Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އީރާނުން އަމިއްލަ އަށް އުފައްދާ ބެލިސްޓިކް މިސައިލްތައް އިތުރަށް ތަރައްގީކޮށް ފެންވަރު މަތިކުރުމާ އެކު ދިފާއީ ބާރު ކުރިއަށް ވުރެ ވަރުގަދަވެއްޖެ: އެންމެ އިސް ޖެނެރަލް

އީރާނުގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، ދުޝްމަނުންގެ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދިނުމަށް އެ ގައުމުގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އަބްދުއްރަހީމް މޫސާވީ ވިދާޅުވި. އެމެރިކާ އާއި އިޒްރޭލުން ދީފާނެ ހަމަލާއަކަށް އީރާނުން ވަރުގަދަ ދޭނެ ކަމަށް ބުނެފައި ވުމާ އެކު ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، މަސްރަހު ފިނިކުރުމަށްޓަކައި އޮމާންގައި އީރާނާއި އެމެރިކާއާ ދެމެދު ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުން.

ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 11:52
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ މިސައިލް އުފައްދާ އަދި ރައްކާކުރާ ސިޓީތަކުގެ ތެރެއިން ސިޓީއަކަށް، އެ ގައުމުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އަބްދުއްރަހީމް މޫސާވީ (ވ) 2026 ފެބްރުއަރީ 4 ވީ ބުދަ ދުވަހު ޒިޔާރަތް ކުރައްވުން.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ މިސައިލް އުފައްދާ އަދި ރައްކާކުރާ ސިޓީތަކުގެ ތެރެއިން ސިޓީއަކަށް، އެ ގައުމުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އަބްދުއްރަހީމް މޫސާވީ (ވ) 2026 ފެބްރުއަރީ 4 ވީ ބުދަ ދުވަހު ޒިޔާރަތް ކުރައްވުން. | ޕްރެސްޓީވީ

އީރާނުން އަމިއްލަ އަށް އުފައްދާ ބެލިސްޓިކް މިސައިލްތައް އިތުރަށް ތަރައްގީކޮށް ފެންވަރު މަތިކުރުމާއެކު، އެ ގައުމުގެ ދިފާއީ ބާރު ނުވަތަ "ޑިޓަރެންސް ޕަވަރ" ކުރިއަށްވުރެ ވަރުގަދަވެފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާގެ އެންމެ އިސް ޖެނެރަލް ވިދާޅުވެއްޖެ އެވެ.

އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އަބްދުއްރަހީމް މޫސާވީ މިހެން ވިދާޅުވީ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ މިސައިލް ޓައުނަކަށް ބުދަ ދުވަހު ކުރެއްވި ޒިޔާރަތެއްގަ އެވެ.

އައި.އާރް.ޖީ.ސީގެ އެއެރޯސްޕޭސް ފޯސްގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް މަޖީދު މޫސާވީ އާ އެކު ކުރެއްވި މި ޒިޔާރަތުގައި މޭޖަރ ޖެނެރަލް އަބްދުއްރަހީމް މޫސާވީ ވިދާޅުވީ، ފަންނީ ހުރިހާ ރޮނގަކުން ކަންކަން ރަނގަޅުކޮށް ބެލިސްޓިކް މިސައިލްތައް ތަރައްގީ ކުރުމުގެ ސަބަބުން، އީރާނަށް ހަމަލާދޭން އުޅޭ ފަރާތްތައް ހުއްޓުވުމުގެ ގާބިލުކަން ނުވަތަ ދިފާއީ ބާރު ވަރުގަދަކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން، ދުޝްމަނުންގެ ކޮންމެ އުދުވާނީ ހަމަލާއަކާ ކުރިމަތިލުމަށް އީރާނު އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އީރާނުގެ އެންމެ އިސް ޖެނެރަލް ވިދާޅުވި ގޮތުގައި، 12 ދުވަހުގެ ހަނގުރާމައަށް ފަހު އީރާނުން ވަނީ އެ ގައުމުގެ އަސްކަރީ ސިޔާސަތު ދިފާއީ ސިޔާސަތަކުން ހަމަލާދޭ ސިޔާސަތަކަށް ބަދަލުކޮށްފަ އެވެ. އަދި މި ބަދަލު ގެނައީ "އެސިމެޓްރިކް ވޯފެއާ" ގެ އުސޫލު ބަދަލުކޮށް ދުޝްމަނުންނަށް ވަރުގަދަ ރައްދު ހަމަލާއެއް ދިނުމުގެ ތައްޔާރީތައް އިތުރުކުރުމާއެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޖެނެރަލް މޫސާވީ މި އިޝާރާތް ކުރެއްވީ ނިމިދިޔަ ޖޫން މަހު އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ޣައިރު ގާނޫނީ އުދުވާނީ ހަމަލާތަކަށެވެ. އެ ހަމަލާތަކުގައި މަދުވެގެން 1،064 މީހުން ވަނީ މަރުވެފަ އެވެ.

އިޒްރޭލުން މި ހަނގުރާމަ ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު، އީރާނާއި އެމެރިކާ އާ ދެމެދު ނިއުކްލިއާ މަޝްވަރާތައް ކުރިއަށްދަނިކޮށް، އެއްވެސް އުސޫލެއް ނެތިއެވެ. އެމެރިކާ އިން ވެސް ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީ މި އުދުވާނުގައި ބައިވެރިވެފަ އެވެ.

މި ހަމަލާތަކުގެ ރައްދުގައި އީރާނުގެ އަސްކަރިއްޔާ އިން ވަނީ އިޒްރޭލުން ފަލަސްތީނުން ހިފާފައިވާ ސަރަހައްދުތަކުގެ މުހިންމު ތަންތަނަށާއި، ހުޅަނގު އޭޝިއާގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ އަލް-އުދައިދު ބޭހަށް އަމާޒުކޮށް ހަމަލާދީފަ އެވެ.

އެ ހާދިސާ އަށް ފަހު އީރާނުން ވަނީ އެ ގައުމުގެ ދިފާއީ އަދި ހަމަލާދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެމެރިކާ އިން އެ ސަރަހައްދަށް ވައިގެ އަދި ކަނޑުގެ އަސްކަރީ ބާރުތައް ފޮނުވައި، އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން، ސަރަހައްދީ މަސްރަހު އަނެއްކާ ވެސް މިވަނީ އަސްކަރީ ކުރިމަތިލުމަކަށް ތައްޔާރުވެފަ އެވެ.

އީރާނުގެ އޮފިޝަލުން ވަނީ އެމެރިކާ އިން ދޭ ކޮންމެ ހަމަލާއަކަށް ވަގުތުން ރައްދު ދޭނެ ކަމަށާއި، އެފަދަ ކަމެއްގެ ސަބަބުން މުޅި ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

ނަމަވެސް، ހަނގުރާމަ ފެށުނަ ނުދީ މަސްރަހު ފިނިކުރުމަށް ސަރަހައްދީ ގައުމުތަކުން ފަށާފައިވާ ޑިޕްލޮމެޓިކް މަސައްކަތްތަކާއެކު މަސްރަހު މިހާރު ވަނީ ކުޑަކޮށް ހަމަޔަކަށް އެޅިފަ އެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އާ ބުރުގެ މަޝްވަރާތައް ބޭއްވުމަށް އީރާނާއި އެމެރިކާގެ ޑިޕްލޮމޭޓުން ހުކުރު ދުވަހު އޮމާން ގައި ބައްދަލުކުރުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

މި ހަފުތާގެ ކުރީކޮޅު ޖެނެރަލް މޫސާވީ ވަނީ އީރާނުގެ ދުޝްމަނުންނަށް ގޯސް ހިސާބެއް ޖަހައިގެން ހެދޭ ކޮންމެ ގޯހަކަށް ވަރަށް "އަވަސް" އަދި "ވަރުގަދަ" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

އީރާނުގެ އަސްކަރިއްޔާ އޮތީ ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ބާރުގެ ބޭނުންކޮށްގެން ރައްދު ދިނުމަށް ތައްޔާރަށް ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ. "އަހަރެމެން ވިސްނަނީ ހަމައެކަނި ކާމިޔާބީއާ މެދު. ދުޝްމަނުން ދައްކާ ބޭރުފުށުގެ ބާރުވެރިކަމަށް އަހަރެމެން ބިރެއް ނުގަނޭ. އަހަރެމެން މިތިބީ ކުރިމަތިލުމަކަށް އަދި ރައްދު ހަމަލާއެއް ދިނުމަށް ފުރިހަމައަށް ތައްޔާރަށް،" ޖެނެރަލް ވިދާޅުވި އެވެ.

އީރާންމޭޖަރ ޖެނެރަލް އަބްދުއްރަހީމް މޫސަވީއައިއާރުޖީސީއީރާން-އިޒްރޭލްއީރާން-އެމެރިކާއީރާނުގެ މިސައިލް ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ރައްދު ހަމަލާތަކުން ރައްކާތެރިވުމަށް ހިޔާވަހިތައް ތައްޔާރުކުރުމަށް އިޒްރޭލުގެ ކުރީގެ މިނިސްޓަރު ލީބަރމަން ގޮވާލައިފި

އީރާނުގެ ރައްދު ހަމަލާތަކުން ރައްކާތެރިވުމަށް ހިޔާވަހިތައް ތައްޔާރުކުރުމަށް އިޒްރޭލުގެ ކުރީގެ މިނިސްޓަރު ލީބަރމަން ގޮވާލައިފި

04 ފެބުރުއަރީ 2026
ތެހެރާނުގެ ބޮޑު މޯލެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާ އެއް

ތެހެރާނުގެ ބޮޑު މޯލެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާ އެއް

04 ފެބުރުއަރީ 2026
އީރާން އާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދޭ: ޓްރަމްޕް

އީރާން އާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދޭ: ޓްރަމްޕް

04 ފެބުރުއަރީ 2026
އެމެރިކާގެ މަނަވަރާ ދިމާލަށް އައި އީރާނުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި

އެމެރިކާގެ މަނަވަރާ ދިމާލަށް އައި އީރާނުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި

03 ފެބުރުއަރީ 2026
އީރާން އިން އޮތީ އެމެރިކާ އާއެކު އިންސާފުވެރި މަޝްވަރާ ތަކަށް ތައްޔާރަށް

އީރާން އިން އޮތީ އެމެރިކާ އާއެކު އިންސާފުވެރި މަޝްވަރާ ތަކަށް ތައްޔާރަށް

03 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު