Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ފަސް މިނެޓުން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ކޮމިޓީން ފާސް ކޮށް ދެ އިންތިހާބު އެއްކޮށްލާ ބިލުގެ ރިޕޯޓު އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި

އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާ އަށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހުގެ ރިޕޯޓު އެޖެންޑާކޮށްފައިވޭ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމާއި، ދެ ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުންވެސް މި ޖަލްސާގައި ހިމެނޭ. ހަމައެއާއެކު ވަތަނީ ޚިދުމަތުގެ ބިލާއި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުތަކެއް މަޖިލީހަށް ތައާރަފްކުރުންވެސް އެޖެންޑާގައިވޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ފެބުރުއަރީ 2026 | ހޯމަ 12:50
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. | މަޖިލިސް

ހޯމަ ދުވަހު ބާއްވާނެ ކަމަށް އިއުލާނުކުރި ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ދެވަނަ ޖަލްސާ އަންގާރަ ދުވަހަށް ފަސްކުރުމަށްފަހު، ހޯމަ ދުވަހު ފަސް މިނެޓުން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ކޮމިޓީން ފާސް ކޮށް، ދެ އިންތިހާބު އެއްކޮށްލާ ބިލުގެ ކޮމިޓީ ރިޕޯޓު އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި އެވެ. 

އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކަށް ބަލާއިރު، އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސް ފޮނުވައްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން ހިމެނެ އެވެ. 

މީގެ އިތުރުން ފޮރިން ސަރވިސްގެ ގާނޫނޫގައިވާ ގޮތުގެ މަތިން ރިޕަބްލިކް އޮފް ސަރބިއާ އަށާއި ރިޕަބްލިކް އޮފް މޯލްޓާ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމަށްޓަކައި ރައީސް ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން ހިމެނެ އެވެ.

މީގެ އިތުރުން މަޖިލީހަށް ތައާރަފް ކުރާ ބިލުގެ ގޮތުގައި ވަތަނީ ހިދުމަތުގެ ބިލާއި، ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ 2 ބިލެއް ވަނީ އެޖެންޑާ ކޮށްފަ އެވެ. 

އަންގާރަ ދުވަހުގެ ޖަލްސާގައި ކޮމިޓީ އިން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ވަނީ ހިމަނާފަ އެވެ. މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ރިޕޯޓެވެ.

ގާނޫނު އަސާސީ އަށް ގެންނަ އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވާނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައި ކަަމަށެވެ. 

ރައްޔިތުންގެ މަޖިލިސްގާނޫނު އަސާސީ އަށް ބަދަލު ގެނައުން

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2026

ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލް ކޮމިޓީން ފާސްކުރަން ނެގީ އެންމެ 5 މިނެޓް

09 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލް ކޮމިޓީން ފާސްކުރަން ނެގީ އެންމެ 5 މިނެޓް
09 ފެބުރުއަރީ 2026

ހޯމަ ދުވަހު ގެ މަޖިލީހުގެ ޖަލްސާ ފަސްކޮށްފި، ސަބަބެއް ނާންގާ

09 ފެބުރުއަރީ 2026
ހޯމަ ދުވަހު ގެ މަޖިލީހުގެ ޖަލްސާ ފަސްކޮށްފި، ސަބަބެއް ނާންގާ
08 ފެބުރުއަރީ 2026

ކައްޗަށް އެޅި ބިންގަލެއްގެ މައްޗަށް ބިނާކުރި ވެރިކަން އޮތީ "ގަދަކޮށް": ކިހާ ދުވަހަކަށް؟

08 ފެބުރުއަރީ 2026
ކައްޗަށް އެޅި ބިންގަލެއްގެ މައްޗަށް ބިނާކުރި ވެރިކަން އޮތީ "ގަދަކޮށް": ކިހާ ދުވަހަކަށް؟
07 ފެބުރުއަރީ 2026

ރައީސް މުއިއްޒު އެވެ. ރައްޔިތުންގެ އަޑު ނީވެނީ އޮފީހެއް ނެތިގެންތޯ އެވެ؟

07 ފެބުރުއަރީ 2026
ރައީސް މުއިއްޒު އެވެ. ރައްޔިތުންގެ އަޑު ނީވެނީ އޮފީހެއް ނެތިގެންތޯ އެވެ؟
06 ފެބުރުއަރީ 2026

އީ-ވޯޓު މެދުވެރިކޮށް 2028 ގައި އިންތިހާބެއް ބާއްވައިފި ނަމަ ޖަހާ ފާހަގަ ވެސް ނުފެންނާނެ: މައުރޫފް

06 ފެބުރުއަރީ 2026
އީ-ވޯޓު މެދުވެރިކޮށް 2028 ގައި އިންތިހާބެއް ބާއްވައިފި ނަމަ ޖަހާ ފާހަގަ ވެސް ނުފެންނާނެ: މައުރޫފް
06 ފެބުރުއަރީ 2026

ފެންނަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނަށް ބަވާ، ރައްޔިތުން ހާރުވާ ކަހަލަ ގޮތަކަށް ކަންތައް ކުރަމުންދާ މަންޒަރު: އަހުމަދު އަބްދުﷲ

06 ފެބުރުއަރީ 2026
ފެންނަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނަށް ބަވާ، ރައްޔިތުން ހާރުވާ ކަހަލަ ގޮތަކަށް ކަންތައް ކުރަމުންދާ މަންޒަރު: އަހުމަދު އަބްދުﷲ
05 ފެބުރުއަރީ 2026

5 ފެބްރުއަރީ 2027 ން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރެވޭނީ ހަމަ އެކަނި ދިވެހީންނަށް ކަމަށް ނިންމައިފި

05 ފެބުރުއަރީ 2026
5 ފެބްރުއަރީ 2027 ން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރެވޭނީ ހަމަ އެކަނި ދިވެހީންނަށް ކަމަށް ނިންމައިފި
05 ފެބުރުއަރީ 2026

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ޚިދުމަތް ދޭނޭ އޮފީހެއް އުފައްދައި ކުރިޔަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށަނީ

05 ފެބުރުއަރީ 2026
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ޚިދުމަތް ދޭނޭ އޮފީހެއް އުފައްދައި ކުރިޔަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށަނީ
05 ފެބުރުއަރީ 2026

އަތޮޅުތަކަށް ޕަބްލިކް ވަރކްސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި މިހާރު އެ ޚިދުމަތް ޤާއިމް ކުރެވިފައި ނުވާ 15 އަތޮޅުގެ 19 ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓް ތައް އެންމެ ޒަމާނީ ވަސީލަތްތަކާއެކު މިއަހަރުގެ މެދުތެރޭގައި ޤާއިމްކޮށް ނިމޭނެ: މުއިއްޒު

އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް

05 ފެބުރުއަރީ 2026
އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް