Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގެ މިސްކިތެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ޚަދީޖަތުލް ކުބްރާ މިސްކިތުގައި މިއަދުގެ ހުކުރު ނަމާދު ވަގުތު ބާރުގަދަ އެއްޗެއް ގޮވުމާ ގުޅިގެން، ރެސްކިއު ޓީމުތަކުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން. މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފުސީލު އަދި ސާފުނުވި ނަމަވެސް، ގިނަ ބަޔަކު މަރުވެފައިވާނެ ކަމަށް ބެލޭ.

ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2026 | ހުކުރު 10:01
ޕާކިސްތާނުގެ އިސްލާމްއާބާދުގެ ތަރްލާއީ ގައި ހުންނަ އިމާމް ބަރްގާ ގަސްރު އޭ ޚަދީޖަތުލް ކުބްރާގެ ދޮރުމަތީގައި ބާރުގަދަ އެއްޗެއް ވަނީ ގޮއްވާލާފައި.

ޕާކިސްތާނުގެ އިސްލާމްއާބާދުގެ ތަރްލާއީ ގައި ހުންނަ އިމާމް ބަރްގާ ގަސްރު އޭ ޚަދީޖަތުލް ކުބްރާގެ ދޮރުމަތީގައި ބާރުގަދަ އެއްޗެއް ވަނީ ގޮއްވާލާފައި. | ސޯޝަލް މީޑިއާ

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ މިސްކިތެއްގައި ހުކުރު ނަމާދުގެ ވަގުތު ބާރުގަދަ އެއްޗެއް ގޮވައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިސްލާމްއާބާދުގެ އިރުދެކުނު ސަރަހައްދެއް ކަމަށްވާ ތަރްލާއީ ގައި ހުންނަ ޚަދީޖަތުލް ކުބްރާ މިސްކިތުގައި، މިއަދުގެ ހުކުރު ނަމާދު ވަގުތުގަ އެވެ.

މި ގޮވުމާ ގުޅިގެން ރެސްކިއު ޓީމުތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފުސީލެއް އަދި ރަސްމީ ފަރާތްތަކުން ހާމަ ކޮށްފައި ނުވި ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

އަލް ޖަޒީރާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހާދިސާ ގައި މަދުވެގެން 31 މީހުން ވަނީ މަރުވެފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އިސްލާމްއާބާދުގެ ޑިސްޓްރިކްޓް ޖުޑީޝަލް ކޮމްޕްލެކްސްގެ ދޮރުމަތީގައި އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި މަދުވެގެން 12 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޕާކިސްތާންއިސްލާމްއާބާދުޚަދީޖަތުލް ކުބްރާ މިސްކިތުގޮއްވުން

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2026

ޓީ20 ވޯލްޑް ކަޕް: އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރަން ޕާކިސްތާން އިން ނިންމައިފި

03 ފެބުރުއަރީ 2026
ޓީ20 ވޯލްޑް ކަޕް: އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރަން ޕާކިސްތާން އިން ނިންމައިފި
01 ފެބުރުއަރީ 2026

ބަލޮޗިސްތާނުގެ ހަމަލާތަކާ ގުޅިގެން 92 ހަނގުރާމަވެރިން މަރާލައިފި ކަމަށް ޕާކިސްތާނުން ބުނެފި

01 ފެބުރުއަރީ 2026
ބަލޮޗިސްތާނުގެ ހަމަލާތަކާ ގުޅިގެން 92 ހަނގުރާމަވެރިން މަރާލައިފި ކަމަށް ޕާކިސްތާނުން ބުނެފި
31 ޖެނުއަރީ 2026

ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ އެކި ސިޓީތަކަށް ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރިން ދިން "ކޯޑިނޭޓެޑް" ހަމަލާތަކެއްގައި މަދުވެގެން އަށް ފުލުހުން މަރާލައިފި

31 ޖެނުއަރީ 2026
ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ އެކި ސިޓީތަކަށް ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރިން ދިން "ކޯޑިނޭޓެޑް" ހަމަލާތަކެއްގައި މަދުވެގެން އަށް ފުލުހުން މަރާލައިފި
25 ޖެނުއަރީ 2026

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގެ ސަބަބުން، ޕާކިސްތާނުގައި ހައްގު ތަކަށް މަސައްކަތް ކުރާ ދެ ވަކީލަކަށް 17 އަހަރުގެ ޙުކުމެއް

25 ޖެނުއަރީ 2026
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގެ ސަބަބުން، ޕާކިސްތާނުގައި ހައްގު ތަކަށް މަސައްކަތް ކުރާ ދެ ވަކީލަކަށް 17 އަހަރުގެ ޙުކުމެއް
18 ޖެނުއަރީ 2026

ޕާކިސްތާނުގެ ކަރާޗީ ގައި ހުންނަ ޝޮޕިން މޯލެއްގައި ރޯވެ، މަދުވެގެން ހަ މީހުން މަރުވެއްޖެ

18 ޖެނުއަރީ 2026
ޕާކިސްތާނުގެ ކަރާޗީ ގައި ހުންނަ ޝޮޕިން މޯލެއްގައި ރޯވެ، މަދުވެގެން ހަ މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު