Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ށ.ފޯކައިދޫ ޖަލްސާ

ށ.ފޯކައިދޫގެ ހުކުރު މިސްކިތް ތަޅާލާ މަލްޓިޕަރޕަސް ހޯލުގައި ނަމާދު ކުރަން ރައްޔިތުންނަށް ޖެއްސުން ނޫނީ މި ސަރުކާރުން އެ ރަށަށް ކޮށްދެވުނު ކަމެއް ނެތް: ކައުންސިލް ރައީސް

ށ. ފޯކައިދޫގައި ބޭއްވި ޖަލްސާއެއްގައި އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވީ، މިހާރުގެ ސަރުކާރުން އެ ރަށުގެ މިސްކިތް ތަޅާލައި، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖައްސާފައިވާ ކަމަށް. ކުރީގެ ސަރުކާރުން ރަށުގެ ތަރައްޤީއަށް ކޮށްދިން މަސައްކަތްތަކުގެ މަތިން ހަނދާންކުރަން ޖެހޭ ކަމަށް އާސިފް ވިދާޅުވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2026 | ހޮނިހިރު 20:43
ށ.ފޯކައިދޫ ކައުންސިލް ރައީސް އަހުމަދު އާސިފް

ށ.ފޯކައިދޫ ކައުންސިލް ރައީސް އަހުމަދު އާސިފް | އެމްޑީޕީ

 ށ.ފޯކައިދޫގެ ހުކުރު މިސްކިތް ތަޅާލާ މަލްޓިޕަރޕަސް ހޯލުގައި ނަމާދު ކުރަން ރައްޔިތުންނަށް ޖެއްސުން ނޫނީ މި ސަރުކާރުން އެ ރަށަށް ކޮށްދެވުނު ކަމެއް ނެތް ކަމަށް ފޯކައިދޫ ކައުންސިލް ރައީސް އަހުމަދު އާސިފް ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ށ.ފޯކައިދޫގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހޭވައްލާ ތައްޔާރު ކެމްޕެއިން ޖަލްސާގައި ވާހަަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

އޭނާ ވިދަޅުވީ ކައުންސިލްތައް ބާކީކޮށް އެެއީ ބޭނުމެއް ނެތްތަނެއްކަން ދެއްކުމަށް މި ސަރުކާރަށް ކުރެވުނުހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. ރައްޔިތުންގެ ތަރައްޤީ އަށްޓަކާ އަދި ކުރިމަގަށްޓަކާ އެމްޑީޕީ އަށް ވޯޓުދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަރުކާރަކީ ތަރައްޤީ ގެނެވޭނެ ސަރުކާރެއް ނޫންކަން މިހާތަނަށް ވެސް ފެންނަމުންދާ ކަަމަށް އޭނާ ވިދާޅުވި އެވެ.

"އެވެރިންގެ ތެރޭގައި ބޭނުން ކުރާ އިބާރާތެއް އޮވޭ. ތަރައްޤީ ގެނެވޭނީ ސަރުކާރަށޭ. މި އިބާރާތް ބަދަލުކުރަން ޖެހޭ. މި ވެރިކަން ދެ ބައި ވި އިރު ކޮން ކަމެއްތޯ ކުރެވުނީ." އޭނާ ވިދާޅުވި އެވެ.

ށ.ފޯކައިދޫ އެކަހެރިކޮށް ބާކީކޮށްލާފައި ވަނިކޮށް އެކަން ނިމުމަކަށް ގެނެސް އެ ރަށަށް ތަރައްޤީ ބަންޑުން ކޮށްދެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވަނީ ކުރިން އެ ރަށް އޮތް ހާލު ހަނދާން ވޭތޯ ސުވާލު ކުރައްވާފަ އެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ކުރިން އެ ރަށުގައި އެތައް ކަމެއް ދަތިކޮށް ހުރުމުން އާއްމުން އައީ ކުރިން ސަރުކާރުތަކުގައި ވެސް އެކަންކަން ހައްލުކޮށްދިނުމަށް އެދެމުންކަން ކައުންސިލް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދެއްވީ ކުރީގެ ރައީސް ސޯލިހުކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަށުގެ ފެނާއި ނަރުދަމާގެ ހާލަތު ގޯސްވެފައި ވަނިކޮށް އެ ރަށުގެ ރައްޔިތުންނަށް ހައްގު މިންވަރަކީ ނަޖިސް ފެނުން ފެންވެރުން ނޫންކަމަށް ޤަބޫލުކުރައްވާ ނަރުދަމާ އާއި ސާފު ފެނުގެ ނިޒާމެއް ޤާއިމްކޮށްދެއްވީ ވެސް ރައީސް ސޯލިިހުގެ ވެރިކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

ރަށުގެ ބަނދަރުގެ ދަތިކަން ދިމާވެފައި ވަނިކޮށް ބަނދަރު ރަނގަޅު ފެންވަރަކަށް ހައްދަވައިދެއްވީ ވެސް ރައީސް ސޯލިހު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

"ހަނދާން އެބަ ހުރިތޯ ލަފާ ފުރޭނެ ގޮތެއް ނެތި ރަށު ބަންދުގައި ތިބި ހަނދާން. ހުޅަނގުގެ ކޮޅިގަނޑުތަކުގެ ތެރޭގައި ފުރާނަ އަތްމައްޗަށް ލައިގެން ގަދަ ފަޅުގައި މިދަލުގެ ރައްކާތެރިކަމެއް ނެތި ބަނދަރުމަތީ ދެކޮޅަށް ހިނގަން ޖެހުނު މާޒީ ހަނދާން އެބަ ހުރިތޯ؟" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރަށު މެދުގައި ހުރި ދުނބުޅި ބަދިގެ އެއް ފަދަ އިންޖީނުގޭގެ ބަދަލުގައި އާ އިންޖީނުގެ އެއް ާއިމްކޮށްދެއްވުމާއި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވީ ވެސް ރައީސް ސޯލިހު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ށ ފޯކައިދޫއިބްރާހިމް މުހައްމަދު ސާލިހުއަހުމަދު އާސިފްލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުވާ މީހުންނަކީ ރައްޔިތުންގެ ޚާދިމުން ކަމުގެ ވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ، ޚިދުމަތް ދިނުމުގައި ތަފާތު ވަނީ އެ ސަބަބާއި ހުރެ: ސަލީމް

އިންތިޚާބުވާ މީހުންނަކީ ރައްޔިތުންގެ ޚާދިމުން ކަމުގެ ވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ، ޚިދުމަތް ދިނުމުގައި ތަފާތު ވަނީ އެ ސަބަބާއި ހުރެ: ސަލީމް

07 ފެބުރުއަރީ 2026
ފޯކައިދޫގެ ތަރައްގީއަށްޓަކައި ރައީސް ސޯލިޙް ކޮށްދެއްވި ކަންކަން ފާހަގަކޮށް އެމަނިކުފާނުގެ އަގު ވަޒަންކޮށްފި

ފޯކައިދޫގެ ތަރައްގީއަށްޓަކައި ރައީސް ސޯލިޙް ކޮށްދެއްވި ކަންކަން ފާހަގަކޮށް އެމަނިކުފާނުގެ އަގު ވަޒަންކޮށްފި

07 ފެބުރުއަރީ 2026
ލާމަރުކަޒީ ނިޒާމް ދަމަހައްޓާ ރަށްރަށް ތަރައްގީކުރަން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ: ރައީސް ސޯލިޙް

ލާމަރުކަޒީ ނިޒާމް ދަމަހައްޓާ ރަށްރަށް ތަރައްގީކުރަން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ: ރައީސް ސޯލިޙް

07 ފެބުރުއަރީ 2026
ތަރައްގީގެ މަޝްރޫއުތައް ހިނގާނީ ކައުންސިލަށް އެމްޑީޕީ ކެންޑިޑޭޓުން ހޮވައިގެން، ނޫނީ ކުރިއަށް އޮތް 3 އަހަރު ވެސް މަޝްރޫއުތައް ނުހިނގާނެ: ފައިސަލް

ތަރައްގީގެ މަޝްރޫއުތައް ހިނގާނީ ކައުންސިލަށް އެމްޑީޕީ ކެންޑިޑޭޓުން ހޮވައިގެން، ނޫނީ ކުރިއަށް އޮތް 3 އަހަރު ވެސް މަޝްރޫއުތައް ނުހިނގާނެ: ފައިސަލް

07 ފެބުރުއަރީ 2026
ށ. ފޯކައިދޫ އިން ރައީސް ޞާލިހަށް ހޫނު މަރުހަބާއެއް

ށ. ފޯކައިދޫ އިން ރައީސް ޞާލިހަށް ހޫނު މަރުހަބާއެއް

07 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު