Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީން މިއާގެ މަރު

އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި

މި މައްސަލާގައި 01 ފެބްރުއަރީ 2026 ގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ، 32 އަހަރު ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ. އޭނާ ގެ މައްޗަށް ގަސްދަކާ ނުލައި މީހަކު މެރުމުގެ ތުހުމަތު ކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 2 ފެބުރުއަރީ 2026 | ހޯމަ 08:44
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު | ރާއްޖެއެމްވީ

އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ. 

މި މައްސަލާގައި 01 ފެބްރުއަރީ 2026 ގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ، 32 އަހަރު ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ އެވެ. އޭނާ ގެ މައްޗަށް ގަސްދަކާ ނުލައި މީހަކު މެރުމުގެ ތުހުމަތު ކޮށްފައިވެ އެވެ. 

Advertisement - newsAdvertisement

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށް، އޭނާ ގެ ބަންދަށް 7 ދުވަސް ޖަހާފަ އެވެ. 

ބަންދުގައި ބަހައްޓަން ނިންމި ސަބަބުގެ ގޮތުގައި ބުނެފައިވަނީ އޭނާ ގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ހާދިސާގެ ރިޕޯޓާއި، ސީސީޓީވީ ސްނެޕްޝޮޓް ހުށަހާޅާފައިވެ އެވެ. 

މީގެ އިތުރުން ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ ދުއްވި އެކްސްކަވޭޓަރުން ޖެހި މީހަކު މަރުވެފައިވާ ކަމަށާއި، އޭނާ އެކްސްކަވޭޓަރު އޮޕްރޭޓު ކޮށްފައިވަނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. 

 ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާ މަރުވުމަށް މެދުވެރިވެފައި ވަނީ 26 ޖެނުއަރީ 2026 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

ތިލަފުށިން މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ
ތިލަފުށިން މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ

އެ ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންދާންތަން ފެނެ އެވެ.

މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އަމީން މިއާހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަތިލަފުށިކްރިމިނަލް ކޯޓްދިވެހި ފުލުހުން

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2026

އަމީން މިއާގެ މަރުގެ މައްސަލަގައި ސްރީލަންކާ އަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފި

01 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ސްރީލަންކާ އަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފި
29 ޖެނުއަރީ 2026

ތިލަފުށިން މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ

29 ޖެނުއަރީ 2026
ތިލަފުށިން މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ
28 ޖެނުއަރީ 2026

ތިލަފުށިން ގެއްލުނު މީހާ މަރުވެފަ އޮއްވާ ފެނިއްޖެ؛ މަރުވީ ހައިމާކު ދަތްގަނޑުން ޖެހިގެން!

28 ޖެނުއަރީ 2026
ތިލަފުށިން ގެއްލުނު މީހާ މަރުވެފަ އޮއްވާ ފެނިއްޖެ؛ މަރުވީ ހައިމާކު ދަތްގަނޑުން ޖެހިގެން!
28 ޖެނުއަރީ 2026

ތިލަފުށިން ބިދޭސީއަކު ގެއްލިގެން ހޯދަނީ

28 ޖެނުއަރީ 2026
ތިލަފުށިން ބިދޭސީއަކު ގެއްލިގެން ހޯދަނީ
27 ޖެނުއަރީ 2026

ކައުންސިލް އިންތިހާބާ ދިމާކޮށް ކުރީގެ މައްސަލައެއްގައި އަނެއްކާވެސް ޒާޔާ ފުލުހަށް ހާޒިރު ކުރަނީ

27 ޖެނުއަރީ 2026
ކައުންސިލް އިންތިހާބާ ދިމާކޮށް ކުރީގެ މައްސަލައެއްގައި އަނެއްކާވެސް ޒާޔާ ފުލުހަށް ހާޒިރު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު