Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުބް އާ ޓިކްޓޮކް ހިމެނޭހެން ސޯޝަލް މީޑިއާ މަނާކުރަން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް

ރާއްޖޭގެ އީ-ޕެޓިޝަން ނިޒާމު މެދުވެރިކޮށް ހުށަހެޅި މި ޕެޓިޝަނުގައި ވަނީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ އަޚުލާގަށް ނޭދެވޭ ބަދަލުތައް އަންނާތީ، 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުބާއި ޓިކްޓޮކް ފަދަ ވަސީލަތްތައް ބޭނުންކުރުން ގާނޫނީ ގޮތުން މަނާކުރުމަށް އެދިފަ. މީގެ އިތުރުން، މި ގަވާއިދާ ޚިލާފުވާ ކުދިންނާއި ބެލެނިވެރިންނަށް ކައުންސެލިން ދިނުމަށާއި، ތަކުރާރުކޮށް ކުށް ކުރާ ނަމަ ޖެންޑަރ މިނިސްޓްރީން މައްސަލަ ބެލޭނެ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން ތައުލީމީ މަރުކަޒުތަކަށް ފޯނު ވެއްދުން މަނާކުރުމަށް ވެސް މި ޕެޓިޝަނުގައި ގޮވާލާފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 06:38
ކުޑަކުއްޖަކު ސޯޝަލް މީޑިއާ އެޕްލިކޭޝަން ތަކަށް ބަލަހައްޓައިގެން

ކުޑަކުއްޖަކު ސޯޝަލް މީޑިއާ އެޕްލިކޭޝަން ތަކަށް ބަލަހައްޓައިގެން | ގެޓީ އިމޭޖަސް

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑީއާ މަނާކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުން ތައާރަފު ކޮށްފައިވާ އީ-ޕެޓިޝަން ނިޒާމު މެދުވެރިކޮށް ހުށަހަޅާފައިވާ މި ޕެޓިޝަނަކީ  ސ. ހިތަދޫ، އަތަމާވިލާ، އަލީ އާނިމް މުދީފް އެވެ. 

Advertisement - newsAdvertisement

މިހާރު ވެސް ސޮއި ހަމަކުރުމުގެ މަސައްކަތް ކުރަމުންދާ މި ޕެޓިޝަނުގައި ބުނީ ރާއްޖޭގެ މަދު އާބާދީއެއްގެ ތެރޭގައި މިފަހަކަށް އައިސް ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތްތަށް ބޭނުން ކޮށްގެން ސޯޝަލް މީޑީއާ ގެ އެކި މަންސަތަކުގެ ބޭނުުން ކުރަމުންދާ ކަމަށެވެ.  އަދި އެ ކުދިން ކުރާ ކަންކަން ބަލާނެ ވަގުތު ބެލެނިވެރިންނަށް ނުވާ ފަހަރުވެސް ކުރިމަތިވާ ކަމަށް ޕެޓިޝަންގައި ފާހަގަކޮށްފައި ވެ އެވެ. 

އެ ޕެޓިޝަންގައި ބުނީ ކަންމިހެން ހުރި އިރު އެ ކުދިންނަށް ޔޫޓިއުބް، ޓިކްޓޮކް އަދި އެހެނިހެން ޕްލެޓްފޯމްތަކުން އެކި ނަންނަމުގައި ފާހިޝް ނުބައި ބަސްތަކާއި އަމަލުތައް ދަސްކޮށް ދެމުން ދާ ކަމަށާ މިހެން މިކަން އޮތުމުން ކުޑަ ކުދިންނަށް އެކި ކަހަލުގެ ނޭދެވޭ އަޚުލާގީ އަދި ތޮބީއީ ބަދަލުތަކެއް އަންނަކަން ފެންނާތީ މިކަން ކަމުގައި ޓެކްނޮލޮޖީ އާއި ދުނިޔެ އަށް އަންނަ ބަދަލުތަކަށް ބިނާކޮށް ދިވެހި ރާއްޖޭގެ ގާނޫނާއި ގަވާއިދު ތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. 

އެހެން ކަމުން ޕެޓިޝަންގައި ހުށަހަޅާފައި ވަނީ ސޯޝަލް މީޑީއާ އަދި ބޮޑެތި މީހުންނަށް ހަދާފައި ހުންނަ ވީޑިއޯ ޕްލެޓްފޯމްތައް (ޔޫޓިއުބް, ޓިކްޓޮކް) ގެ އިތުރުން ބައެއް ނޫސްތަކާއި އެނޮނިމަސް ނުވަތަ ކާކުކަން ނޭގޭނޭހެން ޕޯސްޓު ކުރެވޭ ވެބްސައިޓްތަކަށް 16 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ނުވަދެވޭނޭހެން ގާނޫނު އިސްލާހު ކުރުމަށެވެ. 

މީގެ އިތުރުން ޕެޓިޝަން ގައި ވަނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ދިވެހި ކުޑަކުދިންގެ ސަލާމަތާއި ދުޅަހެޔޮ ކަމަށް އެންމެ ރަނގަޅު ގޮތަކަށް އަމަލު ކުރަން އެފަދަ ޕްލެޓްފޯމް ތަކަށް ވެސް އަންގަން ޖެހޭ ކަމަށެވެ.

ސޯޝަލް މީޑިއާގެ ވަސީލަތްތަކަށް ވަނުން މަނާ އުމުރުގެ ކުޑަކުދިން މި ގާނޫނު ނުވަތަ ގަވާއިދު ހެދުމަށް ފަހު އެކަން ކުރާ ނަމަ، އެކަން އެނގޭ ހިސާބުން އެ ކުދިންގެ ބެލެނިވެރިންނާއި އެ ކުދިންނަށް ކައުންސެލިންގް ދިނުމާ ނަސޭހަތްތެރި ވުމަށް ވެސް ޕެޓިޝަންގައި ހުށަހަޅާފައި ވެ އެވެ. 

އެ ޕެޓިޝަންގައި ވާ އިތުރު ކަންކަމުގެ ތެރޭގައި ތަކުރާރުކޮށް ކުޑަކުއްޖަކު ސޯޝަލް މީޑިއާ އަށް ވަދެ އުޅޭ ނަމަ ޖެންޑަރ މިނިސްޓްރީ އަށް ޚާއްސަ ބާރުތަކެއް ދިނުމަށްފަހު ވަކި އުސޫލުތަކެއްގެ މަތިން ކުއްޖާ އާއި ބެލެނިވެރިޔާގެ މައްސަލަ ބެލޭނެ ނިޒާމެއް ގާއިމް ކުރުން ވެސް ހިމެނެ އެވެ. އަދި ސްކޫލްތަކާއި ކޮލެޖުތަކުގައި މޯބައިލް ފޯނު ނުވެއްދޭނޭހެން ގަވާއިދެއް ހަދައި ފާސްކޮށް، އެއަށް އަމަލު ކުރަން ފެށުމަށް ވެސް ވެ އެވެ. 

މި ޕެޓިޝަނުގައި ސޮއިކުރެވޭނީ އީފާސް މެދުވެރިކޮށެވެ.

ރައްޔިތުންގެ މަޖިލިސްއެކްސްޔޫޓިއުބްޓިކްޓޮކްޖެންޑަރ މިނިސްޓްރީސޯޝަލް މީޑިއާ ޕްލެޓްފޯމްތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން: ޝާހިދު

ޤާނޫނު އަސާސީ އެންމެ މީހެއްގެ ވެރިކަން ދެމެހެއްޓުމަށް ބައްޓަން ކުރުމަކީ އިސްލާޙެއް ނޫން: ޝާހިދު

10 ފެބުރުއަރީ 2026
ޚަރަދު ބޮޑުވަނީ ރައްޔިތުން ގާތަށް ދާންވީމާ، ފަޅު ރަށްތައް ބަލަހައްޓަން ފަސްޓް ލޭޑީގެ އާއިލާ އައްޔަނު ކުރަން ޚަރަދު ބޮޑެއް ނުވޭ: މީކާއިލް

ޚަރަދު ބޮޑުވަނީ ރައްޔިތުން ގާތަށް ދާންވީމާ، ފަޅު ރަށްތައް ބަލަހައްޓަން ފަސްޓް ލޭޑީގެ އާއިލާ އައްޔަނު ކުރަން ޚަރަދު ބޮޑެއް ނުވޭ: މީކާއިލް

10 ފެބުރުއަރީ 2026
ސިޔާސީ ހަސަދަ އޮތަސް މީހުން މަރަން ގޮވުން ބަލަ އެއް ނުގަނެވޭ: އާޒިމް

ސިޔާސީ ހަސަދަ އޮތަސް މީހުން މަރަން ގޮވުން ބަލަ އެއް ނުގަނެވޭ: އާޒިމް

10 ފެބުރުއަރީ 2026
މިހާރު ދާ ގޮތަށް ކަންކަން ދާ ނަމަ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ރާއްޖެ އަށް އިލެކްޓްރޯނިކް ވޯޓިން ގެންނާނެ، މިކަމަށް ހޭލާ ތިބެން ޖެހޭ: ޑރ.ޝަމްހީދު

މިހާރު ދާ ގޮތަށް ކަންކަން ދާ ނަމަ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ރާއްޖެ އަށް އިލެކްޓްރޯނިކް ވޯޓިން ގެންނާނެ، މިކަމަށް ހޭލާ ތިބެން ޖެހޭ: ޑރ.ޝަމްހީދު

10 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު

ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނާއި ތަރައްޤީ އާއި ހައްތަހާ ދުރުކުރުން، މިއީ އަތޮޅު ތެރެއަށް ދެވޭ ދެރަ އެއް: ޒިޔާދު

10 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު