Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އެމްޑީޕީ އިން ހުށަހެޅި ބިލު ބަލައިގަނެ، ކޮމިޓީ އަށް

މިސްކިތްތަކަށް ގެއްލުންދިނުން އިތުރުވަމުންދާތީ، އެފަދަ އަމަލުތަކަކީ ޓެރަރިޒަމްގެ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު 56 މެންބަރުންގެ އިއްތިފާގުން ވަނީ ބަލައިގެންފަ. މި އިސްލާހަކީ މިސްކިތްތަކުގެ ކަރާމަތް ހިފެހެއްޓުމަށާއި އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ މަގުސަދުގައި ހުށަހެޅި ބިލެއް ކަމަށް މެންބަރު މުޙައްމަދު އިބްރާހިމް ފާހަގަ ކުރެއްވި. މި ބިލު އިތުރަށް ދިރާސާ ކުރުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 07:19
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ބިލު ބަލައިގަނެ، ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފި އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރު ކުޑޫ ހުށަހެޅުއްވި ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ބިލުގެ ބަހުސް ނިންމާ ބިލު ބަލައިގަތުމާ މެދު ވޯޓުގެ ވަގުތުގައި ވޯޓަށް އަހާފައިވެ އެވެ. 

ވޯޓުގެ ވަގުތުގައި މި ބިލު ބަލައިގެންފައި ވަނީ 56 މެންބަރުންގެ އިއްތިފާގުންނެވެ. އެއާއެކު ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ވަނީ ފޮނުވާފަ އެވެ. 

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ހުށަހެޅި މި އިސްލާހުގެ ބިލު ހުށަހަޅާ ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫ އަސާސީ ގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ބަޔާންކޮށްފައި ވާއިރު، ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ގައުމުގައި، މިސްކިތްތަކަށް ގެއްލުން ދިނުން އާންމުވެ އެފަދަ އަމަލުތައް ތަކުރާރު ވަމުންދާތީ އެކަން ހުއްޓުވުމެވެ.

މީގެ އިތުރުން، އެފަދަ އަމަލުތަކަކީ މިސްކިތުގެ ކަރާމަތަށް އުނިކަން ލިބޭފަދަ އަމަލުތަކެއް ކަމަށާއި މިސްކިތުގެ ކަރާމަތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ހުރުމަތްތެރި ކޮށް ހިތުމުގެ ތެރެއިންވާ ކަމެއްކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

އެ ބިލު ހުށަހަޅަނީ އެފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުމަކީ މުހިންމު ކަމެއްކަމަށް ގަބޫލު ކުރާ ކަމަށް މެންބަރު ވަނީ ފާހަގަކުރައްވާފަ އެވެ.

މެމްބަރު މީގެ ކުރިން ކުޑޫ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭ ވާހަކަ އާންމުކޮށް ނުދެއްކި ނަމަވެސް މިސްކިތްތަކަށް ގެއްލުން ދިނުން މިހާރު އާންމުވެފައިވާ ކަމަށެވެ. ބިލު ހުށަހެޅީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޙައްމަދު އިބްރާހީމް (ކުޑޫ)ރައްޔިތުންގެ މަޖިލިސްޓެރަރިޒަމް މަނާކުރުމުގެ ގާނޫނުސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުބް އާ ޓިކްޓޮކް ހިމެނޭހެން ސޯޝަލް މީޑިއާ މަނާކުރަން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުބް އާ ޓިކްޓޮކް ހިމެނޭހެން ސޯޝަލް މީޑިއާ މަނާކުރަން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް

11 ފެބުރުއަރީ 2026
ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން: ޝާހިދު

ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން: ޝާހިދު

10 ފެބުރުއަރީ 2026
ޚަރަދު ބޮޑުވަނީ ރައްޔިތުން ގާތަށް ދާންވީމާ، ފަޅު ރަށްތައް ބަލަހައްޓަން ފަސްޓް ލޭޑީގެ އާއިލާ އައްޔަނު ކުރަން ޚަރަދު ބޮޑެއް ނުވޭ: މީކާއިލް

ޚަރަދު ބޮޑުވަނީ ރައްޔިތުން ގާތަށް ދާންވީމާ، ފަޅު ރަށްތައް ބަލަހައްޓަން ފަސްޓް ލޭޑީގެ އާއިލާ އައްޔަނު ކުރަން ޚަރަދު ބޮޑެއް ނުވޭ: މީކާއިލް

10 ފެބުރުއަރީ 2026
ސިޔާސީ ހަސަދަ އޮތަސް މީހުން މަރަން ގޮވުން ބަލަ އެއް ނުގަނެވޭ: އާޒިމް

ސިޔާސީ ހަސަދަ އޮތަސް މީހުން މަރަން ގޮވުން ބަލަ އެއް ނުގަނެވޭ: އާޒިމް

10 ފެބުރުއަރީ 2026
މިހާރު ދާ ގޮތަށް ކަންކަން ދާ ނަމަ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ރާއްޖެ އަށް އިލެކްޓްރޯނިކް ވޯޓިން ގެންނާނެ، މިކަމަށް ހޭލާ ތިބެން ޖެހޭ: ޑރ.ޝަމްހީދު

މިހާރު ދާ ގޮތަށް ކަންކަން ދާ ނަމަ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ރާއްޖެ އަށް އިލެކްޓްރޯނިކް ވޯޓިން ގެންނާނެ، މިކަމަށް ހޭލާ ތިބެން ޖެހޭ: ޑރ.ޝަމްހީދު

10 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު