Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން

ފަލަސްތީނުގެ ޤައުމީ މަޖިލީހަށް މެމްބަރުން ހޮވަން ބާއްވާ ތާރީޚީ އިންތިޚާބު ނޮވެމްބަރު އެއް ވަނަ ދުވަހު ބާއްވަނީ

މިއީ ރައްޔިތުންގެ ސީދާ ވޯޓަކުން މި މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރާނެ ފުރަތަމަ ފަހަރު. އެހެންކަމުން މިއީ ތާރީޚީ ގޮތުން ވަރަށް ޚާއްސަ އިންތިޚާބަކަށް ވެސް ވެގެންދާނެ. މީގެ ކުރިން މި މަޖިލީހުގެ މެމްބަރުން އައްޔަން ކޮށްފައި ވަނީ، ފަލަސްތީނުގެ ޙަރަކާތުގެ ތެރެއިން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ފެބުރުއަރީ 2026 | އަންގާރަ 06:42
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް | ގެޓީ އިމޭޖަސް

ފަލަސްތީނުގެ ޤައުމީ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު، މިއަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްްޖެ އެވެ. 

ހޯމަ ދުވަހު މިކަން ހާމަ ކޮށްފައި ވަނީ ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ވަފާ އިންނެވެ. 

މިއީ ރައްޔިތުންގެ ސީދާ ވޯޓަކުން މި މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރާނެ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ ތާރީޚީ ގޮތުން ވަރަށް ޚާއްސަ އިންތިޚާބަކަށް ވެސް ވެގެންދާނެ އެވެ. މީގެ ކުރިން މި މަޖިލީހުގެ މެމްބަރުން އައްޔަން ކޮށްފައި ވަނީ، ފަލަސްތީނުގެ ހަރަކާތުގެ ތެރެއިންނެވެ.

ފަލަސްތީން އޮތޯރިޓީގެ ރައީސް އަދި ފަލަސްތީން މިނިވަން ކުރުމުގެ ޖަމާއަތުގެ ރައީސްގެ ހައިސިއްޔަތުން އައްބާސް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، ފަލަސްތީނުގެ އެތެރޭގައި އަދި ބޭރުގައި ވެސް ފުރުސަތު އޮތް ހުރިހާ ތަނެއްގައި އިންތިޚާބު ބާއްވާނެ ކަމަށެވެ. މިގޮތުން ފަލަސްތީން ރައްޔިތުން ދިރިއުޅޭ ހުރިހާ ތަން ތަނެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ބައިވެރިވުން ކަށަވަރު ކުރުމަށް އެ ގޮތަށް ނިންމަވާފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ. 

ފަލަސްތީނުގެ ޤައުމީ މަޖިލީހަކީ ދިގު މުއްދަތެއް ވަންދެން ފަލަސްތީނުގެ މިނިވަން ކުރުމުގެ ޖަމާއަތުގެ ދަށުން ޕާލަމެންޓެއްގެ ގޮތުގައިި މަސައްކަތް ކުރަމުން އަންނަ މަޖިލީހެކެވެ. މި މަޖިލީހުގެ އެންމެ ބާރު ގަދަ ބާރު އޮތީ އައްބާސްގެ ސިޔާސީ ޙަރަކާތް ކަމަށްވާ ފަތަޙް ޕާޓީގެ އަތުގަ އެވެ. ފަތަޙް ޕާޓީ އުފެއްދުމުގައި ބައިވެރިވެ ވަޑައިގެންނެވި ފަލަސްޠީނުގެ ތާރީޚީ ލީޑަރު ޔާސިރު އަރަފާތު އަވަހާރަވެފައި ވަނީ 2004 ވަނަ އަހަރުގެ ތެރޭގަ އެވެ.

ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާއި، ފަލަސްތީން އިސްލާމިކް ޖިހާދަކީ ފަލަސްތީން މިިނިވަން ކުރުމުގެ ޖަމާއަތުގެ މެމްބަރުން ނޫން ކަމުން، އެ ޖަމާއަތްތައް މި މަޖިލީހުގައި ތަމްސީލެއް ނުވެ އެވެ. 

މި އިންތިޚާބު އިއުލާން ކުރުމަކީ ފަލަސްތީނުގެ ސިޔާސީ މަސްރަހުގައި މުހިންމު ބަދަލެއް ގެނައުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ބައެއް ބައިވެރިން ދެކެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެން ނަމަވެސް، ފަލަސްތީނުގެ އެކި ސިޔާސީ ޖަމާއަތް ތަކުގެ މެދުގައި އޮންނަ ބައިބައިވުންތަކާ ހެދި މި އިންތިޚާބު ކާމިޔާބު ކުރުމަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތި ވެދާނެ ކަމަށް ވެސް ބައެއް ބައިވެރިން ފާހަގަ ކުރެ އެވެ.

މަސްދަރު: އޭއެފްޕީ

ފަލަސްތީނުމަޙްމޫދު އައްބާސްފަތަޙް ޕާޓީހަމާސްފަލަސްޠީނު އިސްލާމިކް ޖިހާދު

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2026

އީރާންގެ މަސްރަހު ނުތަނަވަސްވަމުންދާ ދަނޑިވަޅެއްގައި އެމެރިކާ އިން އިޒްރޭލަށް 3.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ހުއްދަ ދީފި

31 ޖެނުއަރީ 2026
އީރާންގެ މަސްރަހު ނުތަނަވަސްވަމުންދާ ދަނޑިވަޅެއްގައި އެމެރިކާ އިން އިޒްރޭލަށް 3.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ހުއްދަ ދީފި
27 ޖެނުއަރީ 2026

އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް

27 ޖެނުއަރީ 2026
އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް
26 ޖެނުއަރީ 2026

"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ

26 ޖެނުއަރީ 2026
"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ
25 ޖެނުއަރީ 2026

ޣައްޒާ އަށް އެތެރެވާ ފަލަސްތީނު މީހުންގެ އަދަދު އިޒްރޭލުން ކޮންޓްރޯލު ކުރަނީ

25 ޖެނުއަރީ 2026
ޣައްޒާ އަށް އެތެރެވާ ފަލަސްތީނު މީހުންގެ އަދަދު އިޒްރޭލުން ކޮންޓްރޯލު ކުރަނީ
22 ޖެނުއަރީ 2026

ހަމާސް އިން ޖެހޭނީ ހަތިޔާރު ބަހައްޓަން، އެހެން ނޫނީ ނައްތާލާނަން: ޓްރަމްޕް

22 ޖެނުއަރީ 2026
ހަމާސް އިން ޖެހޭނީ ހަތިޔާރު ބަހައްޓަން، އެހެން ނޫނީ ނައްތާލާނަން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު