަށް ވަރުގަދަކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖެނެރަލް ވިދާޅުވި ގޮތުގައި އީރާނުގެ އަސްކަރިއްޔާ މިހާރު އޮތީ ކުރިއަށްވުރެ މާ މަތީ ދަރަޖައެއްގެ ތައްޔާރީ ހާލަތެއްގަ އެވެ.

ގައުމާއި އީރާނުގެ ސަރަހައްދީ ނަޒާހަތްތެރިކަން ދިފާއުކުރުމަށާއި، ދުޝްމަނުންގެ ކޮންމެ ނުބައި ހިސާބަކާ ކުރިމަތިލުމަށްޓަކައި ހަމަލާދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ހަތިޔާރު އެޅި ސިފައިން އަޒުމް ކަނޑައަޅާފައިވާކަން ޝެކާރްޗީ ތަކުރާރުކުރެއްވި އެވެ.

ހަމަލާދީފިނަމަ އެމެރިކާ އާއި އިޒްރޭލުގެ އިތުރު އަމާޒުތަކަށް އީރާނުން ހަމަލާދޭނެ

އެމެރިކާ އާއި އިޒްރޭލުން އާ އުދުވާނެއް ހިންގައިފިނަމަ، އޭގެ ރައްދު މާ ވޭން ހުންނާނެ ކަަމަށާއި އަދި މާ ވަރުގަދަވާނެ ކަމަށް ވިދާޅުވެ ޝެކާރްޗީ ވަނީ އެ ދެ ގައުމަށް އިންޒާރު ދެއްވާފަ އެވެ.

"އެމީހުން އަނެއްކާވެސް ގޯހެއް ހަދައިފިނަމަ، މިފަހަރުގެ ރައްދު މާ ވަރުގަދަވާނެކަން ކަށަވަރު. އަދި ހަނގުރާމައިގެ ދާއިރާ އިތުރަށް ފުޅާވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މުޅި ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ މަސްލަހަތުތަކަށް ނުރައްކާވާނެ ކަމުގެ އިންޒާރުވެސް ތަރުޖަމާނު ދެއްވި އެވެ.

"12 ދުވަހުގެ ހަނގުރާމައިގައި އަޅުގަނޑުމެން އަމާޒުކުރި ތަންތަނަށްވުރެ ގިނަ ތަންތަނާއި އެމީހުންގެ އިގްތިސާދީ މަސްލަހަތުތަކަށް އަޅުގަނޑުމެން ހަމަލާދޭނަން. އެމެރިކާ އަށް އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި މައްސަލަތައް އަޅުގަނޑުމެން ކުރިމަތިކުރުވާނަން،" އޭނާ ވިދާޅުވި އެވެ.

ޖެނެރަލް ވިދާޅުވީ އީރާނާ ދެކޮޅަށް އެމެރިކާ އިން ހަދާ ސްޓްރެޓީޖިކް ގޯހެއްގައި ބައިވެރިވާ ކޮންމެ ފަރާތަކީ އީރާނުގެ އަމާޒުފަތްގަނޑުތަކުގެ ލިސްޓަށް އިތުރުވާނެ ފަރާތެއް ކަމަށެވެ.

އާ ގޯހެއް ހަދައިފިނަމަ އޭގެ ނަތީޖާ އެމެރިކާ އާއި އިޒްރޭލުން ތަހައްމަލު ކުރަންޖެހޭނެ ކަމަށް ވައުދުވަމުން އޭނާ ވިދާޅުވީ، "12 ދުވަހުގެ ހަނގުރާމައިގައި އީރާނުގެ ފަރާތުން އެމީހުންނަށް ދިނީ ވަރަށް ވަރުގަދަ ހަމަލާތަކެއް. މިފަހަރު އެއަށްވުރެ މާ ގިނަ، އަދި މާ ވަރުގަދަ ހަމަލާތަކެއް ދޭނެ،" ކަމަށެވެ.

"އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ނުވަތަ އުދުވާނުގައި އެމެރިކާ މީހުންނާއި ޒަޔަނިސްޓުންނާ ބައިވެރިވެ، އެމީހުންނަށް ވައިގެ ސަރަހައްދު ނުވަތަ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދޭ ކޮންމެ ބަޔަކާ ދެކޮޅަށް، މާތްﷲގެ މަދަދާއެކު ފުރިހަމަ ބާރާއި ވަރުގަދަކަމާއެކު އަޅުގަނޑުމެންގެ ބިން އަޅުގަނޑުމެން ދިފާއުކުރާނަން."

އޭނާ ވިދާޅުވީ އީރާނުގެ ދުޝްމަނުން ދަނީ އީރާނުގެ ރައްޔިތުން ބިރުގަންނުވާލުމަށް ނަފްސާނީ ހަނގުރާމައެއް ކުރަމުން ކަމަށެވެ. ނަމަވެސް އެފަދަ މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ހަނގުރާމައަކަށް އެދޭ ބައެއް ނޫން. މި ސަރަހައްދުގައި ހަނގުރާމައެއް ފެށުމަށް އަޅުގަނޑުމެން ދުވަހަކުވެސް މަސައްކަތެއް ނުކުރަން. އަދި ހަނގުރާމައެއް ފެށިއްޖެނަމަ، އެއީ މުޅި ސަރަހައްދަށްވެސް ލިބޭނެ ގެއްލުމެއް،" އޭނާ ވިދާޅުވި އެވެ.

އިޒްރޭލުން އީރާނަށް އުދުވާނީ ހަމަލާއެއް ދިނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ މަސްކަޓްގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އީރާން-އެމެރިކާ މަޝްވަރާތަކުގެ ހަވަނަ ބުރު ފެށުމުގެ އެންމެ ދެ ދުވަސް ކުރިންނެވެ. އެމެރިކާއިން ވެސް އެ އުދުވާނުގައި ބައިވެރިވެ، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނެވެ.

ޖޫން މަހުގެ 24 ވަނަ ދުވަހު އީރާނުން ވަނީ އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް ކާމިޔާބު ރައްދު ހަމަލާތަކެއް ދީ، އީރާނުގެ 1،064 މީހުން މަރުވި ޣައިރު ގާނޫނީ އުދުވާން ހުއްޓުވުމަށް މަޖުބޫރުކުރުވާފަ އެވެ.

މަސްދަރު: ޕްރެސް ޓީވީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއަބުލްފަޒްލް ޝެކާރްޗީމަސްކަޓުނިއުކްލިއަރ މަޝްވަރާތައްއައްބާސް އަރަގްޗީ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ ބާރު ދަށްކުރަން ތައްޔާރު، ދަތިތައް އުވާލަންޖެހޭ

އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ ބާރު ދަށްކުރަން ތައްޔާރު، ދަތިތައް އުވާލަންޖެހޭ

09 ފެބުރުއަރީ 2026
އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ

އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ

08 ފެބުރުއަރީ 2026
އީރާންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވަނީ

އީރާންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރައްވަނީ

08 ފެބުރުއަރީ 2026
މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

07 ފެބުރުއަރީ 2026
އެެމެރިކާ އާ އެކު ބޭއްވި މަޝްވަރާ ތައް ނިމުނު ތަނުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އެެމެރިކާ އާ އެކު ބޭއްވި މަޝްވަރާ ތައް ނިމުނު ތަނުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު