Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތި

ވާސްތަކެއްގައި މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވެ، އުމުރުން ދުވަސްވީ މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

މި ތަކެއްޗާ ގުޅިގެން އެންމެ ފުރަތަމަ މަރުހަލާގައި ސުވާލު ކުރުމުން ސާދިގު، ތިން ފަހަރު މަތިން ޖަވާބު ދީފައިވަނީ ތަފާތު ތިން ގޮތަކަށް. އެހެންކަމުން މައްސަލަ ހިނގައިދިޔަ ގޮތަށް ބަލާއިރު، އޭނާ ދޮގު ހަދައި އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށް ޝަރީއަތުން ނިންމައިފައިވޭ. އަދި މި ހުކުމް އޭނާ ގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 25 އަހަރަށް ޖަލަށް ލާން 1 ފެބްރުވަރީ 2026 ވަނީ ހުކުމް އިއްވާފައި. އަދި ސާދިގު އެއް ލައްކަ ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2026 | ހޮނިހިރު 08:45
ވާސްތަކެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އަބްދުﷲ ސާދިގު

ވާސްތަކެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އަބްދުﷲ ސާދިގު | މޯލްޑިވްސް ޕޮލިސް

ވާސްތަކެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ކުށް ސާބިތުވެ އުމުރުން ދުވަސްވީ މީހަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. 

މި މައްސަލައިގައި ހުކުމް ކުރީ އައްޑޫ ސިޓީ ހިތަދޫ، ވެހެތާނުގެ އަބްދުﷲ ސާދިގުގެ މައްޗަށެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، ސާދިގު 17 ސެޕްޓެންބަރު 2024 ވަނަ ދުވަހު 19:41 އެހާކަންހާއިރު، ސްރީލަންކަން އެއަރލައިންސްގެ ފްލައިޓުން ރާއްޖެއަށް އައިސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ތެރޭގައި ހުއްޓައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އޭނާ ގެނައި ލަގެޖް ފޮށި ތަކުގެ ތެރެއިން ލަގެޖް ފޮށި އެކްސްރޭކޮށް ބެލިއިރު އެ ލަގެޖް ފޮށީގައި ހުރި ވާސްތަކެއްގައި އެއްޗެއް ރައްކާކޮށްފައި ހުރި ކަމަށް ބެލެވިގެން ކަސްޓަމްސް އިން އެ ވާސްތަކުގެ ތެރެއިން ވާސްއެއް ތަޅާލައި ބެލިއިރު، އެ ވާސްތަކުގެ ތެރޭގައި ކޮންސީލް ކޮށްފައިވާ 4 ޕެކޭޖެއްގައި މަސްތުވާތަކެތި އެކުލެވޭ ކަމަށް ތުހުމަތު ކުރެވިގެން އެ ޕެކޭޖްތައް އަނބުރާ ލަގެޖް ފޮއްޓަށް ލުމަށްފަހު އޭނާ އާއި އެ ލަގެޖް ފޮށި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފައިވާ ކަމަށެވެ. 

އެ ލަގެޖް ފޮށި ފުލުހުން ބަލައިފާސްކުރިއިރު އެ ލަގެޖް ފޮށިން ނެގި 4 ޕެކޭޖްގައި 169.5 ގްރާމް ޑައިމޯފިން  ހުރިކަމަށާއި، އެ ލަގެޖް ފޮށިން ނެގި އިތުރު ވާސްއެއް ތެރޭގައި ކޮންސީލް ކޮށްފައިވަނިކޮށް ފެނުނު 2 ޕެކޭޖްގައި 35 ގްރާމް ޑައިމޯފިން ހުރި ކަމަށާއި، އެ ލަގެޖް ފޮށިން ނެގި އިތުރު ވާސްއެއްގެ ތެރޭގައި ކޮންސީލް ކޮށްފައިވަނިކޮށް ފެނުނު 2 ޕެކޭޖްގައި 68.5 ގްރާމް ޑައިމޯފިން ހުރި ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ބުނެފައިވެ އެވެ. 

އެހެންކަމުން ސާދިގުގެ މައްޗަށް ވަނީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ދައުވާކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ވަނީ، އެ މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި ދިފާއުން އެއްވެސް ހެއްކެއް ހުށަހަޅައިފައިނުވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް ޝަރީއަތުގެ މަރުހަލާގައި ސާދިގު ވަނީ ދައުވާއަށް އިންކާރުކޮށް، އެއީ އޭނާއާ ހަވާލު ކުރެވުނު އެއްޗެހި ކަމާއި، އެއީ މަސްތުވަތަކެތި ނުވަތަ މަނާ އެއްޗެއް ނޫނީ އެއްވެސް އެއްޗެއް ހުރިކަން އެއްވެސް ވަރަކަށް މައުލޫމާތު ލިބިފައިނުވާ ކަމަށް ބުނެފަ އެވެ. 

މި މައްސަލައިގައި ދައުލަތުން ހުށަހެޅި 16 ހެކީންގެ ތެރެއިން 11 ހެއްކެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ. 

އެ މައްސަލައިގައި ހެކި ދިން މީހުންގެ ތެރެއިން، ކަސްޓަމްސް އޮފިސަރަކު ބުނީ މަސްތުވާތަކެތި ފެނުމުން ސާދިގާ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އެއީ ހޮޓަލެއްގެ ސާފުކުރާ މީހަކު ދިން އެއްޗެއް ކަމަށެވެ. އަދި އިތުރަށް ލަންކާ އަށް ދަތުރުކޮށްފައިވާތީ ސުވާލުކުރުމުން، އެއީ ދައްތައެއް ދިން އެއްޗެއް ކަމަށް ބުނި ކަމަށްވެސް އޮފިސަރުގެ ހެކި ބަހުގައިވެ އެވެ.

މީގެ އިތުރުން ކަސްޓަމްސްގެ އޮފިސަރުން ވާސް ތަޅާލައިގެން އޭގައި ހުރި ތަކެތި ފީލްޑް ޓެސްޓު ކިޓުން ޓެސްޓު ކުރިއިރު އެތަކެތި ހެރޮއިންއަށް ޕޮޒިޓިވްވެފައިވާތީ އެތަކެއްޗާއި ބެހޭ ގޮތުން ތިން ވަނަ ފަހަރަށް ސުވާލު ކުރުމުން އެއީ ބެންގަލޫރުގައި ހުންނަ ލޫތު ކިޔާ މީހަކު ދިން އެއްޗެެއް ކަމަށް ބުނެފައިވެ އެވެ. 

މި ތަކެއްޗާ ގުޅިގެން އެންމެ ފުރަތަމަ މަރުހަލާގައި ސުވާލު ކުރުމުން ތިން ފަހަރު މަތިން ޖަވާބު ދީފައިވަނީ ތަފާތު ތިން ގޮތަކަށް ކަމަށް ކަސްޓަމްސްގެ އޮފިސަރުން ބުނެފައިވެ އެވެ. 

އެހެންކަމުން މައްސަލަ ހިނގައިދިޔަ ގޮތަށް ބަލާއިރު، އޭނާ ދޮގު ހަދައި އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށް ޝަރީއަތުން ނިންމައިފައިވެ އެވެ. އަދި މި ހުކުމް އޭނާ ގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 25 އަހަރަށް ޖަލަށް ލާން 1 ފެބްރުވަރީ 2026 ވަނީ ހުކުމް އިއްވާފަ އެވެ. އަދި ސާދިގު އެއް ލައްކަ ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުން ކެނޑުމުން، އޭނާ ތަންފީޒު ކުރަން ޖެހެނީ 23 އަހަރާއި ހަތް މަހާއި 14 ދުވަސް ކަމަށް ހުކުމުގައިވެ އެވެ.

އަބްދުﷲ ސާދިގުކްރިމިނަލް ކޯޓްމަސްތުވާތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިން ލައްވައި ކުށްކުރުވާ މީހުންނަށް ޤާނޫނީ ގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ދޭނަން: ސީޕީ

ކުޑަކުދިން ލައްވައި ކުށްކުރުވާ މީހުންނަށް ޤާނޫނީ ގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ދޭނަން: ސީޕީ

05 ފެބުރުއަރީ 2026
ނަސޭހަތް ދީ ދޫކޮށްލުމަށްފަހު ހައްޔަރު ކުރި ދެ މީހުން އަބުރުވެރި ވަޒީފާއެއްގައި އުޅޭތީ އަނެއްކާ ވެސް ދޫކޮށްލައިފި!

ނަސޭހަތް ދީ ދޫކޮށްލުމަށްފަހު ހައްޔަރު ކުރި ދެ މީހުން އަބުރުވެރި ވަޒީފާއެއްގައި އުޅޭތީ އަނެއްކާ ވެސް ދޫކޮށްލައިފި!

04 ފެބުރުއަރީ 2026
ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލުވި ދެ މީހުން ހައްޔަރު ކޮށްފި

ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލުވި ދެ މީހުން ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި

އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި

02 ފެބުރުއަރީ 2026
ވައިގެމަގުން ކުޑަހުވަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވައިގެމަގުން ކުޑަހުވަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

31 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު